ކ. މާލެ
|
8 މެއި 2024 | ބުދަ 22:44
 އެމެރިކާގެ 170 މިލިއަން މީހުން ޓިކްޓޮކް ބޭނުން ކުރޭ
އެމެރިކާގެ 170 މިލިއަން މީހުން ޓިކްޓޮކް ބޭނުން ކުރޭ
ސީ.އެން.އެން
ޓިކްޓޮކް އެމެރިކާގައި މަނާކުރުން
ޓިކްޓޮކް އެމެރިކާގައި މަނާކުރަނީ
 
ބިލުގައިވާ ގޮތުން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 19ގެ ކުރިން އެމެރިކާގައި ހުރި ޓިކްޓޮކް އެސެޓްތައް ވިއްކާލާ ޚިދުމަތް ހުއްޓާލަން ޖެހޭ
 
އެމެރިކާ ސަރުކާރުގެ ނިންމުން މުރާޖައާ ކޮށްދިނުމަށް އެދި ޓިކްޓޮކް އިންވަނީ މައްސަލަ އެމެރިކާގެ ކޯޓް އޮފް އެޕީލް އަށް ހުށަހަޅާފަ

ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ޓިކްޓޮކް އެމެރިކާގައި މަނާ ކުރުމަށް އެމެރިކާގެ ސެނެޓުން ފާސްކުރި ބިލް ރައީސް ބައިޑެން ތަސްދީގު ކުރެއްވުމާއެކު އެތައް ބައެއްގެ ކަންބޮޑުވުން ވަނީ އުފެދިފައެވެ.

އެމެރިކާގެ 170 މިލިއަން މީހުން ޓިކްޓޮކް ބޭނުން ކުރެއެވެ.

ބައިޑެން ތަސްދީގް ކުރެއްވި ބިލުގައިވާ ގޮތުން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 19ގެ ކުރިން އެމެރިކާގައި ހުރި ޓިކްޓޮކް އެސެޓްތައް ވިއްކާލާ ޚިދުމަތް ހުއްޓާލަން ޖެހެއެވެ.

އެމެރިކާއިން ތުހުމަތު ކުރަނީ ޗައިނާގެ ކުންފުންޏެއް ކަމަށްވާ ބައިޓްޑާންސް އިން ހިންގާ ޓިކްޓޮކް އަކީ ޗައިނާއިން ޖާސޫސް ކުރަން ބޭނުންކުރާ އެޕްލިކޭޝަނެއް ކަމުގައެވެ.

އެމެރިކާ ސަރުކާރުގެ ނިންމުން މުރާޖައާ ކޮށްދިނުމަށް އެދި ޓިކްޓޮކް އިންވަނީ މައްސަލަ އެމެރިކާގެ ކޯޓް އޮފް އެޕީލް އަށް ހުށަހަޅާފައެވެ. ޓިކްޓޮކް އެމެރިކާ ސަރުކާރުން މަނާކުރުން ޑާންސްބައިޓް ކުންފުނިން ސިފަކޮށްފައިވަނީ "ގާނޫނު އަސާސީ އާ ޚިލާފަށް އާދަޔާ ޚިލާފް ބާރުގެ ބޭނުން ކުރުން" ކަމުގައެވެ.

ޖާސޫސް ކުރާކަމުގެ ތުހުމަތު އަމާޒު ވެފައިވީނަމަވސް ޓިކްޓޮކް ބޭނުން ކުރާ ފަރާތްތަކުގެ މައުލޫމާތު އެހެން އެއްވެސް ފަރާތަކާ ހިއްސާ ނުކުރާކަމަށް ތަކުރާރުކޮށް އެކުންފުނިން އަންނަނީ ބުނަމުންނެވެ.

ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި ޓިކްޓޮކް އާ ދެކޮޅަށް އެމެރިކާ ސަރުކާރުން ކުރާ މަސައްކަތަކީ ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަމަށް ހުރަސް އެޅުމަށް ކުރާ ކަމެކެވެ. އެއީ އެމެރިކާގެ ގާނޫނު އަސާސީއާ ޚިލާފަށް އެމެރިކާ ސަރުކާރުން ކުރާ ކަމެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ދެކެއެވެ.

މުޅި އެމެރިކާގައި ޓިކްޓޮކް ބޭނުން ކުރުން އެމެރިކާ ސަރުކާރުން މަސައްކަތް ކުރަމުންދާއިރު، ސްޓޭޓް ފެންވަރުގައި މީގެ ކުރިންވެސް ވަނީ ބައެއް ސްޓޭޓްތަކުން އެ ސްޓޭޓްތަކުގެ ސަރަހައްދުގައި ޓިކްޓޮކް ބޭނުން ކުރުން މަނާކޮށްފައެވެ. އެހެން ނަމަވެސް އެ ނިންމުންތަކާ ދެކޮޅަށް ކޯޓުގައި ޓިކްޓޮކް އިން ވަނީ ކާމިޔާބު ހޯދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
0%
0%
ކޮމެންޓް