Advertisement
ކ. މާލެ
|
26 މެއި 2024 | އާދީއްތަ 18:02
މިނިސްޓަރ މުޙައްމަދު ސައީދު
މިނިސްޓަރ މުޙައްމަދު ސައީދު
ރާއްޖެއެމްވީ
ރާއްޖޭގައި ޑިވަލޮޕްމެންޓް ބޭންކެއް އުފެއްދުން
ރާއްޖޭގައި ޑިވަލޮޕްމެންޓް ބޭންކެއް ނެތުމުން ބޮޑެތި މަޝްރޫޢުތައް މަޑު ޖެހޭ - ސައީދު
ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ރާއްޖޭގެ ޑިވެލޮޕްމެންޓް ބޭންކު އުފައްދާވާފައި ވަނީ މި ހިނގާ މެއި މަހުގެ 16 ވަނަ ދުވަހު

ރާއްޖޭގައި ޑިވަލޮޕްމެންޓް ބޭންކެއް ނެތުމުން ބޮޑެތި މަޝްރޫޢުތައް މަޑު ޖެހޭ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިކޮނޮމިކް މިނިސްޓަރ ސަޢީދު ވަނީ ރާއްޖެ އަށް އިތުރަށް ފައިސާ ދޭނެ ފަރާތްތައް ނެތުމަކީ ދިމާވާ ގޮންޖެހުމެއް ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން ސަރުކާރުގެ އަމާޒަކީ މޯލްޑިވްސް ޑިވަލޮޕްމެންޓް ބޭންކަކީ ސަރަޙައްދީ ގޮތުން ފާހަގަކޮށްލެވޭ ތަނަކަށް ހެދުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެ ބޭންކުގެ އެހީގައި ދިވެހިން ދާން ބޭނުންވާ އުސްމިނަކަށް ދިއުމުގެ ފުރުސަތު ލިބޭނެ ކަމަށް ސަޢީދު ވިދާޅުވިއެވެ. އަދި މި ބޭންކުގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަޤާމަށް ދުނިޔޭގެ ފެންވަރު ރަނގަޅު ތަޖުރިބާކާރެއް ހޯދަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

Advertisement

ސަޢީދު އިތުރަށް ވިދާޅުވީ ރާއްޖެއަށް ފައިނޭންސިންގައި ކުރިއެރުން ހޯދިދާނެ ދާއިރާތައް ހުރި ކަމަށެވެ. އޭގެ ތެރޭގައި އިސްލާމިކް ފައިނޭންސިން ފާހަގަކޮށްލެވޭ ކަމަށް ވެސް ސަޢީދު ވިދާޅުވިއެވެ. ބްލޫ ގްރީން ބޮންޑްސް ނުވަތަ ބްލޫ ގްރީން ފަންޑްސް އާއި ތިމާވެއްޓާއި ގުޅުން ހުރި ޕްރޮޑަކްޓްތައް ލޯންކުރެވިދާނެ ކަމަށް ސަޢީދު ވިދާޅުވިއެވެ. އަދި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބޮޑުވުމާއި އެކު މެރިޓައިމް އިންޝުއަރެންސާއި މެރިޓައިމް ރެޖިސްޓްރޭޝަން ފުޅާކުރެވިދާނެ ކަމަށް ސަޢީދު ވަނީ ވިދާޅުވެފައެވެ. ޖުލައި މަހު އެ ބޭންކް ޤާއިމްކުރުމުގެ އިތުރުން ފައިނޭންޝަލް ސެންޓަރ ޤާއިމްކުރުމަށް ފަންނީ ތަޖުރިބާކާރުންގެ އެހީ ހޯދާނެ ކަމަށް ސަޢީދު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ރާއްޖޭގެ ޑިވެލޮޕްމެންޓް ބޭންކު އުފައްދާވާފައި ވަނީ މި ހިނގާ މޭއި މަހުގެ 16 ވަނަ ދުވަހުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް