ކ. މާލެ
|
24 މެއި 2024 | ހުކުރު 19:28
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް
ވީނިއުސް
އުނގޫފާރުގައި ކުދިންތަކެއް ކަރަންޓުގައި ޖެހުން
އުނގޫފާރުގައި ކަރަންޓުގައި ޖެހުނު 18 އަހަރު ކުއްޖާގެ ކިޑްނީއަށް ގެއްލުންވެފައި، ޑައަލިސިސް ހަދަނީ
އަތީކުގެ ކިޑްނީއަށް ވަނީ ގެއްލުން ލިބިފައި

އުނގޫފާރުގައި ކަރަންޓުގައި ޖެހުނު 18 އަހަރު ކުއްޖާގެ ކިޑްނީއަށް ގެއްލުންވެފައިވާ ކަމަށާއި، ހުކުރު ދުވަހުގެ ރޭ ޑައަލިސިސް ހަދަން ނިންމައިފިއެވެ.

އުނގޫފާރުގައި ބުރާސްފަތި ދުވަހު ކަރަންޓު ޖެހިގެން ފަރުވާދެމުން ދަނީ 18 އަހަރުގެ ފިރިހެން ކުއްޖަކާއި، 12 އަހަރުގެ ފިރިހެން ކުއްޖެއްގެ އިތުރުން އަންހެން ކުއްޖަކަށެވެ. މިކުދިންތައް އުނގޫފާރު ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 1:40 ހާއިރުއެވެ.

ހާލު ސީރިއަސްވި 18 އަހަރުގެ ހުސެއިން އަތީކު ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ ހޭނިތަފައެވެ. އަދި އޭނާގެ ހާލު ސިރިއަސްއެވެ.

އަތީކު އޮތީ އަދިވެސް އައިސީޔޫގައެވެ. އުނގޫފާރުގެ ކައުންސިލް މެންބަރު ނިހާ ހުސެއިން ވިދާޅުވީ ހުކުރު ދުވަހު ހެދި ޓެސްޓުތަކުން އަތީކުގެ ކިޑްނީއަށް ގެއްލުން ލިބިފައިވާކަން އެނގޭ ކަމަށް ޑޮކްޓަރުން ބުނެފައިވާކަމަށެވެ. އަދި ހުކުރު ދުވަހުގެ ރޭ ޑައަލިސިސް ހަދަން ނިންމާފައިވާ ކަމަށެވެ. އަދި މިހާރު އޭނާ ނޭވާލުމުގެ ކަންކަން ރަނގަޅުކަމަށް ވެސް ނިހާ ވިދާޅުވިއެވެ.

Advertisement

އަނެއް ދެކުދިންގެ ހާލު ރަނގަޅުކަމަށް ވެސް ނިހާ ވިދާޅުވިއެވެ.

މި ތިން ކުދިން ކަރަންޓު ޖެހިފައިވަނި މަގުމަތީގައި ހުރި ބައްތިއަކުން މަގަށް ކަރަންޓު ލީކުވެފައި ހުރުމުގެ ސަބަބުންނެވެ.

އުނގޫފާރު ކައުންސިލުން ބުނީ ކަރަންޓު ޖެހުނު މައްސަލައިގައި ފެނަކައިން ވަކި އެއްޗެސް ބުނެފައި ނުވާއިރު، އިތުރު މައުލޫމާތެއް ހިއްސާ ނުކުރާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް