ކ. މާލެ
|
17 މެއި 2024 | ހުކުރު 13:16
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް
ރާއްޖެއެމްވީ
ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު
ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރެއްވުމުން އެނގެނީ އަވަސް މުސްތަގުބަލެއްގައި ގޯތިތައް ހަވާލުކުރުމުގެ ވިސްނުމެއް މި ސަރުކާރުގެ ނެތްކަން - މީކާއީލް
މީކާއީލް ވިދާޅުވީ އެ ފަދަ ބިލެއް ފާސްކުރިޔަސް އިޚުލާސްތެރިކަމާއި އެކު މި ސަރުކާރުން އެ މަސައްކަތް ކުރިއަށް ގެންދާނެ ކަމާއި މެދު ސުވާލު އުފެދުނު ކަމަށް
ކޮންމެވެސް އިންތިޚާބަކާއި ދިމާކޮށް ނޫން ގޮތަކަށް ގޯތިތައް ދޫކޮށްފާނެ ކަމާއި މެދު ސުވާލު އުފެދޭ ކަމަށް ވެސް އޭނާ ވިދާޅުވި
މަދު މެމްބަރުންތަކެއް އިދިކޮޅުގައި ތިބި ނަމަވެސް އެކަމާއި މެދު ވަކާލާތުކުރުން ދޫކޮށް ނުލައްވާނެ ކަމަށް މީކާއީލް ވިދާޅުވި

ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ ފޮނުވާލުމުން އެނގެނީ އަވަސް މުސްތުގްބަލެއްގައި ގޯތިތައް ހަވާލުކުރުމުގެ ވިސްނުމެއް މި ސަރުކާރުގެ ނެތްކަން ކަަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުން ކުރިޔަށްގެންދިޔަ "ބިންވެރިޔާ" ސްކީމްގެ ދަށުން މާލެ ރައްޔިތުންނަށް ދޫކުރި ގޯތިތަކުގެ ތެރެއިން މިހާތަނަށް ހަވާލު ކޮށްފައި ނުވާ ގޯތިތައް ތިން މަސް ތެރޭގައި ހަވާލު ކުރަން ލާޒިމްވާގޮތަށް ބިމާ ބެހޭ ޤާނޫނަށް ގެނައި އިސްލާހުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުނުކުރައްވާ އަލުން އަނބުރާ ރައްޔިތުންގެ މަޖިލީހަށް ފޮނުވާލެއްވީ ބުރާސްފަތި ދުވަހުއެވެ.

މިއީ ކުރީ ސަރުކާރުން ފެށި "ބިންވެރިޔާ" ސްކީމްގެ ދަށުން މާލެ ރައްޔިތުންނަށް ދޫކުރި ގޯތިތަކުގެ ދާއިމީ ލިސްޓު އާންމު ކުރިތާ އެތައް ދުވަހެއްވީ ނަމަވެސް މި ސަރުކާރުން އެ ގޯތިތައް ހަވާލު ނުކުރާ ކަމަށް ބުނެ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް ނަސީމް ހުށަހެޅުއްވި އިސްލާހެކެވެ.

މީކާއީލް ވިދާޅުވީ އެ ފަދަ ބިލެއް ފާސްކުރިޔަސް އިޚުލާސްތެރިކަމާއި އެކު މި ސަރުކާރުން އެ މަސައްކަތް ކުރިއަށް ގެންދާނެ ކަމާއި މެދު ސުވާލު އުފެދުނު ކަމަށެވެ. މިހާރު ކަންކަން ކުރާ ގޮތުން ސަރުކާރަށް ސިޔާސީ މަންފާ އެއް ނުލިބޭ ގޮތަށް އަނެއްކާވެސް އެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ނުބެލެވޭ ކަމަށް މިކާއީލް ވިދާޅުވިއެވެ. މަޖިލީހުގެ މެޖޯރިޓީން ފާސްކޮށްފި ނަަމަ އެކަމަށް އިޚުތިރާމްކުރާނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް ސަރުކާރުގެ ޢަމަލުތައް ހުރީ އެހެން ނޫން ކަަމަށް މީކާއީލް ވިދާޅުވިއެވެ. އަދި މިހާރު ސަރުކާރުން ޢަމަލުކުރާ ގޮތުން ކޮންމެވެސް އިންތިޚާބަކާއި ދިމާކޮށް ނޫން ގޮތަކަށް ގޯތިތައް ދޫކޮށްފާނެ ކަމާއި މެދު ސުވާލު އުފެދޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިންތިޚާބާއި ދިމާކޮށް ކަންކަން ކުރަނީ. ބަހަނާތައް ދައްކަނީ. އަނެއްކާވެސް 2028ގައި ދެވަނަ ދައުރެއް ދޭން ވައުދު ނުވާނަމަ މި ގޯތިތަކެއް ނުލިބޭނެ. އެ މަންޒަރު އަޅުގަނޑުމެންނަށް ފެންނަނީ
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް

މީކާއީލް ވަނީ އަދިވެސް ގޯތި ލިބުނު ގިނަ މީހުންނާއި ބިން ހަވާލު ނުކުރާ ކަަމަށާއި އެއީ ވަަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ވިދާޅުވެފައެވެ. އެކަމާއި މެދު ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި 20 ވަނަ މަޖިލީހުގައި ވެސް އެކަމާއި މެދު އަޑު އުފުއްލަވާނެ ކަމަށް މީކާއީލް ވިދާޅުވިއެވެ. މަދު މެމްބަރުންތަކެއް އިދިކޮޅުގައި ތިބި ނަމަވެސް އެކަމާއި މެދު ވަކާލާތުކުރުން ދޫކޮށް ނުލައްވާނެ ކަމަށް ވެސް މީކާއިލް ވިދާޅުވިއެވެ.

މި އިސްލާހު ފާސްކޮށްފައިވަނީ ނިމިގެންދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އެންމެ ފަހު ދައުރުގެ ތެރޭގައި އޭޕްރީލް މަހުގެ 29 ވަނަ ދުވަހު ކުރިޔަށްދިޔަ ޖަލްސާގައެވެ. އިސްލާހު ފާސް ކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ 35 މެންބަރުންނެވެ. އެ އިސްލާހާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ.

އެ އިސްލާހުގައި ބުނާ ގޮތުން ގޯތިތައް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު ގެޒެޓުގައި ޝާއިއު ކުރާތާ ތިން މަސް ތެރޭގައި އެ ގޯތިތައް ހަވާލު ކުރަން ޖެހޭނެއެވެ. އަދި މިހާތަނަށް ސަރުކާރުން ހަވާލު ކޮށްފައި ނުވާ ގޯތިތައް މި ގާނޫނަށް އަމަލުކުރަން ފަށާތާ ތިން މަސް ތެރޭގައި ހަވާލު ކުރަން ޖެހޭނެ ކަމަށް ވެސް އެ އިސްލާހުގައި ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
ކޮމެންޓް
- ގުޅުންހުރި
މާލީ ހާލަތާއި ގުޅުވައި އެންމެ އާދައިގެ ރައްޔިތު މީހާ ހަމައިން ފިޔަވަޅު އަޅާތީ އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި
އެމްޑީޕީން ހުށަހެޅި މައްސަލަ ބޭރުކޮށްލީ ސިޔާސީ މަގާމުތައް އިތުރުވެ، ހަރަދު ނުތަކާ ވަރަށް ދިއުމުން އެކަން ފޮރުވުމަށް: ފައްޔާޒު
ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދާއި މުސާރަ ހާމަކުރަން އެމްޑީޕީން ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި
"މި ދިމާކުރީ ނަޒާހާތްތެރިކަމާއިއެކު ހިދުމަތުގާ ދެމިހުންނެވި ގަވަރުނަރާ"
މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމުގެ މަސައްކަތް ސަރުކާރުން އަވަސް ކުރަން މަސައްކަތް ނުކުރޭ - އާޒިމް
ސަރުކާރުގެ އިހުލާސްތެރިކަމެއް ހުރި ނަމަ ބިމާބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ މަސައްކަތް ކޮމިޓީ އަށް ފޮނުވައިގެން ކުރާނެ - މީކާއިލް
ފާޑުކިޔުން ބޮޑުވެފައި ވަނިކޮށް އިޒްރޭލް ޕާސްޕޯޓްގައި ރާއްޖެ އެތެރެވުން މަނާކުރާ ބިލުގެ ފުރަތަމަ ކިޔުން އަންގާރަ ދުވަހު އިއްވައިފި
އިޒްރޭލް ޕާސްޕޯޓް މަނާކުރުމަށް ޑަބަލްކޮށް ޤާނޫނަށް އިސްލާހުކުރަން ހުށަހެޅުމުގެ ނިޔަތަކީ ކޮބައިތޯ ސުވާލު އުފެދޭ - މީކާއިލް