Advertisement
ކ. މާލެ
|
26 މެއި 2024 | އާދީއްތަ 12:16
ދިރާސީ އައު އަހަރުގެ ފުރަތަމަ ދުވަހު ކަލާފާނު ސްކޫލް ދަރިވަރުން ސްކޫލް ގްރައުންޑުގައި
ދިރާސީ އައު އަހަރުގެ ފުރަތަމަ ދުވަހު ކަލާފާނު ސްކޫލް ދަރިވަރުން ސްކޫލް ގްރައުންޑުގައި
ރާއްޖެއެމްވީ
ދިރާސީ އައު އަހަރު
96000ށް ވުރެ ގިނަ ދަރިވަރުންނާއެކު ދިރާސީ އައު އަހަރު ފަށައިފި
ސަރުކާރުގެ 217 ސްކޫލެއްގައި 83000 ދަރިވަރުން ތަޢުލީމު ހާސިލުކުރާނެ
ޕްރައިވެޓް ސްކޫލްތަކުގައި އެލްކޭޖީ އިން ފެށިގެން ގްރޭޑް 12 އާ ހަމައަށް 13000ށް ވުރެ ގިނަ ދަރިވަރުން ތަޢުލީމު ހާސިލުކުރާނެ
މި އަހަރު މާލޭ ސަރަޙައްދުގެ ގްރޭޑް 1ށް 2250 ދަރިވަރުން ވަނީ އެންރޯލް ކޮށްފައި

96000 އަށް ވުރެ ގިނަ ދަރިވަރުންނާއެކު ދިރާސީ އައު އަހަރު ފަށައިފިއެވެ.

96000 ދަރިވަރުންގެ ތެރޭގައި ހިމެނެނީ 40300 އަންހެން ދަރިވަރުންނާ 42700 ފިރިހެން ދަރިވަރުން ހިމެނެއެވެ. ސަރުކާރުގެ 217 ސްކޫލެއްގައި 83000 ދަރިވަރުން ތަޢުލީމު ހާސިލުކުރަމުންދާއިރ،ު އޭގެ ތެރެއިން 17000 އެއްހާ ދަރިވަރުންނަކީ މާލޭ ސަރަޙައްދުގައި ތަޢުލީމު ހާސިލުކުރާ ދަރިވަރުންނެވެ.

ރާއްޖޭގެ ޕްރައިވެޓް ސްކޫލްތަކުގައި އެލްކޭޖީ އިން ފެށިގެން ގްރޭޑް 12 އާ ހަމައަށް 13000ށް ވުރެ ގިނަ ދަރިވަރުން ތަޢުލީމު ހާސިލުކުރާއިރު، އޭގެ ތެރެއިން 9000ށް ވުރެ ގިނަ ދަރިވަރުން ތަޢުލީމު ހާސިލުކުރަނީ މާލޭ ސަރަޙައްދުގައެވެ. މި އަހަރު މާލޭ ސަރަޙައްދުގެ ގްރޭޑް 1 އަށް 2250 ދަރިވަރުން ވަނީ އެންރޯލް ކުރެވިފައެވެ.

Advertisement

މީގެ އިތުރުން މާލޭ ސަރަޙައްދުގެ ގްރޭޑް 1 ފިޔަވާ އެހެން ގްރޭޑްތަކަށް ވަންނަން ހުށަހެޅި ދަރިވަރުންގެ އަދަދަކީ 2081 އެވެ. އަދި މި ދިރާސީ އަހަރު، އަތޮޅުތެރޭގެ ސްކޫލުތަކުން މާލޭ ސަރަޙައްދުގެ ސްކޫލުތަކަށް 1126 ދަރިވަރުން ވަނީ ބަދަލުވެފައެވެ. ހަމައެއާއެކު، މާލޭ ސަރަޙައްދުގެ އެއް ސްކޫލުން އަނެއް ސްކޫލަށް 1000 ދަރިވަރުން ބަދަލުވިއެވެ.

މިއަހަރު ފެށޭއިރު ސަރުކާރު ސްކޫލުތަކުގައި 12662 މުދައްރިސުން މަސައްކަތް ކުރައްވާނެއެވެ. އޭގެ ތެރޭގައި ހިމެނެނީ 10729 ދިވެހި މުދައްރިސުންނާއި 1933 ބިދޭސީ މުދައްރިސުންނެވެ. މި ދިރާސީ އަހަރު ސަރުކާރު 162 ސްކޫލެއްގައި އެއް ދަންފަޅިއަށް އަދި 55 ސްކޫލެއްގައި ދެ ދަންފަޅިއަށް ކިޔަވައިދޭނެއެވެ. މި އަހަރުވެސް 6 ސްކޫލެއްގައި ސެޓެލައިޓް މަފްހޫމަށް ކިޔަވައިދޭނެއެވެ. އެ ސްކޫލްތަކަކީ ފެހެންދޫ ސްކޫލް، ފުޅަދޫ ސްކޫލް، ކޮނޑޭ ސްކޫލް، ރަކީދޫ ސްކޫލް، ވ. ތިނަދޫ ސްކޫލް އަދި އދ. ދިއްދޫ ސްކޫލެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް