ކ. މާލެ
|
5 މެއި 2024 | އާދީއްތަ 16:08
ކުޅުދުއްފުށި ސިޓީގެ ގެއެއްގެ ބަދިގޭގައި ރޯވެ ގެއްލުން ލިބިފައި
ކުޅުދުއްފުށި ސިޓީގެ ގެއެއްގެ ބަދިގޭގައި ރޯވެ ގެއްލުން ލިބިފައި
އެމްއެންޑީއެފް
އަލިފާނުގެ ހާދިސާ
އަލިފާން ރޯވެ ކުޅުދުއްފުށި ސިޓީގެ ގެއެއްގެ ބަދިގެއަށް ބޮޑެތި ގެއްލުންތަކެއް
އެެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވިނަމަވެސް އެ ގޭގެ ބަދިގެއަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފައި

އަލިފާން ރޯވެ ކުޅުދުއްފުށި ސިޓީގެ ގެއެއްގެ ބަދިގެއަށް ބޮޑެތި ގެއްލުންތަކެއްވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ ކުޅުދުއްފުށި ސިޓީ، "ގޯނބިލިމާގެ" ނަމަކަށް ކިޔާ ގެއެއްގެ ބަދިގޭގައި ރޯވި އަލިފާން، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ހދ.ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ނިއްވާލާފައިވާ ކަމަށެވެ.  

Advertisement

މި ހާދިސާގައި އެެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވިނަމަވެސް އެ ގޭގެ ބަދިގެއަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފައެވެ.

އަދި އެ ގޭގައި ރޯވިކަމުގެ މަޢުލޫމާތު އާދީއްތަ ދުވަހުގެ ހެނދުނު 10:30 ހާއިރު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ހދ.ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނަށް ލިބުމާއެކު، އެ ފަޔަރ ސްޓޭޝަންގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް، އަލިފާން ނިއްވުމަށް ކުރި މަސައްކަތުން، އަލިފާން ނިއްވާލެވިފައިވަނީ 10:40 ހާއިރުކަމަށް އެމްއެންޑީއެފުން ބުނެއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް
6 މެއި 2024 | ހޯމަ 17:35
އަލީ
އަލިފާންނިވާލީ އެމްނެންޑީއެފު މީހުނެއްނޫން އެގޭމީހުން