ކ. މާލެ
|
23 މެއި 2024 | ބުރާސްފަތި 19:47
ކޮލަމްބިއާގެ ރައީސް ގުސްޓާވޯ ޕެޓްރޯ
ކޮލަމްބިއާގެ ރައީސް ގުސްޓާވޯ ޕެޓްރޯ
ރޮއިޓާސް
ފަލަސްތީން އިސްރާޢީލް ހަނގުރާމަ
ކޮލަމްބިއާ އިން ފަލަސްތީނުގައި އެމްބަސީ ހުޅުވަނީ
ފަލަސްތީނަށް ތާއީދު ކުރައްވާ ކޮލަމްބިއާގެ ރައީސް ފަލަސްތީނުގައި ކޮލަމްބިއާގެ އެމްބަސީއެއް ހުޅުއްވަން ހުސްވި އަހަރުގެ ފަހުކޮޅު ވަނީ ނިންމަވާފަ

ކޮލަމްބިއާގެ އެމްބަސީއެއް ފަލަސްތީނުގެ ރާމައްﷲ ގައި ހުޅުވުމަށް ކޮލަމްބިއާގެ ރައީސް ނިންމަވައިފިއެވެ.

ކޮލަމްބިއާގެ މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ފަލަސްތީނަށް ތާއީދު ކުރައްވާ ކޮލަމްބިއާގެ ރައީސް ގުސްޓާވޯ ޕެޓްރޯ ފަލަސްތީނުގައި ކޮލަމްބިއާގެ އެމްބަސީއެއް ހުޅުއްވަން ހުސްވި އަހަރުގެ ފަހުކޮޅު ވަނީ ނިންމަވާފައެވެ.

ގާޒާގައި ފަލަސްތީންގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގާ އަނިޔާވެރިކަމާ ދެކޮޅު ހެދުމުގެ ގޮތުން ކޮލަމްބިއާ އިން ވަނީ އިޒްރޭލާ އޮންނަ ގުޅުން ކަނޑާލާނެ ކަމަށް މި މަހު ކުރީކޮޅު ބުނެފައެވެ. އިޒްރޭލަށް ވަރަށް ބޮޑަށް ވަރަށް ފާޅުގައި ފާޑުވިދާޅުވާ ކޮލަމްބިއާގެ ރައީސް ވިދާޅުވީ އިޒްރޭލްގެ ބޮޑު ވަޒީރަކީ ގާތިލެއް ކަމަށެވެ.

އިޒްރޭލުން އިންޒާރު ދެމުން ދަނިކޮށް ވިލާތުގެ 3 ގައުމު ކަމަށްވާ ނޯވޭ، އަޔަލޭންޑް އަދި ސްޕޭނުން ފަލަސްތީން ދައުލަތެއްގެ ގޮތުގައި ބަލައިގަންނަން ނިންމިކަން ބުދަ ދުވަހު އެ ގައުމުތަކުން ވަނީ އިއުލާން ކޮށްފައެވެ.

މި 3 ގައުމުގެ ލީޑަރުން ވިދާޅުވީ ފަލަސްތީން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ނިންމީ މެދުއިރުމަތީގެ ސުލްހައަށްޓަކައި ކަމަށެވެ.

މި ނިންމުމާއެކު އެ ގައުމުތަކުގައި ތިބި އިޒްރޭލުގެ އެމްބެސެޑަރުން އެނބުރި އިޒްރޭލަށް ވަގުތުން އައުމަށް އިޒްރޭލުގެ ޚާރިޖީ ވަޒީރު އިޒްރޭލް ކަޓްޒް ވަނީ އަންގަވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް