ކ. މާލެ
|
23 އޭޕްރިލް 2024 | އަންގާރަ 09:19
މެޗުގައި ލަނޑު ޖެހުމަށްފަހު ޕީއެސްޖީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު ޕީއެސްޖީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
ރޮއިޓާސް
ފްރާންސް ލީގު
ޕީއެސްޖީން ލިއޯން ބަލިކޮށްފި
މޮޅާއެކު ޕީއެސްޖީން ވަނީ އެއް ވަަނައިގައި 11 ޕޮއިންޓުގެ ލީޑެއް ނަގައިފައި

ފްރާންސް ލީގުގައި ލިއޯންއާ ދެކޮޅަށް ކުޅުނު މެޗުން، އެންމެ ފަހުގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) މޮޅުވެއްޖެ އެވެ.

ޕީއެސްޖީގެ އަމިއްލަ ދަނޑުގައި ހޯމަ ދުވަހުގެ ރޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 4-1 އިންނެވެ. މި މެޗުގައި ޕީއެސްޖީ އަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް، ކީލިއަން އެމްބާޕޭ ކުޅެފައެއް ނުވެ އެވެ. މެޗުގައި އޭނާ އިނީ ބެންޗުގަ އެވެ.

މެޗު ފަށައިގެން ތިން ވަނަ މިނެޓުގައި ޕީއެސްޖީ އަށް ލީޑު ލިބުނީ، ލިއޯންގެ ނެމަންޖާ މަޓިކް އަތުން ބައި ކޮޅަށް ވަތް ލަނޑުންނެވެ. އޭގެ ތިން މިނެޓު ފަހުން ލޫކަސް ބެރާލްޑޯ ވަނީ ޕީއެސްޖީގެ ދެ ވަނަ ލަނޑު ޖަހައިފަ އެވެ. ޕީއެސްޖީގެ ފަހު ދެ ލަނޑު ޖެހީ ޕޯޗުގަލްގެ ގޮންޒާލޯ ރާމޯސް އެވެ. އެއީ މެޗުގެ 33 ވަނަ މިނެޓާއި، 42 ވަނަ މިނެޓުގައި އޭނާ ޖެހި ލަނޑުތަކެވެ.

މޮޅާއެކު ޕީއެސްޖީން ވަނީ އެއް ވަަނައިގައި 11 ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. އެއީ މިހާތަނަށް ލީގުގައި ކުޅުނު 29 މެޗުން 66 ޕޮއިންޓު ހޯދައިގެންނެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ދެ ވަނައިގައި އޮތް މޮނާކޯ އަށް ލިބެނީ 55 ޕޮއިންޓެވެ.

- ކޮމެންޓް