ކ. މާލެ
|
24 މެއި 2024 | ހުކުރު 13:13
ސްކޫލް ދަރިވަރުންތަކެއް
ސްކޫލް ދަރިވަރުންތަކެއް
ޙުސައިން ޙަސަން
ދިރާސީ އައު އަހަރުގެ ކިޔެވުން
ދިރާސީ އަހަރު ފެށޭ ދުވަސް ފަސްކުރުމުގެ ބަދަލުގައި ނިންމީ ދަންފަޅި ކުރުކުރަން
ކިޔެވުން ފެށުން ފަސްނުކުރި ސަބަބާއި ގުޅޭގޮތުން މިނިސްޓްރީގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައި
ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައި ވަނީ 26 މެއި 2024ގައި
ކޮންމެ ދަންފަޅިއެއްގައި ވެސް 2 ގަޑިއިރާއި 3 ގަޑިއިރާ ދެމެދަށް ފައްތައިގެން ކިޔަވައިދިނުމަށް މިނިސްޓްރީން ވަނީ އަންގާފައި

ދިރާސީ އަހަރު ފެށޭ ދުވަސް ފަސްކުރުމުގެ ބަދަލުގައި ދިރާސީ އައު އަހަރުގެ ކިޔެވުން ފަށާއިރު، ފުރަތަމަ 3 ދުވަހު ދަންފަޅި ކުރުކުރުމަށް ނިންމައިފިއެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ދިރާސީ އައު އަހަރު ފެށޭ ދުވަސް ފަސްކޮށްދިނުމަށް ބައެއް މީހުން ގޮވާލި ނަމަވެސް އެގޮތަށް ޢަމަލު ނުކުރި ސަބަބެއް އެޑިއުކޭޝަން މިނިސްޓްރީން ހާމައެއް ނުކުރެއެވެ. އެކަމާއި ގުޅޭގޮތުން މިނިސްޓްރީގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން އާއްމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައި ވަނީ 26 މެއި 2024ގައި ކަމަށެވެ. ނަމަވެސް މި ދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކަށް ގަދަ ވަޔާއެކު ބޯކޮށް ވާރޭ ވެހި، ކަނޑުތައް ގަދަވުމުގެ ސަބަބުން ދަތުރުފަތުރަށް ބުރުއަރާފައިވާތީ ދަންފަޅިތައް ކުރުކުރަން ނިންމީ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އެގޮތަށް ނިންމީ ދަރިވަރުންނަށް ފިލާވަޅު ގެއްލޭ މިންވަރު ކުޑަކުރުމަށް ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ. އެހެންކަމުން މެއި 26 އިން 28 އަށް ކޮންމެ ދަންފަޅިއެއްގައި ވެސް 2 ގަޑިއިރާއި 3 ގަޑިއިރާ ދެމެދަށް ފައްތައިގެން ކިޔަވައިދިނުމަށް އެ މިނިސްޓްރީން ވަނީ އަންގާފައެވެ.

- ކޮމެންޓް