ކ. މާލެ
|
6 މެއި 2024 | ހޯމަ 12:35
އައްޑޫ ފުޓްބޯޅަ ޗެމްޕިއަންޝިޕުގެ އިއްޔެ ޗޯޓު ކީޕަރު ގައިން ނައްޓާލަނީ
އައްޑޫ ފުޓްބޯޅަ ޗެމްޕިއަންޝިޕުގެ އިއްޔެ ޗޯޓު ކީޕަރު ގައިން ނައްޓާލަނީ
ގޫގުލް
އައްޑޫ ފުޓްބޯޅަ ޗެމްޕިއަންޝިޕް
ދެ ހެޓްރިކާއެކު ލަނޑު ލިސްޓުގެ ކުރީގައި ޗޯޓު
 
އޭނާ ވަނީ މުބާރާތުގައި މިހާތަނަށް 13 ގޯލު ޖަހާފައި

އައްޑޫ ފުޓްބޯޅަ ޗެމްޕިއަންޝިޕުގެ ލަނޑު ލިސްޓުގެ ކުރި ހަސަން ނަޒީމް (ކޯޗު) ހޯދައިފި އެވެ.

ފުރަތަމަ ޑިވިޝަނުގައި މޮޅަށް ކުޅެމުން އަންނަ މާޒިޔާގެ ފޯވަޑް އައްޑޫ މުބާރާތުގައި ކުޅެނީ މައިލޯ ސިޓީ އަށެވެ. ޗޯޓު ވަނީ މިހާތަނަށް މި މުބާރާތުގައި 13 ގޯލު ޖަހާފަ އެވެ. އޭނާއާ އެންމެ ގާތުން ވާދަކުރަނީ މައިލޯ ސިޓީގެ އިންޝާލް އެވެ. އޭނާ ޖަހާފައިވަނީ ފަސް ލަނޑެވެ. ލިސްޓުގެ ތިން ވަނާގައިވަނީ ހަތަރު ލަނޑާއެކު ފާހި ސްޕޯޓްސް ކުލަބުގެ ޝާމިން އެވެ. ހަތަރުވަނާގައިވަނީ އެފްސީ ޒެފިއާގެ އީމާން އެވެ. އޭނާ ޖަހާފައިވަނީ ތިން ލަނޑެވެ.

ޗޯޓުގެ ގޯލުގެ އަދަދު މާބޮޑަށް އަރައިގެން ދިޔައީ މުބާރާތުގައި ޔުނައިޓެޑް މައިލޯއާ ދެކޮޅަށް ކުޅުނު މެޗުގައި ހެދި ދެ ހެޓްރިކާއެކުގަ އެވެ. މި މެޗުން އެ ޓީމު މޮޅުވީ 17-1 އިންނެވެ. މި މެޗުގައި ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ވެސް ލަނޑެއް ޖެހި އެވެ.

އައްޑޫ ފުޓްބޯޅަ ޗެމްޕިއަންޝިޕަކީ ހުނަރުވެރި ކުޅުންތެރިން އުފެއްދުމަށް އައްޑޫ ސިޓީ ކައުންސިލުން ކުރިއަށް ގެންދާ މުބާރާތެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް