ކ. މާލެ
|
30 އޭޕްރިލް 2024 | އަންގާރަ 10:27
ޓީމު އިވެންޓުގައި ރިހި މެޑަލް ހޯދި ރާއްޖޭގެ ފިރިހެން ޓީމު
ޓީމު އިވެންޓުގައި ރިހި މެޑަލް ހޯދި ރާއްޖޭގެ ފިރިހެން ޓީމު
ކެރަމް އެސޯސިއޭޝަން
އޭޝިއަން ކެރަމް ޗެމްޕިއަންޝިޕް 2024
ޓީމު އިވެންޓުގައި ރާއްޖޭގެ ފިރިހެން ޓީމަށް ރިހި މެޑަލް، އަންހެން ޓީމަށް ލޯ މެޑަލް
 
ފައިިނަލްގައި އިންޑިއާއާ ވާދަކޮށް ރާއްޖެ ބަލިވެފައި ވަނީ 3-0 އިން

ރާއްޖޭގައި މިހާރު ކުރިއަށްދާ އޭޝިއަން ކެރަމް ޗެމްޕިއަންޝިޕްގެ ޓީމު އިވެންޓުގައި ރާއްޖޭގެ ފިރިހެން ޓީމު ރިހި މެޑަލް ހޯދިއިރު، އަންހެން ޓީމުން ލޯ މެޑަލް ހޯދައިފި އެވެ.

ހޯމަ ދުވަހު ކުރިއަށް ދިޔަ ޓީމު އިވެންޓުގެ ފައިނަލްގައި ރާއްޖެ އިން ނުކުތީ، ސަރަހައްދުގެ އިތުރުން ދުނިޔޭގެ ޗެމްޕިއަން އިންޑިއާއާ ދެކޮޅަށެވެ. ރާއްޖެ ފައިނަލަށް ދަތުރު ކުރީ ސެމީ ފައިނަލްގައި ބަންގްލަދޭޝްގެ މައްޗަށް ކުރި ހޯދައިގެންނެވެ. މިއީ 21 އަހަރަށް ފަހު، ޤައުމީ ފިރިހެން ޓީމު ބައިނަލްއަޤުވާމީ މުބާރާތެއްގެ ޓީމު އިވެންޓުގެ ފައިނަލަށް ދިޔަ ފުރަތަމަ ފަހަރެވެ. ފައިިނަލްގައި އިންޑިއާއާ ވާދަކޮށް ރާއްޖެ ބަލިވިވެފައި ވަނީ 3-0 އިންނެވެ.

ފިރިހެން ޓީމުގެ އިތުރުން ރާއްޖޭގެ އަންހެން ޓީމު ވެސް ވަނީ ސެމީ ފައިނަލްގައި ވާދަކޮށްފަ އެވެ. ސެމީ ފައިނަލްގައި ސްރީ ލަންކާއާ އަތުން ބަލިވި ނަމަވެސް، އަންހެން ޓީމުން ވަނީ ލޯ މެޑަލް ހޯދައިފަ އެވެ.

ބުދަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ކުރިއަށްދާ މުބާރާތުގެ ޑަބަލްސް އިވެންޓުގައި ރާއްޖޭގެ އިސްމާއީލް އަޒްމީން އަދި ޙަސަން ނާޒިމް (ނާނަ) ވަނީ ރިހި މެޑަލް ހޯދައިފަ އެވެ.

މިއަހަރުގެ މުބާރާތް ކުރިއަށް ގެންދަނީ، 11 އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހު އެވެ. ރާއްޖޭގައި މުބާރާތް ކުރިއަށް ދާނީ ހޮނިހިރު ދުވަހުން ފެށިގެން، ބުދަ ދުވަހުގެ ނިޔަލަށެވެ. މި ފަހަރުގެ މުބާރާތުގައި ރާއްޖެ ހިމެނޭ ގޮތަށް އޭޝިއާ ބައްރުގެ ހަތް ގައުމަކުން ބައިވެރިވެ އެވެ. މުބާރާތުގައި ޖުމުލަ 100 އެއްހާ ކުޅުންތެރިން ވާދަކުރެ އެވެ.

މުބާރާތުގައި ވާދަކުރާ ޤައުމުތަކަކީ ރާއްޖޭގެ އިތުރުން، އިންޑިއާ، ސްރީލަންކާ، ބަންގްލަދޭޝް، ސިންގަޕޫރު، މެލޭޝިއާ އަދި ދެކުނު ކޮރެއާ އެވެ. މިއަހަރުގެ މުބާރާތުގައި، ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ ހަތަރު ކުޅުންތެރިން ވެސް ވާދަކުރެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް