ކ. މާލެ
|
5 މެއި 2024 | އާދީއްތަ 14:20
އިންޓަ މިލާން އަދި ސަސުއޯލޯ ކުޅުނު މެޗުގެ ތެރެއިން
އިންޓަ މިލާން އަދި ސަސުއޯލޯ ކުޅުނު މެޗުގެ ތެރެއިން
ޓްވިޓަރ
އިޓާލިއަން ލީގު
ސަސުއޯލޯ އަތުން އިންޓަ ބަލިވެއްޖެ
 
އިންޓަ އަކީ މި ސީޒަންގެ އިޓާލިއަން ލީގުގެ ޗެމްޕިއަންކަން ވެސް ކަށަވަރު ކޮށްފައިވާ ޓީމު

އިޓާލިއަން ލީގުގައި ސަސުއޯލޯއާ ދެކޮޅަށް ކުޅުނު މެޗުން އިންޓަ މިލާން ބަލިވެއްޖެ އެވެ.

އިންޓަ އަކީ މި ސީޒަންގެ އިޓާލިއަން ލީގުގެ ޗެމްޕިއަންކަން ވެސް ކަށަވަރު ކޮށްފައިވާ ޓީމެވެ. ސަސުއޯލޯގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން އިންޓަ ބަލިވީ 1-0 އިންނެވެ.

މެޗު ފަށައިގެން 20 ވަނަ މިނެޓުގައި ސަސުއޯލޯ އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ޓީމަށް ލީޑު ނަގައިދިނީ އާމަންޑް ލައުރިއެންޓޭ އެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އިންޓަ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ލައުޓާރޯ މާޓިނޭޒް ލަނޑެއް ޖެހި ނަަމަވެސް، ވީއޭއާރުން ވަނީ އެ ލަނޑު ބަަލައި ނުގަންނަން ނިންމައިފަ އެވެ.

މިއީ އިންޓައިން އިޓާލިއަން ލީގު ކާމިޔާބު ކުރި 20 ވަނަ ފަހަރެވެ. އަދި މިއީ އިޓަލީގެ މިލާނަށް ނިސްބަތްވާ ވާދަވެރި އޭސީ މިލާނަށްވުރެ ތަށީގެ ގޮތުން އިންޓަ އަށްކުރި ލިބުމެވެ. އިންޓަ އިން ވަނީ އެކަމުގެ ކާމިޔާބީ ކުލަ ގަދަ ގޮތެއްގައި ފާހަގަކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް