ކ. މާލެ
|
6 މެއި 2024 | ހޯމަ 11:36
ޗެލްސީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ
ޗެލްސީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ
ރޮއިޓާސް
ޗެލްސީ
ޕޮޗެޓީނޯ އެދުނީ އެންމެން ވެސް އިތުބާރުކުރުމަށް!
 
ޗެލްސީގެ ކޯޗުކަމާ ޕޮޗެޓީނޯ ހަވާލުވީ ފަހުން ވެސް، އެ ޓީމުގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން އޭނާ އަށް ފާޑު ކިޔުންތައް އަމާޒުވޭ

ޗެލްސީ އަށް އެންމެން ވެސް އިތުބާރު ކުރުން އެދޭ ކަމަށް އެ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނެފި އެވެ.

އޭނާ މިހެން ބުނީ، އިނގިރޭސި ޕްރިމިއާ ލީގުގައި ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް ޗެލްސީން ކުޅުނު މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުންނެވެ. އެ މެޗުން މޮޅުވެ، ޗެލްސީން ވަނީ ޔޫރަޕުގެ މުބާރާތެއްގެ އުންމީދު ހޯދައިފަ އެވެ.

ޕޮޗެޓީނޯ ބުނީ، މިދިޔަ ސީޒަނަކީ ޗެލްސީ އަށް ނިސްބަތްވާ އެންމެހައި ފަރާތްތަކަށް ވެސް ވަރަށް އުނދަގޫ އަދި ދަތި ސީޒަނެއް ކަމަށާއި، އެކަމާ އޭނާ ދެބަސްނުވާނެ ކަމަށެވެ. އެއާއެކު އެންމެ ބޭނުންވީ މި ސީޒަންގައި އެކަން ބަދަލު ކުރަން ކަމަށާއި، އެހެން ނަމަވެސް ކުއްލި އަކަށް އެކަން ބަދަލު ކުރުން ވާނީ އުނދަގޫ ކަމެއް ކަމަށް ވެސް ޕޮޗެޓީނޯ ބުންޏެވެ.

އިތުރަށް އޭނާ ބުނީ، ޗެލްސީން ކުރިއަށް ދަނީ ރަނގަޅު މަރުޙަލާއެއްގައި ކަަމަށާއި، އެ މަރުޙަލާ އަށް ވަގުތު ބޭނުންވާނެ ކަމަށެވެ. އަދި އެކަމަށް އެންމެން ވެސް އިތުބާރު ކުރަން ޖެހޭކަން ފާހަގަކޮށް ޕޮޗެޓީނޯ ބުނީ، މިވަގުތު ޗެލްސީ އަށް ރަނގަޅު އިޙުސާސެއް ކުރެވެމުން އަންނަ ކަމަށެވެ. އެހެން ނަމަވެސް، ތަކުރާރުކޮށް އެ މަސައްކަތުގައި ދެމި ތިބެން ޖެހޭ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

ޗެލްސީގެ ކޯޗުކަމާ ޕޮޗެޓީނޯ ހަވާލުވީ ފަހުން ވެސް، އެ ޓީމުގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން އޭނާ އަށް ފާޑު ކިޔުންތައް އަމާޒުވެ އެވެ. މިވަގުތު ޗެލްސީ އޮތީ ލީގު ތާވަލްގެ ހަތް ވަނައިގަ އެވެ. އެއީ މިހާތަނަށް ކުޅުނު 35 މެޗުން 54 ޕޮއިންޓު ހޯދައިގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް