ކ. މާލެ
|
2 މެއި 2024 | ބުރާސްފަތި 10:31
ސޮލޮމޮން އައިލެންޑްސްގެ ކުރީގެ ޚާރިޖީ ވަޒީރު ޖެރެމިއާ މަނޭލް
ސޮލޮމޮން އައިލެންޑްސްގެ ކުރީގެ ޚާރިޖީ ވަޒީރު ޖެރެމިއާ މަނޭލް
އޭއެފްޕީ
ސޮލޮމޮން އައިލެންޑްސްގެ ބޮޑުވަޒީރު އައްޔަން ކުރުން
ސޮލޮމޮން އައިލެންޑްސްގެ ބޮޑުވަޒީރު ކަމަށް އެ ގައުމުގެ ކުރީގެ ޚާރިޖީ ވަޒީރު އިންތިޚާބުކޮށްފި
 
ފަންސާސް މެމްބަރުންގެ މައްޗަށް އެކުލެވޭ މަޖިލީހުގައި ނެގި ސިއްރު ވޯޓުން މަނޭލް އަށް ލިބިވަޑައިގަތީ 31 ވޯޓު
 
އިންތިޚާބުގައި އިދިކޮޅު ޕާޓީގެ ލީޑަރަށް ލިބިވަޑައިގަތީ 18 ވޯޓު

ދެކުނު ފެސިޕިކްގެ ސޮލޮމޮން އައިލެންޑްސްގެ ބޮޑު ވަޒީރު ކަމަށް އެ ގައުމުގެ ކުރީގެ ޚާރިޖީ ވަޒީރު ޖެރެމިއާ މަނޭލް އެގައުގެ ގާނޫނު ހަދާ މަޖިލީހުން އިންތިޚާބު ކޮށްފިއެވެ.

50 މެމްބަރުންގެ މައްޗަށް އެކުލެވޭ މަޖިލީހުގައި ނެގި ސިއްރު ވޯޓުން މަނޭލް އަށް ލިބިވަޑައިގަތީ 31 ވޯޓެވެ.

މަނޭލް ވަނީ ސޮލޮމޮން އައިލެންޑްސް އިން ޗައިނާ އާ އެކު ބާއްވަމުންދާ ގާތް ގުޅުން ދަމަހައްޓަވާނެ ކަމަށް ވައުދުވެފައެވެ.

އިންތިޚާބުގައި އިދިކޮޅު ޕާޓީގެ ލީޑަރަށް ލިބިވަޑައިގަތީ 18 ވޯޓެވެ.

މަޖިލީހުގައި ވޯޓު ނަގަމުން ދިޔައިރު ވެރިރަށް ހޮނިއާރާގައި ހަމަނުޖެހުމެއް ހިނގާފާނެއަތީ އެ ގައުމުގެ ފުލުހުން ވަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ.

ހުސްވި މަހު ސޮލޮމޮން އައިލެންޑްސްގައި ބޭއްވި އާއްމު އިންތިޚާބުގައި އެއްވެސް ޕާޓީއަކަށް އަޣުލަބިއްޔަތު ލިބޭ މިންވަރަށް ގާނޫނު ހަދާ މަޖިލީހުން ގޮނޑި ލިބިފައެއް ނުވެއެވެ.

ހުސްވި މަހުގެ އިންތިޚާބު ޗައިނާ އާއި އެމެރިކާ އަދި އަވަށްޓެރި އޮސްޓްރޭލިއާ އިން ދިޔައީ ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ.

ސޮލޮމޮން އައިލެންޑްސް އިން ޓައިވާނާ އެކު އޮންނަ ގުޅުން ކަނޑާލާ ޗައިނާ އާއެކު ސިޔާސީ ގުޅުން 2019 ވަނަ އަހަރު ގާއިމް ކުރީ މަނޭލްގެ ޚާރިޖީ ވަޒީރު ކަމުގައެވެ.

މެނޭލް ވަނީ، އިންފްރާސްޓްރަކްޗަރ ގާއިމް ކުރުމާއި، ސްޕެޝަލް އިކޮނޮމިކް ޒޯނެއް ތަރައްގީ ކުރުމާއި، ގައުގެ ގުދުރަތީ ވަސީލަތްތައް ހިމާޔަތް ކުރުމަކީ އޭނާގެ ސަރުކާރުން އެންމެ އިސްކަމެއް ދެއްވާނެ ކަންކަން ކަމުގައި ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
0%
0%
ކޮމެންޓް