ކ. މާލެ
|
28 އޭޕްރިލް 2024 | އާދީއްތަ 15:36
އޭޝިއަން ކެރަމް ޗެމްޕިއަންޝިޕް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން
އޭޝިއަން ކެރަމް ޗެމްޕިއަންޝިޕް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން
ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް
އޭޝިއަން ކެރަމް ޗެމްޕިއަންޝިޕް 2024
އޭޝިއަން ކެރަމް ޗެމްޕިއަންޝިޕް ރާއްޖޭގައި ފަށައިފި
 
ރާއްޖޭގައި މުބާރާތް ކުރިއަށް ދާނީ ހޮނިހިރު ދުވަހުން ފެށިގެން، ބުދަ ދުވަހުގެ ނިޔަލަށް

އޭޝިއަން ކެރަމް ޗެމްޕިއަންޝިޕް 2024 ފެށުމުގެ ރަސްމިއްޔާތު ބާއްވައިފި އެވެ.

ހޮނިހިރު ދުވަހުގެ ރޭ ޒުވާނުންގެ މަރުކަޒުގައި އޮތް މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ، ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް އެވެ. އެ ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގެ އިސްވެރިންގެ އިތުރުން، ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިސްވެރިން ވަނީ ބައިވެރިވެފަ އެވެ. މީގެ އިތުރުން އިންޓަރނޭޝަނަލް ކެރަމް ފެޑެރޭޝަން (އައިސީއެފް)ގެ ސެކްރެޓަރީ ޖެނެރަލް، ވީޑީ ނަރަޔާން އަދި ސީންކޯގެ ވެރިޔާ، މަނީޝް ކޯލީ ވެސް ވަނީ ބައިވެރިވެފަ އެވެ.

މިމުބާރާތް ފެށުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ވަނީ ޚާއްސަ އެގްޒިބިޝަން ކެރަމް ޑަބަލްސް މެޗެއް ކުޅެފަ އެވެ. މި މެޗުގައި ކޮމިޝަނަރ، ޠަލާލް އާއި އައިސީއެފްގެ ޖެނެރަލް ސެކެޓްރީ، ނަރަޔާންގެ އިތުރުން ސީއޭއެމްގެ ރައީސް، އިބްރާހިމް ރަޝީދު އާއި ސީންކޯގެ ވެރިޔާ، މަނީޝް ވަނީ ބައިވެރިވެފަ އެވެ.

މިއަހަރުގެ މުބާރާތް ކުރިއަށް ގެންދަނީ، 11 އަހަރު ދުވަހުގެ މެދު ކެނޑުމަކަށްފަހު އެވެ. ރާއްޖޭގައި މުބާރާތް ކުރިއަށް ދާނީ ހޮނިހިރު ދުވަހުން ފެށިގެން، ބުދަ ދުވަހުގެ ނިޔަލަށެވެ. މި ފަހަރުގެ މުބާރާތުގައި ރާއްޖެ ހިމެނޭ ގޮތަށް އޭޝިއާ ބައްރުގެ ހަތް ގައުމަކުން ބައިވެރިވެ އެވެ. މުބާރާތުގައި ޖުމުލަ 100 އެއްހާ ކުޅުންތެރިން ވާދަކުރެ އެވެ.

މުބާރާތުގައި ވާދަކުރާ ޤައުމުތަކަކީ ރާއްޖޭގެ އިތުރުން، އިންޑިއާ، ސްރީލަންކާ، ބަންގްލަދޭޝް، ސިންގަޕޫރު، މެލޭޝިއާ އަދި ދެކުނު ކޮރެއާ އެވެ. މިއަހަރުގެ މުބާރާތުގައި، ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ ހަތަރު ކުޅުންތެރިން ވެސް ވާދަކުރެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
100%
0%
0%
0%
ކޮމެންޓް