ކ. މާލެ
|
5 މެއި 2024 | އާދީއްތަ 12:48
ރާމޯސް އާއި އެމްބާޕޭ އަދި ރާމޯސް ގަންނަން އުޅޭ ގެ
ރާމޯސް އާއި އެމްބާޕޭ އަދި ރާމޯސް ގަންނަން އުޅޭ ގެ
ގޫގުލް
އެމްބާޕޭ
ރެއާލް އަށް ބަދަލުވެ، އެމްބާޕޭ ހުންނާނީ ރާމޯސްގެ ގޭގައި
ރާމޯސްގެ ގެ ވިއްކާލަނީ 18 މިލިއަން ޑޮލަރަށް

ސްޕޭނުގެ ރެއާލް މެޑްރިޑަށް ބަދަލުވާން މަސައްކަތް ކުރާ ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕާ، އޭނާގެ އެކުވެރިޔާ ސާޖިއޯ ރާމޯސްގެ ގެ ގަންނަން ނިންމައިފި އެވެ.

ރެއާލްގެ ކެޕްޓަންކަންކޮށް، އެކުލަބަށް އެތައް އަހަރަކު ކުޅުނު ރާމޯސްގެ މެޑްރިޑުން ގަނެފައިވާ ގެ ގަތުމަށް އެމްބާޕޭ އެދުނުތާ ދުވަސްކޮޅެއްވެއްޖެ އެވެ. މިހާރު ސްޕޭނުގެ ސެވިއްޔާ އަށް ކުޅެމުން އަންނަ ރާމޯސް އޭނާގެ މި ގެ ވިއްކާލުމުގެ ހިޔާލު ކުރިން ނުގެންގުޅެ އެވެ. އޭގެ ބަދަލުގައި އޭނާ ހިޔާލު ކުރަމުންދިޔައީ މެޑްރިޑުން ހަ މިލިއަން ޔޫރޯ އަށް ގަނެފައިވާ ގެއެއް ވިއްކާލުމަށެވެ. ނަމަވެސް މެޑްރިޑަށް ކުޅުނުއިރު ރާމޯސް އާއްމުކޮށް ދިރިއުޅުނު ގެ ގަންނަން އެމްބާޕޭ ކިޔާވަރުން ރާމޯސް މިހާރު ވަނީ ހިޔާލު ބަދަލުކޮށްފަ އެވެ. މި ގޭގެ އަގު 20 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ސްޕޭނުގެ ނޫސްތަކުން ބުނެ އެވެ. ނަމަވެސް ފްރާންސްގެ ޕީއެސްޖީ އަށް ދެ އަހަރު އެކުގައި ކުޅުނު ރަހުމަތްތެރިންގެ ގުޅުމުގެ ތެރެއިން ރާމޯސް މި ގެ އެމްބާޕޭ އަށް ވިއްކަން ނިންމާފައިވަނީ 18 މިލިއަން ޑޮލަރަށެވެ. ނަމަވެސް މި ގެ ވިއްކާލުމުގެ މުއާމަލާތް އާއްމުކުރާނީ ރެއާލް މެޑްރިޑާއި އެމްބާޕޭގެ ކޮންޓްރެކްޓް އާއްމުކުރުމުންނެވެ.

މި ގޭގެ އިތުރުން މެޑްރިޑުގެ އެކި ހިސާބުތަކުން އެޕާޓްމަންޓްތައް ގަތުމަށް އެމްބާޕޭ މަސައްކަތް ކުރާކަމަށްވެ އެވެ. އެއީ އޭނާގެ އާއިލާގެ މީހުން ތިބުމަށެވެ.

އެމްބާޕޭ ރެއާލް އަށް ބަދަލުވާއިރު އޭނާގެ އިމޭޖް ރައިޓްސްގެ ފުލް ކޮންޓްރޯލް ނެގުމަށް ރެއާލް މެޑްރިޑުން 140 މިލިއަން ޑޮލަރު ދޭނެ އެވެ.

އޭނާ ރެއާލް އަށް ބަދަލުވުމަކީ ފްރާންސްގެ ސަރުކާރާއި އޭނާ ކުޅެމުން އަންނަ ފްރާންސްގެ ޕީއެސްޖީގެ ވެރިން އެއްގޮތަކަށް ވެސް ބޭނުންވާ ކަމެއްނޫނެވެ. ނަމަވެސް އެމްބާޕޭ ވަނީ އޭނާގެ ކުޑައިރުގެ ހުވަފެން ހަގީގަތަކަށް ހެދުމަށް ބޭނުންވާތީވެ ޕީއެސްޖީން ދޫކޮށްލާނެކަން އެކުލަބަށް މި ސީޒަން ފެށުމާއެކު އަންގައިފަ އެވެ.

- ކޮމެންޓް