ކ. މާލެ
|
7 އޯގަސްޓް 2017 | ހޯމަ 10:25
ޤުދުސްގައި ހުންނަ އަލް ޖަޒީރާގެ އޮފީސް
ޤުދުސްގައި ހުންނަ އަލް ޖަޒީރާގެ އޮފީސް
ގޫގުލް
އަލްޖަޒީރާ
އިސްރާއީލުން އަލްޖަޒީރާ ހުއްޓުވަން ނިންމައިފި
ހަމަނުޖެހުން އުފެއްދުމަށް އެކި ގްރޫޕްތަކުން އަލް ޖަޒީރާ ބޭނުންކުރަމުންދާ ކަމަށް އިސްރާއީލުން ތުހުމަތުކުރޭ

އިސްރާއީލުގައި ތިބި އަލް ޖަޒީރާގެ ނޫސްވެރިންގެ ހުއްދަ ބާތިލްކޮށް، ޤުދުސްގައި ހުންނަ އެ ނެޓްވަރކްގެ އޮފީސް ބަންދުކުރުމަށް އިސްރާއީލުގެ ސަރުކާރުން ނިންމައިފިއެވެ.

އިސްރާއީލު ސަރުކާރުގެ މި ނިންމުން އިޢުލާނު ކުރެއްވީ އާދީއްތަ ދުވަހު ބެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޤައުމުގެ ކޮމިއުނިކޭޝަންސް މިނިސްޓަރު އައްޔޫބް ކާރާއެވެ.

މި ނިންމުން އިޢުލާނު ކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ވެސް އަލް ޖަޒީރާ ވައްދާފައި ނުވާއިރު، އިސްރާއީލުން ބުނީ، މި ނިންމުމަކީ ސުންނީ އަރަބި ޤައުމުތަކުގެ ނިންމުމަށް ތާޢީދުކުރުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށެވެ.

ކާރާ ވިދާޅުވީ ހަމަނުޖެހުން އުފެއްދުމަށް އެކި ގްރޫޕްތަކުން އަލް ޖަޒީރާ ބޭނުންކުރަމުންދާ ކަމަށާއި، އިސްރާއީލުގެ ނިންމުމަކީ، ސުންނީ އަރަބި ޤައުމުތަކުގެ ނިންމުމާއި އެއްގޮތަށް، އެ ނެޓްވަރކްގެ އޮފީސްތައް ބަންދުކޮށް، އެމީހުންގެ މަސައްކަތް ޤަބޫލު ނުކުރުމަށް ތާޢިދުކޮށް ނިންމި ނިންމުމެއް ކަމަށެވެ.

ކާރާގެ ތުޙުމަތުތައް އަލްޖަޒީރާއިން ދޮގުކޮށްފައިވާއިރު، ޤާނޫނީ އޮނިގަނޑުގެ ތެރެއިން މިކަންކުރުމަށް، މި ނިންމުން އިސްރާއީލުގެ ޤާނޫނު ހަދާ މަޖިލީހަށް ހުށަހަޅަން ނިންމަވާފައިވާ ކަމަށް ކާރާ ވަނީ އިޢުލާނު ކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް