ކ. މާލެ
|
23 މެއި 2024 | ބުރާސްފަތި 14:23
ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު (ފިއްޓެ)
ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު (ފިއްޓެ)
ރައްޔިތުންގެ މަޖިލިސް
ރަސްމީ ފާލަން މަރާމާތުކުރުން
މަޝްރޫއުތައް ހިންގަން ބަޖެޓުގައި ލާރި ނެތްނަމަ، ރަސްމީ ފާލަން ބަދަލުކުރަން 11 މިލިއަނުގެ ޕްރޮޖެކްޓެއް ނުފަށާނެ: ޒިޔާދު
 
އެއީ ދައުލަތުގައި ލާރި ނެތި ކުރެވޭނެ ކަންކަމެއް ނޫންކަމަށް މެމްބަރު ވިދާޅުވި
 
އެއްކޮޅުން ދައުލަތުގައި ލާރި ނެތްކަމަށް ސަރުކާރުން ބުނާއިރު، އަނެއްކޮޅުން ސަރުކާރުން ބޭނުންވާ ކަންކަން ކުރަމުންދޭ

މަޝްރޫއުތައް ހިންގަން ބަޖެޓުގައި ލާރި ނެތްނަމަ، 11 މިލިއަން ޚަރަދުކޮށްގެން ރަސްމީ ފާލަން ބަދަލު ކުރުމަށް މި ސަރުކާރުން މަޝްރޫއެއް ނުފަށާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު ވިދާޅުވެއްޖެއެވެ.

ރަސްމީ ފާލަން ނުވަތަ "ޢިއްޒުއްދީން ފާލަން" އަލުން ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީން މިހާރު ވަނީ ފަށާފައެވެ.

އެކަމާ ގުޅޭގޮތުން ރާއްޖެޓީވީގެ ފަލަސުރުޙީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޒިޔާދު ވިދާޅުވީ، އެއްކޮޅުން ދައުލަތުގައި ލާރި ނެތްކަމަށް ސަރުކާރުން ބުނާއިރު، އަނެއްކޮޅުން ސަރުކާރުން ބޭނުންވާ ކަންކަން ކުރަމުންދާ ކަމަށެވެ. އެގޮތުން 11 މިލިއަން ޚަރަދުކޮށްގެން ރަސްމީ ފާލަން ބަދަލު ކުރުމަށް މި ސަރުކާރުން މަޝްރޫއެއް ފަށާފައިވާ ކަމަށް ޒިޔާދު ވިދާޅުވިއެވެ.

އެއީ ދައުލަތުގައި ލާރި ނެތި ކުރެވޭނެ ކަންކަމެއް ނޫންކަމަށްވެސް މެންބަރު ވިދާޅުވިއެވެ.

އިއްޔެއާ ހަމައަށް ހަމަ ރީތިކޮށް ފެންނަން އޮތް ފާލަމެއް އެއީ، 11 މިލިއަން ޚަރަދުކޮށްލައިގެން ފާލަން ބަދަލުކޮށްލަނީ، ފައިސާ ނެތިގެން ސަލާމަތް ނުވެގެން އުޅޭ ޤައުމަކުން ކުރާ ޒާތުގެ ކަންކަމެއް ނޫން މި ފެންނަނީ،
ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު

އޭގެ އިތުރުން، ސަރުކާރުގެ ބައެއް މަޤާމުތަކުގައި ތިބޭ މީހުން ސަސްޕެންޑް ކުރުމާއި އަލުން ވަޒީފާ ދިނުމާއި، ވަޒީފާ ބަދަލު ކުރުން ފަދަ އެތައް ކަމެއް ހިނގަމުންދާކަމަށް ވެސް ޒިޔާދު ވިދާޅުވިއެވެ.

ޒިޔާދު ވިދާޅުވީ، ސަރުކާރު އަދިވެސް ހަމައަކަށް ނޭޅިގެން އުޅޭ ސަބަބަކީ ސަރުކާރުގެ "ޓީމު ބޮޑުކަމުންް" ކަމަށެވެ.   

ރަސްމީ ފާލަން މަރާމާތު ކުރުމުގެ މަޝްރޫޢުގެ ދަށުން ކުރީގެ ޖެޓީ ރޫޅާލުމާއި، އައު ޖެޓީގެ ކޮންކްރީޓް މަސައްކަތާއި، ސްޓީލް ސްޓަރަކްޗަރ ފަރުމާކުރުމާއި، ލަކުޑި އަދި މަތިވަޑާމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫޢަށް ގާތްގަނޑަކަށް 11.7 މިލިއަން ރުފިޔާއަށް ޚަރަދުވާނެކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ.

ރަސްމީ ފާލަމުގެ މަސައްކަތް އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ 270 ދުވަސް ތެރޭގައި ނިންމާގޮތަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް
- ގުޅުންހުރި
މަސްވެރިން މުޒާހަރާކުރަން ޖެހުނީ ސަރުކާރުން މަޝްވަރާ ނުކުރާތީ، ސަރުކާރުން ތިބީ މަސްވެރިންނަށް އިޖާބަ ދޭ ގޮތަކަށް ނޫން - ޒިޔާދު
މިއީ ބާރުތައް ކޮންޓްރޯލްކޮށް، ވާދަވެރިންނަށް ފުރުސަތު ހަނިކުރާ ސަރުކާރެއް، މިހާރު ވެސް މަޖިލީހުން ފެންނަނީ އެމަންޒަރު: ބިގޭ
މިއަދަކީ ރާއްޖޭގެ ތާރީޚުގައި ފަލަސްތީނުގެ ރައްޔިތުންނަށް އެންމެ ބޮޑު އެހީއެއްވާ ދުވަސްކަމުގައި ހެއްދެވުމަށް ރައީސް އެދިވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި
އިންޑިއާ އަށް ކުރެއްވި ދަތުރުފުޅަކީ ރާއްޖެއަށް ވަރަށް ކާމިޔާބު ދަތުރުފުޅެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
އިންޑިއާގެ ބޮޑުވަޒީރު ހުވާކުރެއްވުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގެންފި
މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް މުއިއްޒު އިންޑިއާ އަށް ވަޑައިގަންނަވައިފި
ރާއްޖެ އާއި އިންޑިއާ ދެމެދު އޮންނަ ގާތް ގުޅުން އިތުރަށް ބަދަހި ކުރެއްވުމަށް ރައީސް މުއިއްޒު އެދިވަޑައިގެންފި