ކ. މާލެ
|
26 މެއި 2024 | އާދީއްތަ 15:40
މަޝްހޫރު މިޔުޒިކް ތަރި ނިކީ މިނާޖް
މަޝްހޫރު މިޔުޒިކް ތަރި ނިކީ މިނާޖް
ބީބީސީ
ނިކީ މިނާޖް ބަންދުން ދޫކޮށްލުން
ޑްރަގްގެ މައްސަލައެއްގައި މަޝްހޫރު މިއުޒިކް ތަރި ނިކީ މިނާޖް އެމްސްޓެޑަމްގައި ބަންދު ކުރުމަށް ފަހު ދޫކޮށްލައިފި
މިނާޖް ދޫކޮށްލީ އޭނާގެ އަތުން ފެނިފައިވަނީ ސޮފްޓް ޑްރަގްސްގެ ކުޑަ މިންވަރެއް ކަމަށްވާތީ
ސޯޝަލް މީޑިއާގައި މިނާޖް ބުނެފައިވާ ގޮތުން ޖަލުގެ ގޮޅިއެއްގައި ފަސް ހަ ގަޑީއިރު ވަރު ބަންދުކޮށްފައި ބެހެއްޓި

މަޝްހޫރު މިޔުޒިކް ތަރި ނިކީ މިނާޖް ނެދަރލޭންޑްސްގެ އެމްސްޓެޑަމްގައި ހައްޔަރު ކުރުމަށްފަހު ޖުރިމަނާ ކޮށް ދޫކޮށްލައިފިއެވެ.

ހައްޔަރު ކުރުމަށްފަހު ފުލުހުންގެ ބެލުމުގެ ދަށުން އޭނާ ދޫކޮށްލީ ހޮނިހިރު ދުވަހުގެ ހަވީރުއެވެ.

ސޯޝަލް މީޑިއާގައި މިނާޖް ބުނެފައިވާ ގޮތުން ޖަލުގެ ގޮޅިއެއްގައި ފަސް ހަ ގަޑީއިރު ވަރު ބަންދުކޮށްފައި ބެހެއްޓިއެވެ.

އޭނާ ވަނީ ޝިޕޯލް އެއަރޕޯޓުން ފުލުހުން އޭނާ ހައްޔަރު ކުރަން އުޅޭ މަންޒަރުވެސް ވީޑިއޯ ކޮށް އެކްސް ގައި ޕޯސްޓް ކޮށްފައެވެ.

އެ ވީޑިއޯގައި ފުލުހުން އައިސް އޭނާ ވޭން އަކަށް އަރުވައިގެން ގެންދަން އުޅުމުން އެކަމާ ސުވާލު ކުރުމުން އޭނާ ހައްޔަރުކޮށްފައި ހުރި ކަމަށާއި ހައްޔަރު ކުރީ ޑްރަގް ގެންގުޅުމުގެ ސަބަބުން ކަމަށް ފުލުހުން ބުނުމުން ތިމަންނާ އަތުގައި ޑްރަގެއް ނެތް ކަމަށް މިނާޖް ބުނެއެވެ.

މައްސަލައާ ގުޅިގެން މިނާޖް އެކްސް ގައި ކޮށްފައިވާ ޕޯސްޓެއްގައި އޭނާގެ ހުއްދަ ނެތި އޭނާގެ ފޮށި ގެންދިޔަ ކަމަށްވެސް ބުނެފައިވެއެވެ. އެހެން ޕޯސްޓެއްގައި މިއީ އެމްސްޓެޑަމް ކަމަށާއި މިތަނަކީ "ވީޑް" ހުއްދަ ތަނެއް ކަމަށްވެސް އޭނާ ލިޔެފައިވެއެވެ.

ރިޕޯޓްތަކުގައި ވާ ގޮތުން ނެދަރލޭންޑްސް އަކީ ޑްރަގް ގެންގުޅުމާއި ވިއްކުމާއި އުފެއްދުން މަނާ ގައުމެކެވެ. އެހެން ނަމަވެސް ބައެއް ބާވަތުގެ ޑްރަގުގެ ވަރަށް ކުޑަ މިންވަރެއް ހުއްދަވާ ސިޔާސަތަކަށް އެ ގައުމުގައި އަމަލު ކުރެއެވެ.

މިނާޖް ދޫކޮށްލީ އޭނާގެ އަތުން ފެނިފައިވަނީ ސޮފްޓް ޑްރަގްސްގެ ކުޑަ މިންވަރެއް ކަމަށްވާތީ ޖުރިމަނާ ކުރުމަށްފަހުގައި ކަމަށް ނެދަރލޭންޑްސްގެ އޮފިޝަލުންނާ ހަވާލާދީ މީޑިއާ އިން ހާމަކޮށްފައިވެއެވެ.

މިނާޖް ހައްޔަރު ކުރުމުގެ ސަބަބުން މެންޗެސްޓަރ ގައި އޭނާ ބާއްވަން ހަމަޖެހިފައިވާ ކޮންސަޓް ވަނީ އެންމެ ފަހު ވަގުތު އެހެން ތާރީޚަކަށް ބަދަލު ކޮށްފައެވެ.

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް