ކ. މާލެ
|
9 މެއި 2024 | ބުރާސްފަތި 12:13
މެޗުގައި ބަޔާންގެ ކޯޗު ޓުޗެލް ރެފްރީއާ ވާހަކަ ދައްކަނީ
މެޗުގައި ބަޔާންގެ ކޯޗު ޓުޗެލް ރެފްރީއާ ވާހަކަ ދައްކަނީ
ރޮއިޓާސް
ބަޔާން މިއުނިކް
ޓުޗެލްގެ ނުރުހުން ރެފްރީ އަށް!
 
ރެއާލް އަތުން ބަލިވެ ބަޔާން މުބާރާތުން ކެޓިއިރު، މި ސީޒަން ނިންމާލަން އެ ޓީމަށް ޖެހުނީ ހުސްއަތާ

ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ދެ ވަނަ ލެގުގައި ސްޕެއިންގެ ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުން ބަޔާން މިއުނިކް ބަލިވިއިރު، އެ ޓީމުގެ ކޯޗު ތޯމަސް ޓުޗެލްގެ ނުރުހުން މެޗުގެ ރެފްރީންނަށް އަމާޒު ކޮށްފި އެވެ.

ރެއާލްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ބަޔާާން ބަލިވީ ލީޑު ވެސް ނަގާފަައި ވަނިކޮށެވެ. ރެއާލުން ނަތީޖާ ހަމަހަމަކޮށް ލީޑު ނަގާފައި ވަނިކޮށް، ބަޔާންގެ ޑިފެންޑަރު މަތައިސް ޑި ލިޓް ލަނޑެއް ޖެހި ނަމަވެސް، ރެފްރީ ވަނީ އޮފްސައިޑު ކަމަށް ނިންމައިފަ އެވެ. އެކަން ޔަގީން ކުރުމަށް ރެފްރީ ވީއޭއާރު ނުބަލަން ނިންމުމުން، ބަޔާންގެ ކުޅުންތެރިން އަދި އޮފިޝަލުން ވަނީ އެކަމާ ނުރުހުން ފާޅު ކޮށްފަ އެވެ.

އެ މެޗަށްފަހު ވާހަކަ ދައްކަމުން ޓުޗެލް ބުނީ އެއީ ވަރަށް ބޮޑު މައްސަލައެއް ކަމަށާއި، އަދި އެއީ ޤަވާއިދާ ޚިލާފަށް ކޮށްފައިވާ ނުރަނގަޅު ކަމެއް ކަމަށެވެ. ޓުޗެލް ބުނީ އެފަދަ ޙާލަތެއްގައި އެކަން ކުރިއަށް ގެންދަން ޖެހޭނެ ކަމަށާއި، ޔަގީން ކުރުމަކީ ވެސް ރެފްރީންގެ ޒިންމާއެއް ކަމަށެވެ. އޭނާ ފާހަގަ ކުރި ގޮތުގައި އެންމެ ފުރަތަމަ ގޯސް ހެދީ ލައިސްމަން އެވެ. އެއަށްފަހު ދެން ރެފްރީ ވެސް ގޯސް ހަދާފައިވާ ކަމަށް ޓުޗެލް ބުންޏެވެ.

ރެއާލް އަތުން ބަލިވެ ބަޔާން މުބާރާތުން ކެޓިއިރު، މި ސީޒަން ނިންމާލަން އެ ޓީމަށް ޖެހުނީ ހުސްއަތާ އެވެ. މިއީ ގިނަ އަހަރުތަކަކަށްފަހު ބަޔާނުން، ހުސްއަތާ ސީޒަނެއް ނިންމާލާ ފަހަރެވެ. އެންމެ ފަހުން ބަޔާނުން ތައްޓެއް ނުޙޯދި ހުސްއަތާ ނިންމާލީ، 2012 ވަނަ އަހަރު އެވެ. މިއަހަރުގެ ޖުރުމަނު ލީގު ވެސް ބަޔާނަށް ދިފާއު ނުކުރެވުނުއިރު، މިއީ ފާއިތުވެދިޔަ 11 އަހަރު ތެރޭގައި އެ ޓީމަށް ޖަރުމަނު ލީގު ނުހޯދުނު ފުރަތަމަ ފަހަރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް