ކ. މާލެ
|
8 މެއި 2024 | ބުދަ 12:55
ބަޔާން މިއުނިކްގެ ކޯޗު ތޯމަސް ޓުޗެލް
ބަޔާން މިއުނިކްގެ ކޯޗު ތޯމަސް ޓުޗެލް
ޔުއެފާ ޗެމްޕިއަންސް ލީގު
މޮޅުވުމުގެ 51 ޕަސެންޓު އޮތީ ރެއާލަށް: ޓުޗެލް
 
އެންމެ ފަހުން ބަޔާނުން ޗެމްޕިއަންސް ލީގުގެ ފައިނަލެއްގައި ކުޅުނީ 2020 ވަނަ އަހަރު

ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ދެ ވަނަ ލެގުގައި މޮޅުވުމުގެ 51 ޕަސެންޓު އޮތީ ރެއާލް މެޑްރިޑަށް ކަމަށް، ބަޔާން މިއުނިކް ކޯޗު ތޯމަސް ޓުޗެލް ބުނެފި އެވެ.

އޭނާ މިހެން ބުނީ ރެއާލްގެ އަމިއްލަ ދަނޑުގައި އެ ޓީމާ ދެކޮޅަށް ކުޅޭ ސެމީ ފައިނަލްގެ ދެ ވަނަ ލެގުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެވެ. މުބާރާތުގެ ފައިނަލްގެ ޖާގައެއް ލިބޭނީ އެ މެޗުން މޮޅުވާ ޓީމަކަށެވެ. އެއީ ބަޔާންގެ ދަނޑުގައި ކުޅުނު ފުރަތަަމަ ލެގު އެއްވަރުވެފައި އޮތުމުންނެވެ.

ޓުޗެލް ބުނީ، ރެއާލް މެޗުގެ ކުރިން ރެއާލްގެ ރޫޙު އޮތް ގޮތް އޭނާގެ ކުޅުންތެރިންނަށް ކިޔައިދޭން ބޭނުން ނުވާ ކަމަށާއި، ބަޔާނުން ކުރަން ޖެހޭނެ ކަމަކީ މެޗު ކުޅުން ކަމަށެވެ. ރެއާލްގެ ދަނޑު، ސަންޓިއާގޯ ބާނަބައު އަކީ މޮޅުވާން އެންމެ އުނދަގޫ ސްޓޭޑިއަމް ކަމަށް ވެސް ޓުޗެލް ބުންޏެވެ. އެހެން ނަމަވެސް، އެ ދަނޑުގައި މޮޅުވުމަކީ ނުކުރެވޭ ވަރުގެ ކަމެއް ނޫން ކަމަށް ވެސް އޭނާ ބުންޏެވެ.

ސެމީ ފައިނަލްގެ ފުރަތަމަ ލެގަށް ބަލާއިރު، ބަޔާނުން ރަނގަޅަށް ކުޅުނު ނަމަވެސް، އެ މެޗުން މޮޅު ނުވެވުންކަން ޓުޗެލް ވަނީ ފާހަގަކޮށްފަ އެވެ. އޭގެ ފަހުން ދެ ވަނަ ލެގު ކުޅެން ޖެހެނީ ރެއާލްގެ އަމިއްލަ ދަނޑުގައި ކަމަށްވުމުން، މޮޅުވުމުގެ 51 ޕަސެންޓު އޮތީ ވެސް ރެއާލަށް ކަމަށް ޓުޗެލް ވަނީ ބުނެފަ އެވެ.

އިތުރަށް ޓުޗެލް ބުނީ، ބަޔާނުން ދެ ވަނަ ލެގަށް ވެސް ތައްޔާރުވީ އެންމެ ފުރިހަމަ އަށް ކަމަށާއި، މެޗުން މޮޅުވުން ނޫން ގޮތެއް ނެތް ކަން ކުޅުންތެރިންނަށް ވަރަށް ރަނގަޅަށް އިނގޭ ކަމަށެވެ. އެހެންކަމުން ހުރިހާ ދިމާލެއްގައި ވެސް ސަމާލުވެ ތިބެ، ރެއާލްގެ ދަނޑުގައި ކުޅޭ މެޗުން މޮޅުވެ، ފައިނަލަށް ދާން ބޭނުންވާ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

އެންމެ ފަހުން ބަޔާނުން ޗެމްޕިއަންސް ލީގުގެ ފައިނަލެއްގައި ކުޅުނީ 2020 ވަނަ އަހަރު އެވެ. އެ އަހަރުގެ ފައިނަލްގައި އެ ޓީމުން ވަނީ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ބަލިކޮށް، ހަ ވަނަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލައިފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް