ކ. މާލެ
|
30 އޭޕްރިލް 2024 | އަންގާރަ 07:24
ބަޔާނުން ކުރިއަށް ގެންދިޔަ ފަރިތަކުރުމުގައި ޓުޗެލް
ބަޔާނުން ކުރިއަށް ގެންދިޔަ ފަރިތަކުރުމުގައި ޓުޗެލް
ރޮއިޓާސް
ޔުއެފާ ޗެމްޕިއަންސް ލީގު
ކާރެއްގެ މިސާލު ނަގައި، ޓުޗެލް ބުނީ ދުއްވާނީ ކުޅުންތެރިން ކަމަށް!
 
ޓުޗެލް ބުނީ، ޓެކްޓިކްސްގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފަން ޖެހޭނެ ކަމަށާއި، އޭގެން ބޮޑު ފަައިދާއެއް ޙާސިލު ކުރެވޭނެ ކަމަށް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި ސްޕެއިންގެ ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗަކީ، ކާރެއް ދުއްވުން ކަހަލަ ކަމެއް ކަމަށް ބުނެ، ބަޔާން މިއުނިކް ކޯޗު ތޯމަސް ޓުޗެލް މިސާލު ނަގައިފި އެވެ.

އޭނާ މިހެން ބުނީ، ބަޔާންގެ އަމިއްލަ ދަނޑުގައި ރެއާލާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެވެ.

ޓުޗެލް ބުނީ، ޓެކްޓިކްސްގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފަން ޖެހޭނެ ކަމަށާއި، އޭގެން ބޮޑު ފަައިދާއެއް ޙާސިލު ކުރެވޭނެ ކަމަށެވެ. އޭނާ ބުނީ އެ މެޗަކީ ކާރެއް ދުއްވުން ކަހަލަ ކަމެއް ކަމަށާއި، އެ ކާރު ދުއްވާނީ ކުޅުންތެރިން ކަމަށެވެ. އެގޮތުން، މުޅި މެޗު ރަނގަޅަށް ބެލެންސް ކޮށްގެން ކުޅެން ޖެހޭނެކަން ފާހަގަކޮށް އޭނާ ބުނީ، ލިބޭ މުހިންމު ވަގުތުގައި އެންމެ ރަނގަޅަށް ބޭނުން ހިފަން ޖެހޭނެ ކަމަށެވެ.

އިތުރަށް ޓުޗެލް ބުނީ، ރެއާލާ ދެކޮޅަށް ކުޅުމަކީ ޗެމްޕިއަންސް ލީގުގައި ކުރިމަތިވާނެ އެންމެ ބޮޑު އެއް ޗެލެންޖު ކަމަށެވެ. ޚާއްސަކޮށް އެ ޓީމުގައި ތިބި ކުޅުންތެރިންނާއި، މުޅި ޓީމު އެކުލެވިގެންވާ ގޮތަށް ބަލާއިރު، އިދިކޮޅު ޓީމުތަކަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ. އެހެން ނަމަވެސް ބަޔާން އޮތީ މެޗަށް ފުރިހަމަ އަށް ތައްޔާރަށް ކަމަށާއި، ބޭނުން ވަނީ ނަތީޖާ ނެރުމަށް ކަމަށް އޭނާ ބުންޏެވެ.

ޓުޗެލް ބުނީ ބަޔާން އޮތީ ބޮޑު ތަކުލީފެއް އުފުލަން ޖެހޭ ފަދަ ޙާލަތެއްގައި ކަމަށާއި، އެ ޙާލަތުގައި އެންމެންގެ އެއްބާރުލުން ވެސް ބޭނުންވާ ކަމަށެވެ. ޚާއްސަކޮށް ފުރަތަމަ މެޗު ބަޔާންގެ އަމިއްލަ ދަނޑުގައި ކުޅެން ޖެހޭއިރު، ސަޕޯޓަރުންގެ އެހީ އާއެކު ބަޔާނަށް އެންމެ ފުރިހަމަ ފައިދާ ނެގޭނެ ކަމުގެ އުންމީދު އޮތް ކަމަށް ވެސް އޭނާ ބުންޏެވެ.

ބަޔާންގެ އަމިއްލަ ދަނޑުގައި އެ ޓީމުން ރެއާލާ ދެކޮޅަށް ނިކުންނާނީ އަންގާރަ ދުވަހުގެ ރޭ ދަންވަރު، ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް