ކ. މާލެ
|
27 މެއި 2024 | ހޯމަ 10:02
ދިރާސީ އައު އަހަރާއި ގުޅިގެން އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ދެއްވި ޚިތާބުގައި މުދައްރިސުންގެ ގާބިލްކަމާމެދު ސުވާލު އުފައްދާފައިވޭ
ދިރާސީ އައު އަހަރާއި ގުޅިގެން އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ދެއްވި ޚިތާބުގައި މުދައްރިސުންގެ ގާބިލްކަމާމެދު ސުވާލު އުފައްދާފައިވޭ
މިނިސްޓްރީ އޮފް އެޑިއުކޭޝަން
މުދައްރިސުންގެ ގާބިލްކަމާމެދު ސުވާލު އުފެއްދުން
މިސަރުކާރުން މުދައްރިސުންގެ ގާބިލްކަމާމެދު ސުވާލު އުފައްދައިފި، މައާފަށް އެދެންޖެހޭ: އިހުސާން
މުދައްރިސުންގެ ގާބިލްކަމާއި ފެންވަރާ މެދު ސުވާލު އުފައްދައިގެން ނުވާނެ
ރާއްޖޭގެ ތައުލީމީ ނިޒާމު މިހިސާބަށް އައީ މުދައްރިސުންގެ ބުރަ މަސައްކަތުން
ކޮވިޑް-19ގެ ދުވަސްވަރު ވެސް މުދައްރިސުން ވަރަށް ބޮޑު ގުރުބާނީއެއް ވެފައިވޭ

މިސަރުކާރުން ރާއްޖޭގެ މުދައްރިސުންގެ ފެންވަރާއި ގާބިލްކަމާމެދު ސުވާލު އުފައްދާފައިވާ ކަމަށާއި، އެއީ މައާފަށް އެދެންޖެހޭ ކަމެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން ވިދާޅުވެއްޖެއެވެ.

ފަލަސުރުހީ ޕްރޮގްރާމްގައި އިހުސާން ވިދާޅުވީ ދިރާސީ އައު އަހަރު ފެށުމާއި ގުޅިގެން އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ދެއްވި ޚިތާބުގައި ރާއްޖޭގެ ތައުލީމީ ނިޒާމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ރަނގަޅު ފެންވަރުގެ މުދައްރިސުން ނެތުން ކަމަށް ވިދާޅުވެފައިވާ ކަމަށެވެ. އެއީ ކުށްވެރިކުރާ ކަމެއް ކަމަށާއި، މުދައްރިސުންގެ ގާބިލްކަމާއި ފެންވަރާ މެދު ސުވާލު އުފައްދައިގެން ނުވާނެ ކަމަށެވެ.

އިހުސާން ވިދާޅުވީ ރާއްޖޭގެ ތައުލީމީ ނިޒާމު މިހިސާބަށް އައީ މުދައްރިސުންގެ ބުރަ މަސައްކަތުން ކަމަށާއި، ކޮވިޑް-19ގެ ދުވަސްވަރު ވެސް މުދައްރިސުން ވަރަށް ބޮޑު ގުރުބާނީއެއް ވެފައިވާ ކަމަށެވެ. އެދުވަހުގެ އެބިރުވެރި ހާލަތުން އަރައިގަތުމަށް މުދައްރިސުންގެ ދައުރު އިންތިހާއަށް ބޮޑު ކަމަށް އިހުސާން ވިދާޅުވިއެވެ. އަދި ވިދާޅުވީ ދަރިވަރުންގެ ކިޔެވުން ނުގެއްލި ކުރިއަށް ގެންދެވުނީ އެގާބިލް މޮޅު މުދައްރިސުންގެ ސަބަބުން ކަމަށެވެ.

މީގެ އިތުރުން އިހުސާން ވިދާޅުވީ މުދައްރިސުންގެ ގާބިލްކަމާމެދު ސުވާލު އުފެއްދުމުން އެކަމަށް އެޑިޔުކޭޝަން މިނިސްޓްރީން މުދައްރިސުންގެ ކިބައިން މައާފަށް އެދެންޖެހޭ ކަމަށެވެ.

މިއަދު ދިވެހިރާއްޖޭގެ ތައުލީމީ ނިޒާމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ރަނގަޅު ފެންވަރުގެ މުދައްރިސުން ނެތް ކަމޭ އެނގޭތޯ. ދިވެހިރާއްޖޭގެ ތައުލީމީ ނިޒާމު މިއަދު މިދެކޭ ހިސާބަށް އައުމުގައި އަޅުގަނޑުމެންނަށް މި ތިބެވެނީ މިއަދު ރާއްޖޭގެ ތައުލީމީ ނިޒާމު މަސައްކަތް ކުރައްވަމުން ގެންދަވާ ލޮބުވެތި މުދައްރިސުންގެ މިންނެތް ބުރަ މަސައްކަތުން. އަޅުގަނޑުމެން ހަނދާން އެބަހުރި 2020 ވަނަ އަހަރު އަޅުގަނޑުމެންނަށް ކުރިމަތިވި ކޮވިޑް-19ގެ ހާލަތުގައި އެ ހާލަތުން އަޅުގަނޑުމެން އަރައިގަތުމަށްޓަކައި އެންމެ ބުރަ މަސައްކަތެއް ކުރެއްވީ އެންމެ ބޮޑު ގުރުބާނީއެއް ވެވަޑައިގެންނެވި ބޭފުޅުންނަކީ އަޅުގަނޑުމެންގެ ލޮބުވެތި މުދައްރިސުން. އެހެންވީމަ އެ މުދައްރިސުންގެ ފެންވަރާއި މުދައްރިސުންގެ އެ މަސައްކަތާ އިހާނެތިވާ ގޮތަށް ތައުލީމީ ވަޒީރު ވިދާޅުވި ބަސް އަޅުގަނޑު ކުށްވެރިކުރަން. އަދި އަޅުގަނޑު ގޮވާލަން ދިވެހިރާއްޖޭގެ ވުޒާރާއިން ދިވެހި ލޮބުވެތި މުދައްރިސުންގެ ކިބައިން މައާފަށް އެދެން. ކުރަންޖެހޭ ކަމެއް އެއީ. އެއީ އަޅުގަނޑުމެން ދެލޮލުން ދުށިން އެނގޭތޯ. ކޮވިޑް-19ގެ ހާލަތުގައި. އަޅުގަނޑުމެން ތަޖުރިބާ ކުރިން ކޮވިޑް-19ގެ ހާލަތުގައި މުދައްރިސުންގެ ގުރުބާނީ، އެދުވަހު އަމިއްލާ އާއިލާ ގޭގައި އެކަނި ދޫކޮށްލާފައި ނުކުމެވަޑައިގެން ދަރިވަރުންނަށް ތައުލީމު ހޯއްދަވައި ދެއްވުމަށްޓަކައި ކުރެއްވި ބުރަ މަސައްކަތް ގާތުން ފެނުނު މިއަދު އެ މުދަަރިއްސުން އެ ފެންވަރު ނެތް.އެދުވަހު އެބޭފުޅުން އެކުރެއްވި ތަޖުރިބާއާއި އެ ހޯއްދެވި އިލްމާއި އެކުރެއްވި ބުރަ މަސައްކަތުގެ ސަބަބުންނޭ އަޅުގަނޑުމެންނަށް މިއޮތް ބިރުވެރިހާލަތުން އަޅުގަނޑުމެންނަށް އަރައިގަނެވި މިއަދު މިތިބި ހާލަތަށް އަޅުގަނޑުމެންނަށް އާދެވިފައި މިއޮތީ.
އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން

ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމާއި ގުޅިގެން ދެއްވި ޚިތާބުގައި މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވީ އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން އުނގެނުމާއި އުނގަންނައިދިނުމަށް މަސައްކަތް ކުރައްވާނެކަމަށާއި، އުނގަންނައިދިނުމަށް މުދައްރިސުން އަހުލުވެރި ކުރުވުމަށް މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ. ވަކިން ޚާއްސަކޮށް މި ފެށިގެން ދިޔަ ދިރާސީ އައު އަހަރުގެ ތެރޭގައި އެ ރޮނގުން މަސައްކަތްތަކެއް ފެށިގެންދާނެކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

އޭގެ އިތުރުން، ތައުލީމީ ނިޒާމަށް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ފެންވަރު ރަނގަޅު މުދައްރިސުން މަދުވުމުގެ މައްސަލަކަން ފާހަގަ ކުރައްވައި މިނިސްޓަރ އިތުރަށް ވިދާޅުވީ، ސްކޫލުތަކުގައި ކިޔަވައިދޭ މުދައްރިސުންނަކީ ދޭސީ މުދައްރިސުންނަށް ހެދުމަށް ގައުމީ ފެންވަރުގައި މުދައްރިސުން ތަމްރީނުކުރުރުމުގެ ޕްރޮގްރާމެއް މި ދިރާސީ އަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމަށެވެ. އަދި ފެންވަރު ރަނގަޅު ތައުލީމަކާއި ތަރުބިއްޔަތެއް ދަރިވަރުންނަށް ފޯރުކޮށްދެވޭނީ ފެންވަރު ރަނގަޅު އުފެއްދުންތެރި ވިސްނުމުގެ މުދައްރިސުން ދާއިރާގެ ހިދުމަތުގައި ތިބެގެންކަންވެސް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

- ކޮމެންޓް