ކ. މާލެ
|
14 މެއި 2024 | އަންގާރަ 12:49
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބީއެމްއެލް
ބީއެމްއެލްގެ އޭޖީއެމް
ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކުރުމަށް ސަރުކާރުގެ ފަރާތުން 7 ފަރާތެއްގެ ނަން ހުށަހަޅައިފި
އާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް 3 ފަރާތަކުން ކުރިމަތިލާފައިވޭ
ސަރުކާރުގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް އައްޔަން ކުރުމަށް 7 ފަރާތެއްގެ ނަން ހުށަހަޅާފައިވޭ

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ (އޭޖީއެމް) 28 މެއި ގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، ޑިރެކްޓަރުންގެ ބޯޑަށް އައްޔަނު ކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ މެމްބަރުންގެ ނަންތައް އާންމުކޮށްފިއެވެ.

ބީއެމްއެލްއިން ކުރި އިއުލާނެއްގައި ބުނީ، 2024ން 2025 ވަނަ އަހަރަށް ސަރުކާރުގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް އައްޔަން ކުރުމަށް 7 ފަރާތެއްގެ ނަން ހުށަހަޅާފައިވާ ކަމަށެވެ.

އެގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރުކަމަށް މރ. ކާރލް ސްޓުމްކައިގެ ނަން ހުށަހަޅާފައިވާއިރު، އޭގެ އިތުރުން ޙަސަން ޒަރީރު ހުޅުމާލެ، ޢާއިޝަތު ނޫރައްދީން މ. ތާނގީދޮށުގެ، ޢާއިޝަތު ސަޖްނީ، ތަރިވިދާގެ ސ. ހިތަދޫ، ޢަލީ ފާރިސް މުޙައްމަދު ގ. ސިނަމާލެ، ޢާދިލް މޫސާ ފެންއާރު، ބ. އޭދަފުށި، އަދި ޑރ. މަރްޔަމް ސުޒީ އާދަމް މ. އެމޭޒަންގެ ނަންވެސް ސަރުކާރުން ވަނީ ޑިރެކްޓަރުންގެ ބޯޑަށް އައްޔަނު ކުރުމަށް ހުށަހަޅާފައެވެ.

އޭގެ އިތުރުން، އާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް 3 ފަރާތަކުން ކުރިމަތިލާފައިވާއިރު، އެ 3 މީހުންވެސް ޝަރުތު ހަމަވާކަމަށް ބީއެމްއެލްއިން ބުނެއެވެ.

އެއީ އިބްރާހީމް މުޙައްމަދު ނެލުމް ނ. ހޮޅުދޫ، އަޙްމަދު މުޙައްމަދު ގ. އުފާ އަދި ޢަބްދުالله ނަސީމް ކަރަންކާވިލާ ހއ. ފިއްލަދޫއެވެ.

ބޭންކުން މައުލޫމާތު ދޭ ގޮތުގައި ސަރުކާރުގެ ފަރާތުންނާއި އާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް ނަން ހުށަހަޅާފައިވާ ފަރާތްތަކަކީ މި މަޤާމަށް އިންތިޚާބު ކުރުމަށް ޤާބިލު ފަރާތްތަކެއްކަމަށްވެސް ބޯޑުން ވަނީ ފާސްކޮށްފައެވެ. އެކަން ހިއްސާދާރުންގެ މައުލޫމާތަށްޓަކައި ބޭންކުން ވަނީ އާންމުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
ކޮމެންޓް