ކ. މާލެ
|
26 މެއި 2024 | އާދީއްތަ 12:11
މެޗުގައި ލަނޑު ޖެހުމަށްފަހު ޔުވެންޓަސްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު ޔުވެންޓަސްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
ރޮއިޓާރސް
އިޓާލިއަން ލީގު
ޔުވެންޓަސް އިން ލީގު ނިންމާލީ ތިން ވަނައިގައި
ޔުވެންޓަސް ތިން ވަނައިގައި ލީގު ނިންމާލީ ކުޅުނު 38 މެޗުން 71 ޕޮއިންޓު ހޯދައިގެން

މި ސީޒަންގެ އިޓާލިއަން ލީގުގެ ފަހު މެޗުގައި މޮންޒާ ބަލިކޮށް، ޔުވެންޓަސް އިން ތިން ވަނައިގައި ސީޒަން ނިންމާލައިފި އެވެ.

ޔުވެންޓަސްގެ އަމިއްލަ ދަނޑުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 2-0 އިންނެވެ. މި މެޗުގައި ޔުވެންޓަސް އަށް އިރުޝާދު ދީފައި ވަނީ އެ ޓީމުގެ ވަގުތީ ކޯޗު ޕައޮލޯ މޮންޓެރޯ އެވެ. ޔުވެންޓަސް އިން ވަނީ އެ ޓީމުގެ ކޯޗަކަށް ހުރި މެސިމޯ އަލެގްރީ މަގާމުން ވަކިކޮށްފަ އެވެ.

މެޗުގައި ޔުވެންޓަސް އިން އެ ޓީމުގެ ދެ ލަނޑު ވެސް ޖެހީ ފުރަތަމަ ހާފުގަ އެވެ. މެޗު ފަށައިގެން 26 ވަނަ މިނެޓުގައި ޔުވެންޓަސް އިން ލަނޑު ޖަހައި ލީޑު ނެގި އެވެ. އެ ޓީމަށް ލީޑު ނަގައިދިނީ ފެޑެރިކޯ ޗިއެސާ އެވެ. އޭގެ ދެ މިނެޓު ފަހުން ޔުވެންޓަސްގެ ދެ ވަނަ ލަނޑު ޖަހައި، އެލެކްސް ސަންޑްރޯ ވަނީ އެ ޓީމުގެ ލީޑު ފުޅާ ކޮށްފަ އެވެ. އޭނާ އެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ނިކޮލޯ ފަގިއޯލީ އެވެ.

މޮޅާއެކު ޔުވެންޓަސް ތިން ވަނައިގައި ލީގު ނިންމާލީ ކުޅުނު 38 މެޗުން 71 ޕޮއިންޓު ހޯދައިގެންނެވެ. ލީގުގައި އެ ޓީމު މޮޅުވެފައި ވަނީ 19 މެޗުންނެވެ. ފަސް މެޗުން ބަލިވެފައިވާއިރު، 14 މެޗުން ވަނީ އެއްވަރުވެފަ އެވެ.

- ކޮމެންޓް