ކ. މާލެ
|
7 އޯގަސްޓް 2017 | ހޯމަ 10:38
ސައުދީ ކޯޅިޝަނުން ބުނަނީ ޙައްޖު ސިޔާސީ ކުރަނީ ޤަތަރު ކަމަށް، މަންޒަރު ފެންނަނީ ތަފާތުކޮށް
ސައުދީ ކޯޅިޝަނުން ބުނަނީ ޙައްޖު ސިޔާސީ ކުރަނީ ޤަތަރު ކަމަށް، މަންޒަރު ފެންނަނީ ތަފާތުކޮށް
ގޫގުލް
ޤަތަރުގެ މައްސަލަ
ސައުދީއަށް ދޭ ހަމަލާތަކާއި، ޙައްޖު ސިޔާސީކުރަން ޤަތަރުން ކުރާ މަސައްކަތް ކުށްވެރިކުރަން: ބަޚްރެއިން
މަސްޖިދުލް ހަރަމަށް ސައުދީން ނޫން ބައެއްގެ ބާރު ހިނގާނެ ގޮތަށް ކަންކުރުމަށް ޚިޔާލު ފާޅުކުރުމަކީ ސައުދީ އާއި ދެކޮޅަށް ހަނގުރާމަ އިޢުލާނުކުރުން ކަމަށް ސައުދީން ވަނީ ބުނެފަ

ސައުދީ އަރަބިއާއަށް ދޭ ހަމަލާތަކާއި، "ޤަތަރުން ޙައްޖު ސިޔާސީ ކުރަން" ކުރާ މަސައްކަތް ބަޚްރެއިނުން ކުށްވެރިކޮށްފިއެވެ.

ބަޚްރެއިނުގެ ފޮރިން މިނިސްޓަރު، ޝައިޚް ޚާލިދު ބިން އަޙްމަދު އަލް ޚަލީފާ ވިދާޅުވީ ސަރުކާރާ ދެކޮޅަށް ހިންގޭ އެކިއެކި ހަރަކާތްތަކަށް ފުރުޞަތު ނުދޭނެ ކަމަށެވެ.

ގަލްފުގައި ޤަތަރާ ދެކޮޅަށް ސައުދީން އުފައްދާފައިވާ މައްސަލައަށް އިޝާރާތްކުރައްވާ އެމަނިކުފާނު ވިދާޅުވީ، ޤަތަރު ހިޞާރު ކޮށްގެން އެއްވެސް ބަޔަކު ނޫޅޭ ކަމަށާއި، އޭއާ ޚިލާފަށް ޤަތަރާ މެދު އަޅާފައިވަނީ، ގަލްފުގެ ޤައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ މުހިއްމު ދަތިކުރުމުގެ ފިޔަވަޅުތަކެއް ކަމަށެވެ.

ޤަތަރާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަކީ، ގަލްފުގެ ޤައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ މުހިއްމު ދަތިކުރުމުގެ ފިޔަވަޅުތަކެއް ކަމަށް ބަޚްރެއިނުން ބުނިއިރު، ޤަތަރާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި އެ ޤައުމުގެ އާންމު ރައްޔިތުންނަށް ބޭނުންވާ އަސާސީ ކާބޯތަކެތި ލިބުމަށް ދަތިކުރުން ވެސް ހިމެނެއެވެ.

މީގެ އިތުރުން ޤަތަރުން ޙައްޖުގެ އަޅުކަން ސިޔާސީ ކުރުމަށް މަސައްކަތް ކުރާކަމަށް ބަޚްރެއިނުން ތުޙުމަތު ކުރިއިރު، މި ތުހުމަތުގެ އަސާސަކަށް ވެފައިވަނީ، ހައްޖުގެ އަޅުކަމާއި ގުޅޭ ހުރިހާ ކަމެއް ސީދާ ސައުދީ ސަރުކާރުގެ މުށުތެރެއިން ނެރެ، މުސްލިމު ޤައުމުތަކުން އެކުލަވާލާ ކައުންސިލަކާއި އެ މަސައްކަތް ހަވާލުކުރުމަށް ޤަތަރުން ހުށަހެޅި ޚިޔާލެކެވެ.

މި މައްސަލައިގައި ސައުދީން ބުނެފައިވަނީ، މަސްޖިދުލް ހަރަމަށް ސައުދީން ނޫން ބައެއްގެ ބާރު ހިނގާނެ ގޮތަށް ކަންކުރުމަށް ޚިޔާލު ފާޅުކުރުމަކީ ސައުދީ އާއި ދެކޮޅަށް ހަނގުރާމަ އިޢުލާނުކުރުން ކަމަށެވެ.

ޤަތަރުން ޙައްޖު ސިޔާސީ ކުރާކަމަށް ސައުދީ ކޯލިޝަނުން ބުނާއިރު، ސިޔާސީ ދެބަސްވުންތަކާއި ގުޅިގެން ސައުދީން މީގެ ކުރިން އެކި ފަހަރުމަތިން ޤަތަރާއި އީރާނުގެ ޙައްޖުވެރީންނަށް އެކި ކަހަލަ ފިއްތުންތައް ކުރިމަތިކުރުވާފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް