ސޫޕް ފޮދެއް ބޯލުމާ އެކުގައިހެން، ހިތަށް ހަމަޖެހުން ގެނުވައެވެ. ވެލާ ސޫޕް ފޮދެއް ބޯލާ ހިތުން ކެތްމަދުވެފައި ހުރި ހައިކަންވެސް ފިލާ ދާ ފަދައެވެ. ނަމަވެސް، ވެލާގެ އެއްވެސް އަސަރެއް، ސޫޕް ތަށިން ފެންނާކަށް ނެތެވެ. މި ސޫޕްއަކީ، މުޅިންވެސް ގަސްގަހާގެހީގެ ބާވަތްތައް ބޭނުން ކޮށްގެން އެކި ކަހަލަ އުފެއްދުންތައް އުފައްދާ، ޗިލީގެ ކުންފުންޏެއް ކަމަށް ވާ 'ނޮޓްކޯ'ގެ އިންޤިލާބީ ޑިޝްއެކެވެ. ނޮޓްކޯގެ 'ވެލާ ސޫޕް' ތައްޔާރު ކޮށްފައި ވަނީ އަރޓިފިޝަލް އިންޓެލިޖެންސއް (އޭއައި) ނުވަތަ މަސްނޫއީ ތޫނުފިލިކަމުގެ ޓެކްނޮލޮޖީގެ އެހީގައެވެ. ޢަމާޒަކީ، ނެތި ދިއުމުގެ ބިރު ހީވެފައި ވާ ޤުދުރަތީ ދިރުންތައް ހިމާޔަތް ކުރުމަށް، މީހުންގެ މެދުގައި ހޭލުންތެރިކަން އިތުރު ކުރުމެވެ.
މަސްނޫއީ ތޫނުފިލިކަމުގެ އެހީގައި ތައްޔާރުކުރި ވެލާ ސޫޕްގެ މަސައްކަތް ފެށީއްސުރެ ވީޑީއޯކޮށް، ރެކޯޑްކޮށްފައިވެއެވެ. އެއީ އެކަމާ ބެހޭ ޑޮކިއުމަންޓްރީއަކަށް ހާއްސަކޮށްގެންނެވެ. އެ ޑޮކިއުމަންޓްރީއިން ފެނިގެންދަނީ ލެބޯޓްރީ ތެރޭގައި ސޫޕް ތައްޔާރު ކުރުމުގެ މަސައްކަތް ކުރިއަށް ދާ އިރު، ހަށިގަނޑަށް ގެއްލުން ދެނިވި މާއްދާތައް ކައިބޮއެ ހެދުމާއި ސްކްރީންތަކަށް ދެވިހިފައިވާ މަންޒަރެވެ.
ނޮޓްކޯގެ އޭއައި ޓެކްނޮލޮޖީ ދާއިރާގެ ކަލިނަރީ ސައެންސްއާ ބެހޭ އިސްވެރިޔާ، ބަރނާޑޯ މޯލްޓީޑޯ ފާހަގަ ކުރި ގޮތުގައި، މިއީ ނެތި ދިއުމުގެ ބިރު ހީވެފައިވާ ދިރުންތަކުގެ އާބަދީ ސަލާމަތް ކުރުމާ ބެހޭ މަޝްރޫޢެއް ނޫނެވެ. ނަމަވެސް، ޘާޤާފީ ގޮތުންނާއި ވެށީގެ ފެންވަރުގައި ކޮންމެވެސް ވަރެއްގެ ނަތީޖާއެއް ނެރުމަށް ކުރި ކަމެކެވެ.
އަހަރެމެން ބޭނުންވީ އަރޓިފިޝަލް އިންޓެލިޖެންސްގެ ތެރެއިން ބަދަލެއް ގެނެސްދޭން. އޭއައި ޓެކްނޮލޮޖީ ބޭނުން ކުރުމަކީ ކިހާ ހައްސާސް ކަމެއްކަން އަހަރެމެންނަށްވެސް އެނގޭ. އެކަމާ އަހަރެމެންވެސް އުޅޭތާ މިހާރު އަހަރުތަކެއް ވެދާނެ. މިކަމާ އުޅޭތާވެސް އަހަރުތަކެއްވެއްކެ. އަމިއްލަ ނަފުސާ އަބަދުވެސް އަހަރެމެން ސުވާލުކޮށްލަން، 'ކީއްވެހޭ ނުކުރާންވީ'، އެހެން ގޮސް، ނެތި ދިއުމުގެ ބިރު ހީވެފަ އޮތް ދިރުންތަކުގެ ރޮނގުން މަސައްކަތް ފެށުނީ، މި، ވެލާ ސޫޕަކީވެސް ހަމަ އެކަހަލަ ކަމެއް.ބަރނާޑޯ މޯލްޓީޑޯ؛ ނޮޓްކޯގެ އިސްވެރިއެއް
އޭއައި ޓެކްނޮލޮޖީގެ ބޭނުންކޮށްގެން ތައްޔާރު ކުރި 'ވެލާ މަހާއި'، ވެލާ ސޫޕު މިވަގުތު އާންމުންނަކަށް ނުވިއްކައެވެ. ނަމަވެސް، ސޫޕް ތައްޔާރު ކުރާނެ ގޮތް ދަސްކޮށްދިނުމަށް، ވަރޗުއަލް ކުލާސްތަކެއް ކުރިއަށް ގެންދިއުމަށް ނޮޓްކޯއިން ދަނީ ރާވަމުންނެވެ.
