ގްރޭޓަރ މާލެ ސަރަހައްދުގައި ހަތަރު ފުރޮޅުލީ އުޅަނދުގައި ޓެކްސީ ކުރުމުގެ އަގުތައް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ކަނޑައަޅައިފިއެވެ.
މިނިސްޓްރީން ބުނީ މިއަގުތަކަށް ދަތުކުރާނީ މެއި މަހުގެ 20 ވަނަ ދުވަހުން ފެށިގެންކަމަށެވެ. މިނިސްޓްރީން ބުނީ ޓެކްސީ ކުރުމުގެ އަގުތައް ކަނޑައަޅާފައި ވަނީ ދަތުރުކުރެވޭ ސަރަހައްދާއި ޕެޓްރޯލް ހަރަދު ފަދަ ކަންކަމަށް ރިއާޔަތްކޮށް ކަމަށެވެ.
6 ސީޓް އަށްވުރެ ދަށުގެ އުޅަނދު:
ޒޯން އެތެރޭގެ ދަތުރުތައް (މާލެ، ހުޅުމާލެ ފިޔަވަހި1 އަދި ހުޅުމާލެ ފިޔަވަހި2 ގެ އެތެރޭގެ ދަތުރު)- 30 ރުފިޔާ
މާލެއިން ހުޅުމާލެ ފިޔަވަހި 1 - 85 ރުފިޔާ
މާލެއިން ހުޅުމާލެ ފިޔަވަހި 2 - 100 ރުފިޔާ
މާލެއިން އެއަރޕޯޓް - 70 ރުފިޔާ
ހުޅުމާލެ ފިޔަވަހި 1 އިން މާލެ - 85 ރުފިޔާ
ހުޅުމާލެ ފިޔަވަހި 1 އިން ހުޅުމާލެ ފިޔަވަހި 2 - 40 ރުފިޔާ
ހުޅުމާލެ ފިޔަވަހި 1 އިން އެއަރޕޯޓް - 80 ރުފިޔާ
ހުޅުމާލެ ފިޔަވަހި 2 އިން މާލެ - 100 ރުފިޔާ
ހުޅުމާލެ ފިޔަވަހި 2 ހުޅުމާލެ ފިޔަވަހި 1- 40 ރުފިޔާ
ހުޅުމާލެ ފިޔަވަހި 2 އިން އެއަރޕޯޓް - 85 ރުފިޔާ
އެއަރޕޯޓުން މާލެ - 70 ރުފިޔާ
އެއަރޕޯޓުން ހުޅުމާލެ ފިޔަވަހި 1- 80 ރުފިޔާ
އެއަރޕޯޓުން ހުޅުމާލެ ފިޔަވަހި 2- 85 ރުފިޔާ
ޓްރާންސްޕޯޓު މިނިސްޓްރީން ބުނި ގޮތުގައި ޑޮމެސްޓިކް ޓާމިނަލަށް ކުރެވޭ ދަތުރުތަކުން އެއާޕޯޓަށް ކަނޑައަޅާފައިވާ އަގުގެ އިތުރަށް 10 ރުފިޔާ ނަގާނެއެވެ. އަދި ޓެކްސީއަށް އަރުވާ ލަގެޖުގެ ތެރެއިން ތިން ލަގެޖަށް ވުރެ އިތުރުވާނަމަ އިތުރުވާ ކޮންމެ ލަގޭޖަކަށް 5 ރުފިޔާ ޗާޖުކުރާނެއެވެ.
10-7 ސީޓް ދެމެދުގެ އުޅަނދު:
ޒޯން އެތެރޭގެ ދަތުރުތައް (މާލެ، ހުޅުމާލެ ފިޔަވަހި1 އަދި ހުޅުމާލެ ފިޔަވަހި2 ގެ އެތެރޭގެ ދަތުރު)- 45 ރުފިޔާ
މާލެއިން ހުޅުމާލެ ފިޔަވަހި 1 - 130 ރުފިޔާ
މާލެއިން ހުޅުމާލެ ފިޔަވަހި 2 - 155 ރުފިޔާ
މާލެއިން އެއަރޕޯޓް - 110 ރުފިޔާ
ހުޅުމާލެ ފިޔަވަހި 1 އިން މާލެ - 130 ރުފިޔާ
ހުޅުމާލެ ފިޔަވަހި 1 އިން ހުޅުމާލެ ފިޔަވަހި 2 - 60 ރުފިޔާ
ހުޅުމާލެ ފިޔަވަހި 1 އިން އެއަރޕޯޓް - 125 ރުފިޔާ
ހުޅުމާލެ ފިޔަވަހި 2 އިން މާލެ - 155 ރުފިޔާ
ހުޅުމާލެ ފިޔަވަހި 2 ހުޅުމާލެ ފިޔަވަހި 1- 60 ރުފިޔާ
ހުޅުމާލެ ފިޔަވަހި 2 އިން އެއަރޕޯޓް - 130 ރުފިޔާ
އެއަރޕޯޓުން މާލެ - 110 ރުފިޔާ
އެއަރޕޯޓުން ހުޅުމާލެ ފިޔަވަހި 1- 125 ރުފިޔާ
އެއަރޕޯޓުން ހުޅުމާލެ ފިޔަވަހި 2- 130 ރުފިޔާ
މިނިސްޓްރީން ބުނީ 7-10 ސީޓާ ދެމެދުގެ އުޅަނދުތަކުގައި އެއާޕޯޓުގެ ޑޮމެސްޓިކް ޓާމިނަލާ ހަމައަށް ކުރާ ދަތުރުތަކުގެ އަގުގެ އިތުރަށް 15 ރުފިޔާ ޗާޖު ކުރެވޭނެ ކަމަށެވެ. އަދި ތިން ލަގެޖަށް ވުރެ އިތުރުވާ ނަމަ އިތުރުވާ ލަގެޖަކަށް 5 ރުފިޔާ އިތުރަށް ނަގާނެ ކަމަށެވެ.
ޓެކްސީގެ އަގުތައް މުރާޖައާ ކުރިއިރު މީގެ ކުރިން މާލެ އެތެރޭގެ ދަތުރުތަކަށް ނަގަނީ 25-30 ރުފިޔާ ގެ އަގެކެވެ. މާލެ އިން ހުޅުމާލެ 1 އަށް 85 ރުފިޔާ އަދި މާލެ އިން ހުޅުމާލެ 2 އަށް 100 ރުފިޔާއަށް ދެވެއެވެ.