ކ. މާލެ
|
22 މެއި 2024 | ބުދަ 20:59
އެޗްޑީސީ ޗެއާމަންގެ މަޤާމުގައި ހުންނެވި އަހުމަދު ޒުހޫރު، މިހާރު ވަނީ މަގާމުން ވަކިކޮށްފައި
އެޗްޑީސީ ޗެއާމަންގެ މަޤާމުގައި ހުންނެވި އަހުމަދު ޒުހޫރު، މިހާރު ވަނީ މަގާމުން ވަކިކޮށްފައި
ރައީސް އޮފީސް
ޒުހޫރު މަގާމުން ވަކިކުރުން
އެޗްޑީސީގެ ޗެއާމަން ކަމުންނާއި ބޯޑުން ޒުހޫރު ވަކިކޮށްފި
ޒުހޫރު ވަކިކުރި ސަބަބާއި ގުޅޭގޮތުން ސަރުކާރުގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައި
އެޗްޑީސީގެ ޗެއާމަންގެ މަގާމަށް ޒުހޫރު އައްޔަން ކުރައްވާފައިވަނީ 20 ފެބްރުއަރީ 2024 ގައި

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ޗެއާމަންގެ މަޤާމުގައި ހުންނެވި އަހުމަދު ޒުހޫރު އެމަގާމުން ވަކިކޮށްފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން ބުނީ އެޗްޑީސީގެ ޗެއާމަންގެ މަޤާމުގައި ހުންނެވި ޒުހޫރު އެ މަޤާމުންނާއި އެޗްޑީސީގެ ބޯޑުގެ ޑިރެކްޓަރު ކަމުން ބުދަ ދުވަހުން ފެށިގެން ވަކިކޮށްފައިވާ ކަމަށެވެ. ނަމަވެސް، އޭނާ ވަކިކުރި ސަބަބެއް ހާމައެއް ނުކުރެ އެވެ. ޒުހޫރު ވަކިކުރި ސަބަބާއި ގުޅޭގޮތުން ސަރުކާރުގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

އެޗްޑީސީގެ ޗެއާމަންގެ މަގާމަށް ޒުހޫރު އައްޔަން ކުރައްވާފައިވަނީ 20 ފެބްރުއަރީ 2024 ގައެވެ.

ޒުހޫރަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ގިނަ މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން މިނިސްޓަރުކަމާއި ކަސްޓަމްސްގެ ކޮމިޝަނާ ޖެނެރަލް ކަމުގެ އިތުރުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަން ކުރައްވާފައިވެއެވެ.

ޒުހޫރު އެ މަގާމުން ވަކިކޮށްފައިވާއިރު، މިފްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަމާހު ރަޝީދާއި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ފާތިމަތު ތައުފީގު ވެސް ވަނީ މަގާމު ވަކިކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
ކޮމެންޓް