12 ޤައުމެއްގައި އޮޕަރޭޓްކުރާ ނޮޓްކޯއަކީ، މީގެ ކުރިން ޖަނަވާރާއި ޖަނަވާރުން ލިބޭ އެކި ބާވަތްތައް ބޭނުންކޮށްގެން ތައްޔާރު ކޮށް އުޅުނު ބަރގަރ ޕެޓީޒްއާއި، ކިރާއި، މެޔޮނޭޒް އަދި އައިސްކްރީމް ފަދަ ކާބޯތަކެތި، ގަސްގަހާގެހީގެ ބާވަތްތަކާއި ބައިތައް ބޭނުންކޮށްގެން އުފައްދާ ކުންފުންޏެކެވެ. ނޮޓްކޯގެ އުފެއްދުންތަކަކީ އަސްލު އުފެއްދުންތަކާ ރަހައިގެ ގޮތުން އެއްގޮތް، އަދި އެ އެއްޗެއްގައި އަތްލުމުންނާއި އަނގަޔަށް ލުމުން ކުރެވޭ ޖިސްމާނީ އިޙްސާސްތަކާވެސް އެއްގޮތަށް ތަރައްޤީ ކޮށްފައި ވާ އުފެއްދުންތަކެކެވެ.
އަރޓިފިޝަލް އިންޓެލިޖެންސްގެ ފައިދާ ވަރަށް ބޮޑު. އޭގަ ހުރި ނައްސި ކަންތައްތައް ނައްތާލާފަ، ފައްސި ނަޒަރަކުން ބެލިދާނެހެން ހީވަނީ. މި ހާލަތުގަ، އަހަރެމެންނަށް މިއޮތީ ވެލާ ސޫޕުގެ މަސައްކަތް ކުރެވިފަ. މި ޓެކްނޮލޮޖީ، ލެޓިން އެމެރިކާއަށް ގެންގޮސްގެން، ގަސްގަހާގެއްސަކީ ކާބޯތަކެތީގެ މަސްދަރަކަށް ހަދަން، އިތުރު އިޚްތިޔާރުތަކެއް އެމީހުންނަށް ދެވިދާނެ އަހަރެމެންނަށް.ބަރނާޑޯ މޯލްޓީޑޯ؛ ނޮޓްކޯގެ އިސްވެރިއެއް
ގްރީން ސީ ޓަރޓްލް ނުވަތަ ވެލައަކީ، ދުނިޔެއިން ނެތި ހިނގައިދާނެ ކަމުގެ ބިރު އޮތް ދިރުންތަކުގެ ތެރެއިން، އިންޓަރނޭޝަނަލް ޔޫނިއަން ފޮރ ކޮންޒަރވޭޝަން އޮފް ނޭޗަރ (އައިޔޫސީއެން) ގެ ރެޑްލިސްޓުގައި ހިމަނާފައިވާ އެއްޗެކެވެ. ވެލާގެ އާބާދީ އާލާވުމަށް ކުރިމަތިވެފައިވާ ނުރައްކާތަކުގެ ތެރޭގައި ތަޣައްޔަރުކަމާއި، މޫސުމީ ނޭދެވޭ ބަދަލުތަކާއި މަސްވެރިކަން ހިމެނެއެވެ. ވެލާގެ ދިރުންތަކަށް ގެއްލުންވާ ފަދަ ގޮތަށް ޢަމަލުތައް ބެހެއްޓުމަކީ ދުނިޔޭގެ ގިނަ ޤައުމުތަކެއްގައި ޤާނޫނުން މަނާ ކޮށްފައި އޮންނަ ކަމެކެވެ.