ކ. މާލެ
|
19 މެއި 2024 | އާދީއްތަ 22:01
މީގެ ކުރިން ހައްޖުގެ އަޅުކަމަށް ދިޔަ ހައްޖުވެރިންތަކެއް
މީގެ ކުރިން ހައްޖުގެ އަޅުކަމަށް ދިޔަ ހައްޖުވެރިންތަކެއް
ހައްޖު ކޯޕަރޭޝަން
ހައްޖުވެރިން
ހައްޖުވެރިންގެ ފުރަތަމަ ފްލައިޓު އަންނަ ހަފްތާގައި ފުރާނެ: އިސްލާމިކް މިނިސްޓްރީ
 
ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ހައްޖު ދުވަހަކީ ޖޫންމަހުގެ 15 ވަނަ ދުވަސް
 
ހައްޖުވެރިންނަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދޭނެ

މިއަހަރު ހައްޖުގެ މަތިވެރި އަޅުކަމަށްދާ ހައްޖުވެރިންގެ ފުރަތަމަ ފްލައިޓު އަންނަ ހަފްތާގައި ފުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

ހައްޖަށް މީހުން ގެންދިއުމުގެ އިންތިޒާމުތަކާއި ގުޅިގެން އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ހައްޖުވެރިން ފުރުމުގެ އެންމެހައި އިންތިޒާމްތައް ފުރިހަމަ ކުރެވިފައިވާ ކަމަށެވެ. މިކަމަށްޓަކައި ކުރަންޖެހޭ ތައްޔާރީތައް މުއައްސަސާތަކާ ގުޅިގެން ވަނީ ކޮށްނިމިފައި ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.

މިނިސްޓަރު ޝަހީމް ވިދާޅުވީ ފުރަތަމަ ފުލައިޓް ފުރާނީ 31 މެއި 2024 ވާ ހުކުރު ދުވަހު ކަމަށެވެ. އަދި ވިދާޅުވީ ހައްޖުވެރިން ފުރުމުގެ އިންތިޒާމްތަކާ ގުޅޭ ކަންކަމުގައި މުއައްސަސާތަކާ ވަނީ މަޝްވަރާކޮށްފައި ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ބައްދަލުކުރެއްވުމުގައި އެމްއެންޑީއެފް، ފުލުހުން، އިމިގްރޭޝަން އޮފިޝަލުން، އެއާޕޯޓުގެ އޮޕިޝަލުން، އެމްޓީސީސީ އަދި ރެޑްކްރެސަންޓްގެ މުވައްޒަފުން ބައިވެރިވެފައިވެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ހައްޖުވެރިންނަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދިނުމަށް މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.

އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް މިއަހަރު ވެސް ރާއްޖެއަށް ލިބެނީ 1000 ހައްޖު ކޯޓާއެވެ. މީގެތެރެއިން 50 ކޯޓާ ކަނޑައަޅާފައިވަނީ ސަރުކާރުގެ ޚަރަދުގައި ހައްޖަށް ދާ ނިކަމެތިންނަށެވެ. ކުރިއަށް އޮތްތަނުގައި ހައްޖު ކޯޓާ އިތުރު ކުރުމަށް ގިނަ މަސައްކަތްތައް ކުރަމުންދާ ކަމަށާއި، ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާތައް ކުރަމުންދާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ހައްޖު ދުވަހަކީ ޖޫންމަހުގެ 16ވަނަ ދުވަހެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް