ކ. މާލެ
|
6 މެއި 2024 | ހޯމަ 12:24
ސޯޝަލް މީޑިއާ އެކައުންޓުތައް ހެކްކޮށް، މީހުންގެ ޒާތީ މައުލޫމާތު ބޭނުންކޮށްގެން ބްލެކްމެއިލް ކުރުން ވަނީ އިތުރުވެފައި
ސޯޝަލް މީޑިއާ އެކައުންޓުތައް ހެކްކޮށް، މީހުންގެ ޒާތީ މައުލޫމާތު ބޭނުންކޮށްގެން ބްލެކްމެއިލް ކުރުން ވަނީ އިތުރުވެފައި
ގޫގުލް
ސައިބަރ ކްރައިމް
ފުލުހުންގެ ސައިބަރ ކްރައިމްއަށް ގިނައިން ހުށަހެޅެނީ މީހުންގެ އައިޑެންޓިޓީ ހެކްކުރުމާ ގުޅޭ މައްސަލަތައް
 
ސޯޝަލް މީޑިއާ އެކައުންޓުތައް ހެކްކޮށް، މީހުންގެ ޒާތީ މައުލޫމާތު ބޭނުންކޮށްގެން ބްލެކްމެއިލް ކުރުން ވަނީ އިތުރުވެފައި
 
2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން މި ބިލުތަކުގެ މަސައްކަތްތައް ކުރެވެމުންދޭ

ފުލުހުންގެ ސައިބަރ ކްރައިމްއަށް ގިނައިން ހުށަހެޅެނީ މީހުންގެ އައިޑެންޓިޓީ ހެކް ކުރުމާ ގުޅޭ މައްސަލަތައްކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ހޯމަ ދުވަހު ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމުގައި އޮތީ ސައިބަރ ކްރައިމްއާ ގުޅޭގޮތުން ކޮމިޓީން ދިރާސާ ކުރަމުންދާ 3 ބިލާއި ގުޅޭގޮތުން ކަމާ ގުޅުންހުރި އިދާރާތަކާއި ބައްދަލު ކުރުމެވެ. އެގޮތުން އޭޖީ އޮފީހާއި، ޕީޖީ އޮފީހުގެ އިތުރުން، ދިވެހި ފުލުހުންގެ ޚިދުމަތާއި، ކޮމިއުނިކޭޝަން އޮތޯރިޓީގެ ބޭފުޅުންނާ ކޮމިޓީން ވަނީ ބައްދަލުކޮށްފައެވެ.

މި ކޮމިޓީގައި ޕީޖީ އޮފީހުގެ ފަރާތުން ވާހަކަ ދައްކަވަމުން އަހުމަދު ނައުފަލް ވިދާޅުވީ، 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން މި ބިލުތަކުގެ މަސައްކަތްތައް ކުރެވެމުންދާ ކަމަށެވެ.

މި ބިލުތަކުގެ މަޤްސަދަކީ ރާއްޖޭން ބޭރުގެ ކަމާ ގުޅުންހުރި މުއާހަދާއަކާ އެއްގޮތްވާ ގޮތުގެ މަތިން ޤާނޫނު ފަރުމާ ކުރުން ކަަމަށާއި، އެކަމަށް ރިއާޔަތްކޮށް އޭޖީ އޮފީހާއި ކަމާ ގުޅުންހުރި އިދާރާތަކާއެކުވެސް މަޝްވަރާ ކުރެވިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމިޓީގައި ވާހަކަ ދައްކަވަމުން ސައިބަރ ކްރައިމް ސެންޓަރާ ޙަވާލުވެ ހުންނެވި އޮފިސަރު ވިދާޅުވީ، ފުލުހުންނަށް އެންމެ ގިނައިން ހުށަހެޅެނީ މީހުންގެ އައިޑެންޓިޓީ ހެކް ކުރުމާ ގުޅޭ މައްސަލަތައް ކަމަށެވެ. އެގޮތުން ސޯޝަލް މީޑިއާ އެކައުންޓުތައް ހެކްކޮށް، މީހުންގެ ޒާތީ މައުލޫމާތު ބޭނުންކޮށްގެން ބްލެކްމެއިލް ކުރުމާއި، މަކަރާ ހީލަތް ހެދުން ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ކޮންމެ ދުވަހަކުވެސް އެ ޒާތުގެ މައްސަލަތައް ފުލުހުންނަށް ހުށަހެޅޭ ކަމަށެެވެ. ދުވާލަކަށް އެ ބާވަތުގެ 4 ވަރަކަށް މައްސަލަ ހުށަހެޅޭކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އިންޓަނެޓު މެދުވެރިކޮށް ހިންގާ ކުށްތަކާއި މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތައް އިތުރުވެފައިވާއިރު، ސައިބަރ ކްރައިމް ގެ ހަރުދަނާ ޤާނޫނެއް އޮތުން މުހިއްމުކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި