ކ. މާލެ
|
5 މެއި 2024 | އާދީއްތަ 19:07
އެމް7 ބުކް ސްޓޯރގެ ޕްރޮމޯ
އެމް7 ބުކް ސްޓޯރގެ ޕްރޮމޯ
އެމް7
އެމް7 ސްކޫލް ފޮތް ލިސްޓް ޕްރޮމޯ
މިފަހަރު ފޮތް ލިސްޓަށް ފޮތް ނަގަންވީ އެމް7 އިން، ފޮތްތައް ހުންނާނީ ފަހާފައި، ކޮލިޓީވެފައި ރީތިވާނެ
 
ގޭގެއަށާއި ބޯޓަށްވެސް ޑެލިވަރީކުރާނެ
 
ފޮތްތައް ހުންނާނީ ފަހާފައި ތެރަސްލާ ތަތްކޮށްފައި
 
ޕްރޮމޯ ކުރިއަށްދާނީ މި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް

އެމް7 ސްކޫލް ފޮތް ލިސްޓް ޕްރޮމޯ 2024 ފަށައިފިއެވެ.

އެމް7 އިން ބުނީ މި ފަހަރުގެ ޕްރޮމޯ ކުރިއަށްދާނީ މި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. 2024 ވަނަ އަހަރަށް ފޮތް ލިސްޓަށް ފޮތް ނެގުމުގެ އިންތިޒާމް އެމް7 ގެ ފިހާރަތައް މެދުވެރިކޮށް މިހާރުދަނީ ކުރަމުންނެވެ. އޭގެ އިތުރުން ގޭގެއަށް ޑެލިވަރީކުރުމައި، ބޯޓުތަކަށް ޑެލިވަރީކުރުމުގެ އިތުރުން ބުކްޝޮޕްތަކުން މިނެޓެއްގެ ތެރޭގައި ފޮތް ލިސްޓަށް ބޭނުންވާ ހުރިހާ ސާމާނެއް ލިބިގެންދާނެކަމަށް އެމް7 އިން ބުނެއެވެ.

ޕްރިންޓުކުރުމުގެ އިތުރުން ސްޓޭޝަނަރީ އަދި ސްކޫލަށް ބޭނުންވާ ގިނަ ސާމާނުތަކެއް ވިއްކަމުން އަންނަ އަދި ބެލެނިވެރިންގެ މެދުގައި އިތުބާރު ލިބިފައިވާ އެމް7 އިން ބުނީ 2024 ވަނަ އަހަރުގެ ސްކޫލް ފޮތް ލިސްޓަށް ބޭނުންވާ ފޮތްތައް ވީހާވެސް ފަސޭހަ އަދި އަވަސް މިނެއްގައި ލިބޭނެ ގޮތަށް އިންތިޒާމްތައް ރޭވިފައިވާ ކަމަށެވެ.

އެމް7 ސްކޫލް ފޮތް ލިސްޓް ޕްރޮމޯ 2024 އާ ގުޅޭގޮތުން އެމް7 ބުކްސްޓޯގެ މެނޭޖަރު އިބްރާހީމް ރަޝީދު ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން ވިދާޅުވީ ސްކޫލް ހުޅުވެން އޮތީ ވަރަށް ކުރު މުއްދަތެއް ކަމަށާއި، އެހެންކަމުން އެންމެ އިސްކަމެއް ދެއްވަނީ ސްކޫލް ހުޅުވެންވާއިރަށް ގަޑިއަށް ފޮތްތައް ފޯރުކޮށްދެއްވުމަށް ކަމަށެވެ. އޭނާ ވިދާޅުވީ ކިތައްމެ ކުރު މުއްދަތެއް ލިބުނު ނަމަވެސް ކޮލިޓީ ގެއްލުވާ ނުލައްވާނެ ކަމަށެވެ.

