ކ. މާލެ
|
21 އޭޕްރިލް 2024 | އާދީއްތަ 05:29
ބާސެލޯނާ އާއި ޗެލްސީ ކުޅުނު މެޗުގެ ތެރެއިން
ބާސެލޯނާ އާއި ޗެލްސީ ކުޅުނު މެޗުގެ ތެރެއިން
ޑެއިލީ މެއިލް
އަންހެން ޗެމްޕިއަންސް ލީގް
ޗެލްސީ އަތުން ބަލިވެ، ބާސެލޯނާގެ އަންހެން ޓީމުގެ ރެކޯޑް ނިމުމަކަށް
މިއީ 2019 ވަނަ އަހަރުގެ ފަހުން އަމިއްލަ ދަނޑުގައި ބާސެލޯނާ ބަލިވި ފުރަތަމަ ފަހަރު

ސެމީ ފައިނަލުގައި ޗެލްސީ އަތުން އަންހެނުންގެ ޗެމްޕިއަންސް ލީގުގައި 1-0އިން ބަލިވެ، އަމިއްލަ ދަނޑުގައި ހަ އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް ބާސެލޯނާ ބަލިވެއްޖެ އެވެ.

ނަމަވެސް ޗެލްސީގެ ކޯޗު އެމާ ހަޔޭސް ބުނީ މިއީ ފުރަތަމަ ހާފުގެ ނަތީޖާ ކަމަށާއި އުފާފާޅު ކުރަންވާނީ ދެ ވަނަ ލެގު ވެސް ކާމިޔާބުކޮށްފައި ކަމަށެވެ.

މިއީ 2019 ވަނަ އަހަރުގެ ފަހުން އަމިއްލަ ދަނޑުގައި ބާސެލޯނާ ބަލިވި ފުރަތަމަ ފަހަރެވެ. މިހެންވެ އެ ޓީމުގެ ސަޕޯޓަރުން މެޗަށް ފަހު ދިޔައީ ޓީމަށް ވަރަށް ބޮޑަށް ހިތްވަރުދެމުންނެވެ. ސަޕޯޓަރުން ގޮވަމުންދިޔައީ އަހަރުމެންނަށް އަދި މޮޅުވެވޭނެ ކަމަށެވެ.

ހަޔޭސް ބުނީ ލަންޑަނުގައި ކުޅޭ މެޗުގައި ބާސެލޯނާގެ ފުށުން ވަރުގަދަ މެޗެއް ފެނުން ގާތް ކަމަށާއި މިހެންވެ އެކަމަށް ވަރަށް ބޮޑަށް ތައްޔާރުވެގެން ތިބެންޖެހޭ ކަމަށެވެ.

"އަހަރެން މިހުރީ މިތަނުގައި ރެކޯޑްތަކެއް މުގުރާލާކަށްނޫން. އަހަރެން ބާސެލޯނާ އަށް ބޭއިހްތިރާމެއް ނުކުރާނަން. އެއީ ވަރަށް މޮޅު ޓީމެއް. އެމީހުން މޮޅުވާން ބޭނުންވާނީ މަދުކަންތައްތަކެއް ކޮށްލަން،" ހަޔޭސް ބުންޏެވެ.

މި ދެ ޓީމު ކުޅޭ ސެމީ ފައިނަލުގެ ފަހު ލެގު އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ.

- ކޮމެންޓް