ގދ. އަތޮޅުގައި އޮންނަ ރެފަލްސް މޯޯލްޑިވްސް ރިސޯޓްގައި އާދިއްތަ ދުވަހު ހެނދުނު ކަޔަކްގައި މޫދަށް ފޭބި ބިދޭސީއަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ފުލުހުން ބުނީ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން ކަމަށެވެ. ގައި އެ މީހާއަކީ ރިސޯޓު ދޯނީގައި މަސައްކަތް ކުރާ ބަންގްލަދޭޝް މީހެއް ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ. އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މެންދުރު ފަހު 3:30ގައެވެ.
ގދ.އަތޮޅުގައި މޫދަށް ފޭބި ބިދޭސީއަކު ގެއްލިގެން ހޯދަމުންދާއިރު މީގެ ދެ ދުވަސް ކުުރިން ހަތަރު މީހުންނާއެކު ދަތުރު ކުރި ދޯންޏެއް ގެއްލިގެން ހޯދުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށް ވުމާއި އެކު މޫސުމަށް ސަމާލުކަން ދީގެން ދަތުރުކުރުމަށް ކަމާއި ބެހޭ ފަރާތްތަކުން ޢިލްތިމާސްކުރެއެވެ.