ކ. މާލެ
|
23 އޭޕްރިލް 2024 | އަންގާރަ 10:18
ޗެލްސީ އަށް ކުޅެމުން އަންނަ އެންޒޯ ފެނާންޑޭޒް
ޗެލްސީ އަށް ކުޅެމުން އަންނަ އެންޒޯ ފެނާންޑޭޒް
ރޮއިޓާސް
ޗެލްސީ
އަންނަ ސީޒަންގައި ފެނާންޑޭޒް އިތުރަށް ރަނގަޅު ވާނެ: ޕޮޗެޓީނޯ
 
ފެނާންޑޭޒް ވަނީ މިހާތަނަށް ޗެލްސީ އަށް ކުޅެދިން 61 މެޗުގައި ހަތް ލަނޑު ޖަހައިފައި

ޗެލްސީ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ އެންޒޯ ފެނާންޑޭޒް، އަންނަ ސީޒަންގައި އިތުރަށް ރަނގަޅު ވާނެ ކަމަށް އެ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނެފި އެވެ.

އުމުރުން 13 އަހަރުގެ ކުޅުންތެރިޔާ ޗެލްސީ އަށް ބަދަލުވީ މިދިޔަ އަހަރު އެވެ. ޗެލްސީން އޭނާ ހޯދީ އޭގެ ކުރީ އަހަރު ޤަތަރުގައި އޮތް ފީފާ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގައި އޭނާ ދެއްކި މޮޅު ކުޅުމުގެ ސަބަބުންނެވެ. ޗެލްސީ އަށް ބަދަލުވެ، ފެނާންޑޭޒް އެ ކުލަބުގައި ރަނގަޅަށް ކުޅުނު ކަމަށް ޕޮޗެޓީނޯ ބުންޏެވެ.

ފެނާންޑޭޒްގެ ކުރިމަގާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ޕޮޗެޓީނޯ ބުނީ، އަންނަ ސީޒަންގައި އޭނާ އިތުރަށް ރަނގަޅު ވާނެ ކަމަށެވެ. އެކަމުގެ ފުރިހަމަ ޔަގީންކަން އޭނާ އަށް އޮތްކަން ފާހަގަކޮށް ޕޮޗެޓީނޯ ބުނީ، އޭނާ އަންނަނީ ގިނަ ކަންތައްތަކެއް ދަސްކުރަމުން ކަމަށެވެ.

މީގެ އިތުރުން ޕޮޗެޓީނޯ ބުނީ، ފެނާންޑޭޒް އަކީ މިހާރު ތަޖުރިބާ ހުރި ޒުވާން ކުޅުންތެރިޔެއް ކަމަށެވެ. އޭނާ އަށް އަންނަނީ ތަފާތު އިޙުސާސްތަކެއް ކުރެވެމުންކަން ފާހަގަކޮށް ޕޮޗެޓީނޯ ބުނީ، ފެނާންޑޭޒްގެ މުސްތަޤުބަލު ވެސް އޮތީ ޗެލްސީގައި ކަމަށެވެ. ޚާއްސަކޮށް މި ސީޒަނަކީ ވެސް އޭނާ އަށް ވަރަށް ރަނގަޅު ސީޒަނެއްގެ ގޮތުގައި ޕޮޗެޓީނޯ ވަނީ ފާހަގަކޮށްފަ އެވެ.

ފެނާންޑޭޒް ވަނީ މިހާތަނަށް ޗެލްސީ އަށް ކުޅެދިން 61 މެޗުގައި ހަތް ލަނޑު ޖަހައިފަ އެވެ. އެ ކުލަބާއެކު އޭނާ ވަނީ ކަރަބޯ ކަޕްގެ ފައިނަލްގައި ކުޅެފަ އެވެ. ބެންފީކާގައި ހުރުމަށްފަހު އޭނާ ޗެލްސީ އަށް ބަދަލުވީ އަށް އަހަރާއި، ބައި މުއްދަތެއްގެ އެއްބަސްވުމެއްގެ ދަށުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް