ކ. މާލެ
|
24 މެއި 2024 | ހުކުރު 22:16
މަގުތައް ހެދި އިރު ކަރަންޓް ނެޓްވޯކަށް ގެއްލުންވެފައި ހުރެދާނެކަމަށް ބެލެވޭކަމަށް ފެނަކައިން ބުނޭ
މަގުތައް ހެދި އިރު ކަރަންޓް ނެޓްވޯކަށް ގެއްލުންވެފައި ހުރެދާނެކަމަށް ބެލެވޭކަމަށް ފެނަކައިން ބުނޭ
އެމްޓީސީސީ
އުނގޫފާރުގައި ހިނގި ކަރަންޓުގައި ޖެހުމުގެ ހާދިސާ
އުނގޫފާރުގައި ހިނގި ކަރަންޓުގައި ޖެހުމުގެ ހާދިސާއާ ގުޅިގެން އެ މައްސަލަ ތަހުގީގުކުރަނީ
މައްސަލަ ތަހުގީގުކުރަމުން އަންނަ އިރު، ކަމާއި ބެހޭ ތަޖުރިބާކާރެއް މިކަމުގައި ހިމެނޭ

އުނގޫފާރުގައި ހިނގި ކަރަންޓުގައި ޖެހުމުގެ ހާދިސާއާއި ގުޅިގެން އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފެނަކައިން ބުނެފިއެވެ.

އުނގޫފާރު ފެނަކަ ބުރާންޗުގެ މެނޭޖަރު އަހުމަދު ސައީދު ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ބުރާސްފަތި ދުވަހު އުނގޫފާރުގައި ކަރަންޓުގައި ޖެހިގެން 3 ކުއްޖަކަށް ފަރުވާދޭންޖެހުނު މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

އެގޮތުން ޕޮލިހާއި އުނގޫފާރު ކައުންސިލާއި ގުޅިގެން މައްސަލަ ދަނީ ތަހުގީގުކުރަމުން ކަމަށެވެ. ސައީދު ވިދާޅުވީ އެ ނެޓްވޯކަކީ ކައުންސިލުން ބަލަހައްޓާ ނެޓްވޯކެއް ކަމަށާއި، އެކަމާއި ގުޅުން ހުރި ޓެކްނިކަލް ކަންކަން ބަލަނީ ފެނަކައިން ކަމަށެވެ. އަދި ކައުންސިލުން އެދުމުން އެފަދަ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދޭ ކަމަށެވެ.

ސައީދު ވިދާޅުވީ މައްސަލަ ތަހުގީގުކުރަމުން އަންނަ އިރު، ކަމާއި ބެހޭ ތަޖުރިބާކާރެއް މިކަމުގައި ހިމެނޭ ކަމަށެވެ.

މީގެ އިތުރުން އެއީ ކުރީގެ ނެޓްވޯކެއް ކަމަށާއި، މަގުތައް ހެދި އިރު ނެޓްވޯކަށް ގެއްލުންވެފައި ހުރިކަމަށް ބެލެވޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި ހާދިސާގައި 3 ކުދިން ކަރަންޓުގައި ޖެހުނު އިރު، އެކެއްގެ ހާލު އަދިވެސް ސީރައަސްއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް