ކ. މާލެ
|
28 އޭޕްރިލް 2024 | އާދީއްތަ 08:51
މެޗުގައި ލަނޑު ޖެހުމަށްފަހު ޗެލްސީގެ ކުޅުންތެރިން އުފާ ފާޅުކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު ޗެލްސީގެ ކުޅުންތެރިން އުފާ ފާޅުކުރަނީ
ރޮއިޓާސް
އިނގިރޭސި ޕްރިމިއާ ލީގު
ފަހަތުން އަރައި ޗެލްސީން އެސްޓަން ވިލާއާ އެއްވަރުކޮށްފި
 
ތާވަލުގައި ޗެލްސީގެ މަގާމަށް ވެސް ބަދަލެއް ނާދޭ

އިނގިރޭސި ޕްރިމިއާ ލީގުގައި އެސްޓަން ވިލާއާ ދެކޮޅަށް ކުޅުނު މެޗުން ޗެލްސީ އެއްވަރުވެއްޖެ އެވެ.

ލީގު ތާވަލްގެ ހަތަރު ވަނައިގައި އޮތް އެސްޓަން ވިލާގެ އަމިއްލަ ދަނޑުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗު އެއްވަރުވީ 2-2 އިންނެވެ.

މެޗު ފަށައިގެން ހަތަރު ވަނަ މިނެޓުގައި އެސްޓަން ވިލާ އަށް ލީޑު ލިބުނީ ޗެލްސީގެ މާކް ކުކުރެލާ އަތުން ބައި ކޮޅަށް ވަތް ލަނޑުންނެވެ. އޭގެ ފަހުން ޗެލްސީން ލަނޑެއް ޖެހި ނަމަވެސް، ވީއޭއާރުން ވަނީ އެ ލަނޑު ބަަލައި ނުގަންނަން ނިންމައިފަ އެވެ. ފުރަތަމަ ހާފު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް، އެސްޓަން ވިލާގެ ދެ ވަނަ ލަނޑު ޖެހީ މޯގަން ރޮޖާސް އެވެ.

މެޗުގެ ދެ ވަނަ ހާފުގައި ޗެލްސީން ވަނީ ދެ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. މެޗުގެ 62 ވަނަ މިނެޓުގައި އެ ޓީމުގެ ފުރަތަމަ ލަނޑު ޖެހީ ނޯނީ މަޑުއެކޭ އެވެ. އޭގެ ފަހުން މެޗުގެ 81 ވަނަ މިނެޓުގައި ޗެލްސީ އަށް ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑު ޖެހީ ކޯނޯ ގަލަގާ އެވެ.

މި ނަތީޖާ އާއެކު އެސްޓަން ވިލާ އޮތީ ހަތަރު ވަނައިގަ އެވެ. އެއީ މިހާތަނަށް ކުޅުނު 35 މެޗުން 67 ޕޮއިންޓު ހޯދައިގެންނެވެ. ތާވަލުގައި ޗެލްސީގެ މަގާމަށް ވެސް ބަދަލެއް ނާދެ އެވެ. މިހާތަނަށް ކުޅެފައިވާ 33 މެޗުން ލިބުނު 48 ޕޮއިންޓާއެކު އެ ޓީމު އޮތީ ނުވަ ވަނައިގަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް