ކ. މާލެ
|
30 އޭޕްރިލް 2024 | އަންގާރަ 22:49
ހުޅުމާލޭގައި ހަރުކޮށްފައިވާ ކެމްޕެއިން ޕޯސްޓަރތަކެއް
ހުޅުމާލޭގައި ހަރުކޮށްފައިވާ ކެމްޕެއިން ޕޯސްޓަރތަކެއް
ހިރޫ ނިއުސް
ކެމްޕެއިން ޕޯސްޓަރުތައް
މަޖިލިސް އިންތިޚާބާ ގުޅިގެން ހުޅުމާލޭގައި ޖަހާފައި ހުރި ކެމްޕެއިން ކެންވަސްތައް ނަގަން އެދިއްޖެ
މަޖިލިސް އިންތިހާބުގެ ކެމްޕެއިންގެ ބޭނުމަށް ޖަހާފައިވާ ބެނާތަކާއި ކެންވަސްތައް މިއަދުން ފެށިގެން ކުރިއަށް އޮތް 1 ހަފްތާ ތެރޭގައި ނަގައިދިނުމަށް އެޗްޑީސީން ވަނީ އެދިފައި

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅިގެން ހުޅުމާލޭގައި ޖަހާފައިވާ ކެންވަސްތައް ނެގުމަށް އެޗްޑީސީން އެދިއްޖެއެވެ.

އެކަމާއި ގުޅިގެން އެޗްޑީސީން ބުނީ ހުރިހައި ކެންޑިޓޭޓުންނަށް ކެމްޕެއިން ކުރުމުގެ ހަމަހަމަ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ކެމްޕެއިން ބެނާއާއި ކެންވަސް ޖެހުމަށް ހުޅުވާލި ފުރުސަތުގައި ގިނަ އަދަދެގެ ކެންޑިޑޭޓުން ވަނީ ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ބެނާ އާއި ކެންވަސް ޖަހާފައިކަމުގައެވެ. އާއްމު އިންތިހާބުތަކާ ގުޅިގެން ހުޅުމާލޭގެ މަގުތަކުގައި ބެނާ އާއި ކެންވަސް ޖެހުމުގެ ފުރުސަތު ހުޅުވާލިކަމުގައި ވިޔަސް، މަގުތަކުގައި ޖަހާ ކެންވަސް އާއި ބެނާތަކުގެ ސަބަބުން، މަގު ބޭނުން ކުރާ އާއްމު ފަރާތްތަކަށް ދަތިކަން ފޯރާކަމަށެވެ.

Advertisement

އެހެންކަމުން މަޖިލިސް އިންތިޚާބުގެ ކެމްޕެއިންގެ ބޭނުމަށް ޖަހާފައިވާ ބެނާތަކާއި ކެންވަސްތައް މިއަދުން ފެށިގެން ކުރިއަށް އޮތް 1 ހަފްތާ ތެރޭގައި ނަގައިދިނުމަށް އެޗްޑީސީން ވަނީ އެދިފައެވެ.

އާންމު އިންތިޚާބުތަކާއި ބެހޭ ޤާނޫނުގައި ބުނާ ގޮތުން ކެމްޕެއިންގައި ހަރުކުރާ ތަކެތި އިންތިޚާބު ނިމޭތާ 10 ދުވަސް ތެރޭގައި ނަގަންޖެހޭނެއެވެ. އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ މިތަކެތި ނެގުމަށް ސިޔާސީ ޕާޓީތަކަށާއި ކެންޑިޑޭޓުންނަށް ވަނީ އަންގާފަ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް