ކ. މާލެ
|
27 މެއި 2024 | ހޯމަ 08:47
އޭޝިއާ/އޯޝޭނިއާ ރީޖަން އިންޓަގަވަމެންޓަން މިނިސްޓީރިއަލް މީޓިން އޮފް އެންޓި-ޑޯޕިން އިން ސްޕޯޓްސް ގައި ކުޅިވަރު ވަޒީރު ރާފިޢު
އޭޝިއާ/އޯޝޭނިއާ ރީޖަން އިންޓަގަވަމެންޓަން މިނިސްޓީރިއަލް މީޓިން އޮފް އެންޓި-ޑޯޕިން އިން ސްޕޯޓްސް ގައި ކުޅިވަރު ވަޒީރު ރާފިޢު
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ
އޭޝިއާ ސަރަހައްދުގެ ވަޒީރުން ބައިވެރިވާ، އެންޓި ޑޯޕިން ބައްދަލުވުމުގައި ވަޒީރު ރާފިޢު
ބައްދަލުވުން ކުރިއަށް ދިޔައީ މި މަހުގެ 22 އިން 23 އަށް، އުޒްބަކިސްތާނުގައި

އޭޝިއާ/އޯޝޭނިއާ ރީޖަން އިންޓަގަވަމެންޓަން މިނިސްޓީރިއަލް މީޓިން އޮފް އެންޓި-ޑޯޕިން އިން ސްޕޯޓްސް ގައި، ރާއްޖޭގެ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުޑ ރާފިޢު (ރާއްޕެ) ބައިވެރިވެ ވަޑައިގެންފި އެވެ.

އުޒްބަކިސްތާނުގައި މި މަހުގެ 22 ވަނަ ދުވަހުން ފެށިގެން، 23 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދިޔަ މި ބައްދަލުވުމަކީ، މީގެ 19 ވަނަ ބައްދަލުވުމެވެ. މިއީ ކޮންމެ އަހަރަކު އެއް ފަހަރު ބާއްވަމުން އަންނަ ބައްދަލުވުމެކެވެ.

މިއަހަރުގެ ބައްދަލުވުމުގައި އޭޝިއާ/އޭޝޭނިއާގެ 34 ޤައުމެއްގެ ކުޅިވަރު ވަޒީރުން އަދި ވަޒީރުންގެ ނައިބުން ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ. އޭގެ އިތުރުން ޤައުމުތަކުގެ އެންޓި-ޑޯޕިން އެޖެންސީތަކުގެ މަންދޫބުން ވެސް ވަނީ މި ބައްދަލުވުމުގައި ބައިވެރިވެފަ އެވެ. ހަމަ އެހެންމެ، މި ބައްދަލުވުމުގައި ދުނިޔޭގެ އެންޓި-ޑޯޕިން ޖަމިއްޔާ (ވާޑާ)ގެ ރަައީސް ވިޓޯލްޑް ބަންކާގެ އިތުރުން ވާޑާގެ ނައިބު ރައީސް އަދި ޑިރެކްޓަރ ޖެނަރަލް ވެސް ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.

ވަޒީރުންގެ މެދުގައި ކުރިއަށްދާ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކޮށްފައި ވަނީ، ކުޅިވަރުގެ ތެރެއިން މަނާ ބޭސް ބޭނުން ހުއްޓުވުމަށް ނުވަތަ މަދު ކުރުމަށް އެޅޭނެ ފިޔަވަޅުތަކާ ގުޅޭ ގޮތުންނެވެ. އަދި އެކަމާ ގުޅުން ހުރި އިދާރާތަކުގެ މަޝްވަރާ އާއެކު އެންޓި-ޑޯޕިންއާ ގުޅުން ހުރި އުސޫލުޔައް ވަރުގަދަ ކުރެވޭނެ ގޮތްތަކާ މެދު ވެސް ވަނީ މަޝްވަރާ ކޮށްފަ އެވެ.

މި ބައްދަލުވުމުގައި ވަޒީރު ރާފިޢު ވަނީ ރާއްޖޭގެ ޤައުމީ އެންޓި-ޑޯޕިން އެޖެންސީ (މަނާޑާ)ގެ މަސައްކަތްތަަކާ ގުޅޭ ގޮތުން ބައިވެރިންނަށް މައުލޫމާތު ދެއްވައިފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް