ކ. މާލެ
|
8 އޯގަސްޓް 2017 | އަންގާރަ 21:36
ޗައިނާ އަކީ އިގްތިސާދި ގޮތުން ދުނިޔޭގެ ބޮޑު ބާރެއް
ޗައިނާ އަކީ އިގްތިސާދި ގޮތުން ދުނިޔޭގެ ބޮޑު ބާރެއް
އޭޝިއާ ޓައިމްސް
އުތުރު ކޮރެެއާ މައްސަލަ
އދ އިން އުތުރު ކޮރެއާ އާ ދެކޮޅަށް އެޅި އާ ދަތިކުރުމުގެ ފިޔަވަޅުތައް ފުރިހަމައަށް ތަންފީޒު ކުރާނެ: ޗައިނާ
ޗައިނާ އާއި އުތުރު ކޮރެއާ އަކީ އިގްތިސާދީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ވެސް ގާތް ދެގައުމު

އދ އިން ދާދިފަހުން އުތުރު ކޮރެއާ އާ ދެކޮޅަށް އެޅި  ދަތިކުރުމުގެ ފިޔަވަޅުތައް ފުރިހަމައަށް ތަންފީޒު ކުރާނެ ކަމަށް އުތުރު ކޮރެއާ އާ ގާތް ގުޅުމެއް އޮންނަ ޗައިނާ އިން ބުނެފިއެވެ.

ޗައިނާ އާއި އުތުުރު ކޮރެއާ އަކީ އިގްތިސާދީ ގޮތުން ގާތް ގުޅުމެއް އޮންނަ ދެގައުމެވެ. އދ ގެ ސެކިޔުރިޓީ ކައުންސިލުން އުތުރު ކޮރެއާ އާ ދެކޮޅަށް އާ ދަތިކުރުމުގެ ފިޔަވަޅުތަކެއް އެޅީ ހޮނިހިރު ދުވަހުއެވެ. އެ ފިޔަވަޅުތަކުގެ ސަބަބުން އުތުރު ކޮރެއާ އިން ބޭރު ކުރާ އެގައުމުގެ އެކްސްޕޯޓް އިން ލިބޭ ތިން ބިލިއަން ޑޮލަރުގެ ނަފާ، ދެ ބިލިއަން ޑޮލަރަށް ދަށްވެގެން ދާނެއެވެ.

އުތުރު ކޮރެއާ އާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތައް ފުރިހަމައަށް ތަންފީޒު ކުރާނެ ކަމަށް ޗައިނާ އިން ބުނީ ހޯމަ ދުވަހުއެވެ. ޗައިނާގެ ފޮރިން މިނިސްޓަރު ވެންގް ޔީ ހޯމަ ދުވަހު ފިލިޕީންސްގެ ވެރިރަށް މެނީލާގައި ބޭއްވި ރީޖަނަލް ސެކިޔުރިޓީ ފޯރަމެއްގައި އުތުރު ކޮރެއާ އާ މެދު މިމޭރުމުން ވާހަކަފުޅުދެއްކެވިއިރު އުތުރު ކޮރެއާ އާ ދެކޮޅަށް އދ އިން އެޅި ފިޔަވަޅުތަކާއި ހެދި އެގައުމުން ވަނީ ވަރަށް ހިތްހަމަ ނުޖެހިފައެެވެ.

އެމެރިކާ އިސްވެ އޮވެ އުތުރު ކޮރެއާ ދެކޮޅަށް، އދ ސެކިޔުރިޓީ ކައުންސިލް މެދުވެރިކޮށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައި ވާތީ އުތުރު ކޮރެއާ އިން އޭގެ ރައްދު ދޭނެ ކަމަށް އެގައުމުން ވަނީ ބުނެފައެވެ. އުތުރު ކޮރެއާގެ ރަސްމީ ނޫސް އެޖެންސީ ކޭސީއެންއޭ އިން ބުނީ  "އޭގެ އަގު އެމެރިކާ އިން ދައްކަން ޖެހޭނެ ކަމަށާއި" ސެކިޔުރިޓީ ކައުންސިލުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަކީ އެގައުމުގެ މިނިވަންކަމާއި އިސްތިގުލާލަށް އަރައިގަތުން ކަމަށެވެ.

އުތުރު ކޮރެއާ އިން ހޯމަ ދުވަހު ބުނެފައި ވަނީ އެގައުމާ ދެކޮޅަށް ފިޔަވަޅު އެޅިޔަސް އެގައުމުން ހިންގާ ނިއުކްލިއާ ހަތިޔާރު ފައްކާ ކުރުމުގެ ޕްރޮގްރާއި މިސައިލް ޓެސްޓްތައް ކުރުން ހުއްޓާނުލާނެ ކަމަށެވެ.

އުތުރު ކޮރެއާގެ އަމަލުތަކާއި ގުޅިގެން ދެކޮރެއާ މަސްރަހު ވަނީ ވަރަށް ހޫނުވެފައެވެ. މަސްރަހު ފިނިކުރުމަށް ދެކުނު ކޮރެއާ އިން އުތުރު ކޮރެއާއަށް ހުށަހެޅި ހުށަހެޅުން ގަބޫލު ނުކުރާނެ ކަމަށް އުތުރު ކޮރެއާ އިން ބުނެފައިވާ  ކަމަށް ދެކުނު ކޮރެއާ އިން ވަނީ ބުނެފައެވެ. 

ދާދިފަހުން އެމެރިކާ އިން ބުނެފައި ވަނީ އެއްވެސް ނަތީޖާއެއް ނުނިކުންނާތީ" އުތުރު ކޮރެއާގެ މިސައިލް ޓެސްޓްތަކާއި ބެހޭގޮތުން އދ ގެ ސެކިޔުރިޓީ ކައުންސިލް ބައްދަލުވުމަކަށް އެމެރިކާ އިން ގޮވާނުލާނެ ކަމަށެވެ. އެހެންކަމުން "އެއްވެސް ނަތީޖާއެއް ނުނިކުންނަ"  ބައްދަލުވުމަކަށް ގޮވާލާ ނަމަ އުތުރު ކޮރެއާ އަށް ލިބިގެންދާނެ މެސެޖަކީ ބައިނަލްއަގްވާމީ މުޖުތަމައުު އިން އުތުރު ކޮރެއާ ގެ މައްސަލާގައި އުތުރުކޮރެއާ އާއި  ޗެލެންޖް ކުރަން ބޭނުން ނުވާކަން ކަމަށް އެމެރިކާ އިން  އދ އަށް ކަނޑައަޅުއްވާފައިވާ އެމްބެސެޑަރު ނިކީ ހޭލީ ވަނީ ވިދާޅުވެފައެވެ. 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް