ކ. މާލެ
|
28 މެއި 2024 | އަންގާރަ 09:48
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ، ވާޑާގެ ރައީސް ވިޓޯލްޑް ބަންކާއާ ބައްދަލު ކުރައްވަނީ
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ، ވާޑާގެ ރައީސް ވިޓޯލްޑް ބަންކާއާ ބައްދަލު ކުރައްވަނީ
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ
ރާއްޖޭގައި އެންޓި-ޑޯޕިންގެ ޙަރަކާތްތައް ވަރުގަދަ ކުރުމަށް މަޝްވަރާ ކޮށްފި
 
އެންޓި ޑޯޕިން ޙަރަކާތްތައް ހަރުދަނާ ކުރެއްވުމަށް މޯލްޑިވްސް އެންޓި ޑޯޕިން އެޖެންސީ (މަނާޑާ) އަށް ވާޑާގެ އެއްބާރުލުން ދެއްވާނެ

ރާއްޖޭގައި އެންޓި-ޑޯޕިންގެ ޙަރަކާތްތައް އިތުރަށް ހަރުދަނާ ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފި އެވެ.

އުޒްބަކިސްތާނުގައި މި މަހުގެ 22 ވަނަ ދުވަހުން ފެށިގެން، 23 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދިޔަ އޭޝިއާ/އޯޝޭނިއާ ރީޖަން އިންޓަގަވަމެންޓަން މިނިސްޓީރިއަލް މީޓިން އޮފް އެންޓި-ޑޯޕިން އިން ސްޕޯޓްސް ގައި ބައިވެރިވެ ވަޑައިގަތުމަށްފަހު، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވަނީ، ދުނިޔޭގެ އެންޓި-ޑޯޕިން ޖަމިއްޔާ (ވާޑާ)ގެ ރަައީސް ވިޓޯލްޑް ބަންކާއާ ބައްދަލު ކުރައްވައިފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ވާޑާގެ ރައީސް ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި އެންޓި ޑޯޕިން ޙަރަކާތްތައް ހަރުދަނާ ކުރެއްވުމަށް މޯލްޑިވްސް އެންޓި ޑޯޕިން އެޖެންސީ (މަނާޑާ) އަށް ވާޑާގެ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވި އެވެ.

މި ބައްދަލުކުރެއްވުމުގައި ވާޑާގެ އޭޝިއާ/އޯޝޭނިއާ އޮފީހުގެ ޑިރެކްޓަރ، ޑޮކްޓަރު ޔާޔާ ޔަމަމޯޓޯގެ އިތުރުން، ވާޑާގެ ޑިރެކްޓަރ ޖެނެރަލް އޮލިވިއޭ ނިގްލީ އަދި ވާޑާގެ ޑެޕިއުޓީ ޑިރެކްޓަރ ސްޓޭކްހޯލްޑަރ އެންގޭޖްމަންޓް އެންޑް ޕާޓްނާޝިޕްސް، އޮލިމްޕިއާ ކަރަވްސިލީ ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

އުޒްބަކިސްތާނުގައި ކުރިއަށް ދިޔަ މި ބައްދަލުވުމަކީ ކޮންމެ އަހަރަކު ވެސް އެއް ފަހަރު ބާއްވަމުން އަންނަ ބަދަލުވުމެކެވެ. މިއަހަރުގެ ބައްދަލުވުމުގައި އޭޝިއާ/އޭޝޭނިއާގެ 34 ޤައުމެއްގެ ކުޅިވަރު ވަޒީރުން އަދި ވަޒީރުންގެ ނައިބުން ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ. އޭގެ އިތުރުން ޤައުމުތަކުގެ އެންޓި-ޑޯޕިން އެޖެންސީތަކުގެ މަންދޫބުން ވެސް ވަނީ މި ބައްދަލުވުމުގައި ބައިވެރިވެފަ އެވެ.

މި ބައްދަލުވުމުގައި ވަޒީރުންގެ މެދުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކޮށްފައި ވަނީ، ކުޅިވަރުގެ ތެރެއިން މަނާ ބޭސް ބޭނުން ހުއްޓުވުމަށް ނުވަތަ މަދު ކުރުމަށް އެޅޭނެ ފިޔަވަޅުތަކާ ގުޅޭ ގޮތުންނެވެ. އަދި އެކަމާ ގުޅުން ހުރި އިދާރާތަކުގެ މަޝްވަރާ އާއެކު އެންޓި-ޑޯޕިންއާ ގުޅުން ހުރި އުސޫލުތައް ވަރުގަދަ ކުރެވޭނެ ގޮތްތަކާ މެދު ވެސް ވަނީ މަޝްވަރާ ކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
0%
0%
ކޮމެންޓް