ކިތައްމެއް ކުރު މުއްދަތެއް ލިބުނަސް ކޮލިޓީ މެއިންޓެއިންކުރާނެ. ފޮތުގެ ކޮލިޓީ ވަރަށް ތަފާތުކޮށް ހަދާފައި ހުންނާނީ. އެއީ ފޮތްތައް ފަހާފައި ތެރަސްލާފައި.
އެމް7 ބުކްސްޓޯގެ މެނޭޖަރ އިބްރާހީމް ރަޝީދު

ރަޝީދު ވިދާޅުވީ ބެލެނިވެރިން އެމް7 ހިޔާރުކުރަންވީ އެންމެ ބޮޑު އެއް ސަބަބަކީ ފޮތުގެ ކޮލިޓީއަށް ބަލާފައި ކަމަށެވެ. އަދި ސްޓޭޝަނަރީއަށް ބަލާއިރުވެސް އެހެން ބުކްޝޮޕްތަކުން ލިބެން ހުންނަ އެއްޗެއްސައްވުރެ ކޮލިޓީ ރަނގަޅުވާނެ ކަމަށާއި، ފަސޭހަ ކަމާއެކު ހިދުމަތް ލިބޭނެ ކަމަށެވެ.

އެންމެ ބޮޑު ތަފާތަކީ ކޮލިޓީ. ދެން ޕްރޮމޯޝަންގެ ތެރޭގައި ގޭގެއަށް ޑެލިވަރ ކުރުމާއި، ރަށްރަށަށް ފޮނުވަންޖެހޭ އެއްޗެހި ބޯޓަށްވެސް އަރުވައިދެން އެއް ލިސްޓް އަދި ދެ ލިސްޓު ގެނެޔަސް. ދެން ހުޅުމާލޭގައިވެސް އަދި މާލޭގައި ވެސް އަޅުގަނޑުމެންގެ ފިހާރަ ހުންނާނެ. ހުޅުމާލޭގައި އުޅޭ މީހުން ނުޖެހޭނެ މާލެ އަންނަން. ފޭސް2 ގެ ޓަވަރު 2ން ފޮތްތައް ލިބެނެ.
އެމް7 ބުކްސްޓޯގެ މެނޭޖަރު އިބްރާހީމް ރަޝީދު

ރަޝީދު ވިދާޅުވީ ފޮތްތަކުގެ ޑިޒައިން ހުންނާނީ ރާއްޖޭގެ މާހައުލާއި ގުޅުވާލާފައި ކަމަށެވެ. އަދި ހުރިހާ ކުލަތަކުން ފޮތްތައް ލިބެން ހުންނާނެކަމަށާއި، ކަރުދާސްލާން ނުޖެހޭނެ ކަމަށެވެ.

އެމް7 ބުކް ސްޓޯރގެ އައުޓްލެޓްތައް ހުންނަ ތަންތަން - އެމް7

އެމް7 އިން ބުނީ ނާސަރީ ދަރިވަރުންގެ ފޮތް ލިސްޓަށް ހާއްސަ އޮފަރތަކެއް ހުޅުވާލާފައިވާ ކަމަށާއި، އެގޮތުން 500 ރުފިޔާއިން މަތިން ނަގާ ކޮންމެ ލިސްޓަކަށް ހިލޭ ދަބަހެއް ލިބިގެންދާނެ ކަމަށެވެ. މީގެ އިތުރުން ސްކޫލް ފޮތް ލިސްޓާއެކު ސެލޯފިން، ޓޭޕް އަދި ދަބަސް ވެސް ލިބެން ހުންނާނެ ކަމަށެވެ.

އެމް7 ގެ ހިދުމަތްތައް ހޯދުމަށް ގުޅާނީ 3324683 އަށް ކަމަށް އެ ކުންފުނިން މައުލޫމާތު ދީފައިވާއިރު، ވަޓްސްއެޕްއާއި ވައިބަރ މެދުވެރިކޮށް ހިދުމަތް ހޯދުމުގެ ގޮތުން 7353610 ފޯނު ނަމްބަރު ބޭނުންކުރެވޭނެ ކަމަށެވެ. އެ ނަމްބަރުތަކުގެ އިތުރުން 9993610 އަދި 7773610 އަށް ގުޅޭނެކަމަށް ވެސް އެމް7 އިން މައުލޫމާތު ދީފައިވެއެވެ.

އެމް7ގެ ތިން އައުޓްލެޓް މާލެ ސަރަހައްދުގައި ހުރެއެވެ. އެއީ ފެން ބިލްޑިންގ ކުރިމަތީގައި ހުންނަ މާލޭގެ އައުޓްލެޓާއި، ހުޅުމާލެ ފޭސް 1 ގެ ނިރޮޅުމަގު 7 ނަންބަރު ގޯޅި އަދި ފޭސް 2 ގެ ހިޔާ ޓަވަރު 2 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
100%
ކޮމެންޓް