ކ. މާލެ
|
23 އޭޕްރިލް 2024 | އަންގާރަ 10:35
ހުޅުމާލޭ 11 ވަނަ ހިޔާ ޓަވަރުގެ ފްލެޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގުން
ހުޅުމާލޭ 11 ވަނަ ހިޔާ ޓަވަރުގެ ފްލެޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގުން
ހިޔާ ފްލެޓްގައި ހިނގި އަލިފާނުގެ ހާދިސާ
ހިޔާ ފްލެޓްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެންޑީއެމްއޭ އިން އެހީތެރިކަން ފޯރުކޮށްދެނީ
 
11 ވަނަ ހިޔާ ޓަވަރުގެ ފްލެޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގުމުގެ ސަބަބުން ފްލެޓްގެ އެއްކޮޓަރި ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވޭ

ހުޅުމާލެ ފޭސް2 ގެ 11 ވަނަ ޓަވަރުގެ އެޕާޓްމެންޓެއްގައި ހިނގާފައިވާ އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުމާއި ގުޅިގެން އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮޓޯރިޓީ، އެންޑީއެމްއޭއިން ބުނެފިއެވެ.

އެ އިދާރާއިން ބުނީ ހުޅުމާލޭ 11 ވަނަ ހިޔާ ޓަވަރުގެ ފްލެޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގުމުގެ ސަބަބުން އެ ފްލެޓްގެ އެއްކޮޓަރި ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށެވެ. އެހެންކަމުން އެތަނުގައި ދިރިއުޅޭ އާއިލާއަށް ބޭނުންވާ އެހީތެރިކަން އެ އިދާރާއިން ފޯރުކޮށްދެމުންދާ ކަމަށެވެ.

މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފްއަށް ލިބިފައިވަނީ އިއްޔެ 15:47 ގައެވެ. އެމްއެންޑީއެފުން ބުނީ މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުން އަލިފާން ރޯވާން ދިމާވީ ފަންކާގައި ކަރަންޓް ޝޯޓެއް ވެގެންނެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް