ކ. މާލެ
|
10 މެއި 2024 | ހުކުރު 18:55
މާލެ ސިޓީއައް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެން ބޮޑުވުން - ފައިލް ފޮޓޯ: ޔޫސުފް ސޮފްވާން
މާލެ ސިޓީއައް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެން ބޮޑުވުން - ފައިލް ފޮޓޯ: ޔޫސުފް ސޮފްވާން
ޔޫސުފް ސޮފްވާން ރަޝީދު
ހުޅަނގު މޫސުން
މިއަހަރުގެ ހުޅަނގު މޫސުން ފެށިއްޖެ
މި އަހަރުގެ ހުޅަނގު މޫސުން ދެކުނުގެ އަތޮޅުތަކަށް ފެށިފައިވަނީ މި މަހުގެ 9 ވަނަ ދުވަހު

މިއަހަރުގެ ހުޅަނގު މޫސުން ފެށިއްޖެއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ ދިވެހިރާއްޖޭގައި އޮންނަ ދެ މޫސުމުގެ ތެރެއިން އިރުވައި މޫސުމަކީ މީލާދީގޮތުން ބަލާއިރު، ޖެނުއަރީ މަހުން ފެށިގެން މާޗް މަހުގެ ނިޔަލަށް ކަމަށެވެ. އަދި ހުޅަނގު މޫސުމަކީ މެއި މަހުން ފެށިގެން ނޮވެމްބަރުގެ ނިޔަލަށް ކަމަށް ބުނެފައިވެއެވެ.

އަދި ހުޅަނގު މޫސުމުގެ އަސަރުތައް އާންމުގޮތެއްގައި މެއި މަހުގެ ފުރަތަމަ ނުވަތަ ދެވަނަ ހަފްތާތެރޭގައި ދެކުނުގެ އަތޮޅުތަކަށް ފަށާ ކަމަށް މުސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެއެވެ. އަދި އޭގެ ފަހުން މި މޫސުމުގެ އަސަރު މެދުރާއްޖެތެރެއަށް ފޯރައި، މެއި މަސް ނިމުމުގެ ކުރިން މުޅި ރާއްޖެއަށް ހުޅަނގު މޫސުން ފެށިގެންދާނެ ކަމަށެވެ.

މި އަހަރުގެ ހުޅަނގު މޫސުން ދެކުނުގެ އަތޮޅުތަކަށް ފެށިފައިވަނީ މި މަހުގެ 9 ވަނަ ދުވަހުއެވެ.

ހުޅަނގު މޫސުން ފެށުނުކަމަށް ބަލާ މިންގަނޑަކީ:

ވާރޭ: 1 މެއިގެ ފަހުން ދެކުނު އަތޮޅުތަކަށް 2.5 މިލިމީޓަރު ނުވަތަ އިތުރަށް ވާރޭ ވެހުން، އަދި މި ހާލަތު ވިދިވިދިގެން 2 ދުވަހަށް ނުވަތަ އިތުރަށް ދިގުމެދިގެންދިއުމެވެ. އަދި ވައިގެ މިސްރާބު ހުޅަނގު ދެކުނާއި ހުޅަނގާ ދެމެދު ހުރެފައި، ގަޑިއަކު 10 ނޯޓިކަލް މޭލަށްވުރެ ބާރު މިނުގައި ޖެހުން، އަދި މި ހާލަތު ވިދިވިދިގެން 2 ދުވަހަށް ނުވަތަ އިތުރަށް ދެމިގެންދިއުމެވެ.

- ކޮމެންޓް