ކ. މާލެ
|
7 އޯގަސްޓް 2017 | ހޯމަ 10:39
އަސަދާ ދެކޮޅު ޕޯސްޓަރެއް: ސީރިއާއަށް އަންނަ ފަހި ދުވަސްތަކުގައި އެ ޤައުމުގެ މިހާރުގެ ރައީސް ބައްޝާރުލް އަސަދަށް ޖާގައެއް ނެތްކަމަށް ސައުދީން ވަނީ ބުނެފަ
އަސަދާ ދެކޮޅު ޕޯސްޓަރެއް: ސީރިއާއަށް އަންނަ ފަހި ދުވަސްތަކުގައި އެ ޤައުމުގެ މިހާރުގެ ރައީސް ބައްޝާރުލް އަސަދަށް ޖާގައެއް ނެތްކަމަށް ސައުދީން ވަނީ ބުނެފަ
ގޫގުލް
ސީރިއާ
އަހަރުމެންގެ ވިސްނުން ބަދަލެއް ނުވޭ، އަސަދަށް ޖާގައެއް ނެތް: ސައުދީ
ސީރިއާގެ އިދިކޮޅު ފަރާތްތަކަށް އަދިވެސް ތާޢީދު ކުރާކަމަށް ސައުދީން ބުނޭ

ސީރިއާގެ މައްސަލައިގައި ސައުދީ އަރަބިއާގެ ޚިޔާލު ބަދަލުވަމުންދާ ކަމަށްބުނެ ފެތުރު މީޑިއާ ރިޕޯޓްތައް އެ ޤައުމުން ދޮގުކޮށްފިއެވެ.

ސައުދީގެ ފޮރިން މިނިސްޓްރީގެ އޮފިޝަލަކާ ހަވާލާދީ އެ ޤައުމުގެ ސްޓޭޓް މީޑިއާގައި ބުނެފައި ވަނީ، ސީރިއާގެ މައްސަލައިގައި ސައުދީގެ ވިސްނުން ބަދަލުނުވާ ކަމަށާއި، ސީރިއާގެ މައްސަލަ ހައްލުވެ، އުފެދޭ އިންތިޤާލީ ސަރުކާރުގައި އަސަދަށް ޖާގައެއް އޮތް ކަމަށް ސައުދީން ޤަބޫލުނުކުރާ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ، ސައުދީގެ ވިސްނުން ހުރީ ޖެނީވާ 1 ޑެކްލަރޭޝަނާއި، އދ. ގެ ސަލާމަތީ މަޖިލީހުގެ 2254 ނަންބަރު ޤަރާރުގައިވާ ގޮތަށް، ސީރިއާގައި އިންތިޤާލީ ސަރުކާރެއް ޤާއިމްކޮށް، އާ ޤާނޫނު އަސާސީއެއް އެކުލަވާލައި އިންތިޚާބަކަށް މަގުފަހިކުރުމަށް ކަމަށެވެ. އަދި މި ކަންކަމާ ގުޅިގެން ސީރިއާއަށް އަންނަ ފަހި ދުވަސްތަކުގައި އެ ޤައުމުގެ މިހާރުގެ ރައީސް ބައްޝާރުލް އަސަދަށް ޖާގައެއް ނެތް ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ސީރިއާގެ އިދިކޮޅު ފަރާތްތަކުގެ މެދުގައި ސުލްޙަ ޤާއިމްކޮށް، އެފަރާތްތައް އެކުގައި މަސައްކަތް ކުރުމަށް މަގުފަހި ކުރުމަށް ކުރެވޭ ހުރިހާ މަސައްކަތަކަށް ތާޢީދު ކުރުމަށް ސައުދީން ގެންގުޅޭ ސިޔާސަތު އަދިވެސް އޮތީ އެގޮތަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
7 އޯގަސްޓް 2017 | ހޯމަ 12:19
އަހުޒަމް
ސޭޭޑް ވެރިީ