ކ. މާލެ
|
14 މެއި 2024 | އަންގާރަ 00:09
ހައްޖުގެ އަޅުކަން އަދާކުރުމަށް ހައްޖުވެރިން ގެފުޅު ކައިރީ
ހައްޖުގެ އަޅުކަން އަދާކުރުމަށް ހައްޖުވެރިން ގެފުޅު ކައިރީ
ރޮއިޓާސް
ހައްޖު ޕާމިޓް ނެތި މައްކާއަށް އެތެރެވުން މަނާ
ހައްޖު ޕާމިޓް ނެތި މައްކާއަށް އެތެރެވާ މީހުންނަށް ބޮޑުތި އަދަބުތަކެއް ސައުދީ ސަރުކާރުން ކަނޑައަޅައިފި
ހުއްދަ ނެތި މަނާ ސަރަހައްދެއްގައި އުޅެނި ކޮށް ފެނިއްޖެނަމަ އެމީހަކު ޑީޕޯޓް ކުރުމާއެކު ވަކި މުއްދަތަކަށް ސައުދީއަށް ނާދެވޭ ގޮތައް ހެދުމަށްވެސް ވަނީ ނިންމާފަ
މި އުސޫލަށް އަމަލު ކުރާނީ އަންނަ ޖޫން މަހުގެ 2ން 20ށް ކަމަށް އިންޓީރިއާ މިނިސްޓްރީން ބުނެފައިވޭ

ހައްޖު ޕާމިޓް ނެތި މައްކާ އަށް އެތެރެވާ މީހުން 10،000 ސައުދީ ރިޔާލުން ޖުރިމަނާ ކުރާނެ ކަމަށް ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް އިންޓީރިއާ އިން ހާމަކޮށްފިއެވެ.

މި އުސޫލަށް އަމަލު ކުރާނީ އަންނަ ޖޫން މަހުގެ 2ން 20ށް ކަމަށްވެސް އިންޓީރިއާ މިނިސްޓްރީން ބުނެފައިވެއެވެ.

ސައުދީ ސަރުކާރުން ބުނާ ގޮތުގައި އެމުއްދަތުގެ ތެރޭގައި، ސައުދީ ރައްޔިތަކަށް ވިޔަސް އަދި ބިދޭސީއަކަށް ވިޔަސް ހައްޖު ޕާމިޓް ނެތި މައްކާގައާއި ހަރަމްފުޅު ސަރަހައްދުގައާއި މިނާ އާއި އަރަފާތު އަދި މުޒްދަލިފާ ސަރަހައްދުގައި އުޅުމަކީ މަނާކަމެއްގެ ގޮތުގައި ވަނީ ހަމަޖައްސާފައެވެ.

ސައުދީ ސަރުކާރުން ބުނެފައިވާ ގޮތުގައި އެގައުމުން ބޭރު މީހަކު ހައްޖު ޕާމިޓް ނެތި އެ މުއްދަތުގެ ތެރޭގައި ހުއްދަ ނެތި އުޅުން މަނާ ސަރަހައްދެއްގައި އުޅެނި ކޮށް ފެނިއްޖެނަމަ އެމީހަކު ވަގުތުން ޑީޕޯޓް ކުރުމާއެކު ވަކި މުއްދަތަކަށް ސައުދީއަށް ނާދެވޭ ގޮތައް ހެދުމަށްވެސް ވަނީ ނިންމާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް