ކ. މާލެ
|
25 މެއި 2024 | ހޮނިހިރު 19:51
މޫސުން ގޯސް ދުވަހެއްގައި ކަނޑުތައް
މޫސުން ގޯސް ދުވަހެއްގައި ކަނޑުތައް
ރާއްޖެއެމްވީ
މޫސޫމުގެ ސަބަބުން ކާބޯތަކެތި ގެންދަން އުނދަނގޫވުން
"ކުރިއަށް އޮތް 4 ދުވަހު މޫސުން ރަނގަޅު، ކާބޯތަކެއްޗާއި ޒަރޫރީ ތަކެތި ރަށްރަށަށް ގެންދިއުމަށް ސަމާލުކަން ދޭން ޖެހޭ"
ހޮނިހިރު ދުވަހުގެ މޫސުމަށް ބަލާއިރު ރާއްޖޭގެ ބައެއް ހިސާބުތަކަށް ކެރީގެ އަސަރުކުރާނެތީ، ބައެއް ހިސާބުތަކަށް ހުދު ސަމާލު ވަނީ ނެރެފަ

ކުރިއަށް އޮތް ހަތަރު ދުވަހު ކަނޑު ދަތުރު ކުރެވޭވަރަށް ރާއްޖޭގެ މޫސުން ރަނގަޅުވާނެކަމަށާއި އެ މުއްދަތުގައި ރަށްތަކަށް ބޭނުންވާ ކާބޯތަކެއްޗާ ޒަރޫރީ ތަކެތި ގެންދިއުމަށް ސަމާލުކަން ދިނުމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން އެދިއްޖެއެވެ.

އެންޑީއެމްއޭއިން ވަނީ މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ކަނޑު ދަތުރުފަތުރަށް ބުރޫ އަރާފައި ވާތީ ބައެއް ރަށްރަށުން ކާޑުގެ ބާވާތްތަކާއި ޒަރޫރީ ތަކެއްޗަށް ގެންދިއުމަށް ދަތިވެފައިވާކަން ފާހަގަކޮށްފައެވެ. އެގޮތުން މޫސުން ގޯސްވުމުގެ ސަބަބުން ޒަރޫރީ ތަކެތި ފޯރުކޮށްދޭން ދަތިވެފައިވާ ރަށްރަށުގެ ތެރޭގައި ށ. އަދި ރ. އަތޮޅު ހިމެނެއެވެ. ފާއިތުވި ހަފްތާގައި ވަރަށް ބޮޑަށް މޫސުން ގޯސްވެ، ރާއްޖޭގެ އެކި ހިސާބުތަކަށް އެކަމުގެ ސަބަބުން ވަނީ އަސަރުކޮށްފައެވެ. އެގޮތުން ކަނޑުދަތުރުތައް އެއްކޮށް މެދުކެނޑުނު ހިސާބުތައް ވެސް އެބަހުއްޓެވެ.

މިހާރު މޫސުން ރަނގަޅުވަމުންދާކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރާތީ އާދިއްތަ ދުވަހުން ފެށިގެން ބުދަ ދުވަހާ ހަމައަށް، ކަނޑު ދަތުރުކުރެވޭވަރަށް މޫސުން ތަންދޭކަމަށް އެންޑީއެމްއޭ އިން ވަނީ ބުނެފައެވެ. އެ އިދާރާއިން ވަނީ އެ މުއްދަތުގައި ކާބޯތަކެއްޗާއި ޒަރޫރީ ތަކެތި ރަށްތަކަށް ގެންދިއުމަށް އިލްތިމާސްކޮށްފައެވެ. ހޮނިހިރު ދުވަހުގެ މޫސުމަށް ބަލާއިރު ރާއްޖޭގެ ބައެއް ހިސާބުތަކަށް ކެރީގެ އަސަރުކުރާނެތީ، ބައެއް ހިސާބުތަކަށް ހުދު ސަމާލު ވަނީ ނެރެފައެވެ.

- ކޮމެންޓް