ކ. މާލެ
|
4 މެއި 2024 | ހޮނިހިރު 12:58
ހުސްވި އަހަރުގެ އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ގާޒާ އަށް ދެމުން ގެންދާ ހަމަލާ ތަކުގައި މިހާތަނަށް 34،622 މީހުން މަރުވެފައިވޭ
ހުސްވި އަހަރުގެ އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ގާޒާ އަށް ދެމުން ގެންދާ ހަމަލާ ތަކުގައި މިހާތަނަށް 34،622 މީހުން މަރުވެފައިވޭ
ރޮއިޓާސް
ފަލަސްތީން އިސްރާޢީލް ހަނގުރާމަ
އިޒްރޭލާ އެކު ސުލްހައިގެ ވާހަކަތަކަށް ހަމާސްގެ ވަފުދު މިސްރަށް އަތުވެއްޖެ
 
ހަމާސް އިން ހައްޔަރުކޮށްފައިވާ އިޒްރޭލުގެ އަސީރުން މިނިވަން ކުރުމަށް އިޒްރޭލުން ހަމާސް އަށް ވަނީ ހަފްތާއެއްގެ މުހުލަތު ދީފަ
 
ހަފްތާއެއްގެ ތެރޭގައި މިގޮތަށް އެއްބަސް ނުވެވޭނަމަ ގާޒާގެ ރަފާ ސިޓީ ހިފުމަށް އެއްގަމު މަގުން އިޒްރޭލް ސިފައިން ހަނގުރާމަ ފަށާނެ ކަމުގެ އިންޒާރު އިޒްރޭލުންވަނީ ދީފަ

ގާޒާގައި ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނެވޭތޯ އިޒްރޭލާއެކު ބާއްވާ ސުލްހައިގެ ވާހަކަތަކަށް ހަމާސްގެ ވަފުދު މިސްރަށް އަތުވެއްޖެއެވެ.

ހަމާސް އިން ބުނެފައިވަނީ ސުލްހައިގެ ވާހަކަތަކުގައި ބައިވެރިވުމަށް ހަމާސް އިން އައީ އެއްބަސްވުމަކަށް އައުމުގެ އަޒުމްގައި ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ހަމަލާތައް ބަދަލު ކުރުން ހުއްޓާލުމަށާއި، ހަމާސް އިން ހައްޔަރުކޮށްފައިވާ އިޒްރޭލުގެ އަސީރުން މިނިވަން ކުރުމަށް އިޒްރޭލުން ހަމާސް އަށް ވަނީ ހަފްތާއެއްގެ މުހުލަތު ދީފައެވެ. ހަފްތާއެއްގެ ތެރޭގައި މިގޮތަށް އެއްބަސް ނުވެވޭނަމަ ގާޒާގެ ރަފާ ސިޓީ ހިފުމަށް އެއްގަމު މަގުން އިޒްރޭލް ސިފައިން ހަނގުރާމަ ފަށާނެ ކަމުގެ އިންޒާރު އިޒްރޭލުންވަނީ ދީފައެވެ.

އާއްމު ރައްޔިތުންގެ ހައްގުގައި، އަދި ސަރައްދީ އަދި ބައިނަލް އަގްވާމީ ސުލްހައަށްޓަކައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އައުމަށް އިޒްރޭލާ އާއި ހަމާސްގެ ކިބައިން އދ، ގެ ސެކްރެޓަރީ ޖެނެރަލް ވަނީ އެދިވަޑައިގެންފައެވެ.

އދ.ގެ އޮފީސް ފޯ ދަ ކޯޑިނޭޝަން އޮފް ހިއުމެނިޓޭރިއަން އެފެއާޒް އިން ބުނެފައިވަނީ އިޒްރޭލުން ރަފާ ހިފުމަށް ފަށާ ހަނގުރާމަ ވެގެންދާނީ އެތައް ސަތޭކަ ހާސް މީހުންގެ ފުރާނަ ނުރައްކަލުގެ ތެރެއަށް ވައްޓާލުން ކަމުގައެވެ.

ހުސްވި އަހަރުގެ އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ގާޒާ އަށް ދެމުން ގެންދާ ހަމަލާ ތަކުގައި މިހާތަނަށް 34،622 މީހުން މަރުވެފައިވެއެވެ. 77،867 މީހުން ޒަޚަމްވެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
0%
0%
ކޮމެންޓް