ކ. މާލެ
|
20 އޭޕްރިލް 2024 | ހޮނިހިރު 17:41
"ފަރިހި 2" ދޯނި
"ފަރިހި 2" ދޯނި
ޕޮލިސް
ގެއްލިގެން ހޯދަމުންދިޔަ ދޯނި ފެނުން
ގެއްލިގެން ހޯދަމުން ދިޔަ ދޯނި ފެނިއްޖެ
 
ދޯނީގައި ތިބި 3 މީހުންގެ ހާލު ރަނގަޅު

ޚަބަރެއް ނުވެގެން ހޯދަމުންދާ "ފަރިހި 2" ދޯނި ފެނިއްޖެއެވެ.

އެމްއެންޑީއެފުން ބުނީ، ގެއްލުނު ދޯނި ހޯދުމަށް އެމްއެންޑީއެފް އެއަރ ކޯރގެ ޢަަސްކަރީ ޔޫއޭވީއާއި އެމްއެންޑީއެފް ކޯސްޓްގާޑުގެ އުޅަނދުފަހަރު ބޭނުންކޮށްގެން ކަނޑާއި ވައިގެ މަގުން އެމްއެންޑީއެފުން ކުރަމުންދިޔަ މަސަައްކަތުން ދޯނި ހޯދާފައިވާކަމަށެވެ. ދޯނީގައި ތިބި 3 މީހުންގެ ހާލު ރަނގަޅުކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މި ދޯނި ފެނިފައިވަނީ މ. ރަތްމަންދޫ 23 ނޯޓިކަލް މޭލު ބޭރުން އިންޖީން ހުއްޓިފަައި ވަނިކޮށެވެ.

މި ދޯނި ހޯދުމަށް 440 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ކަނޑާއި ވައިގެ މަގުން ބަލާފައިވެއެވެ. ހުކުރު ދުވަހުގެ ހަވީރު މަހަށް ނުކުމެ އުޅުނު ތިން މީހެއްގެ ޚަބަރު ނުވެގެން ހުކުރު ދުވަހުގެރޭ 10:00 ހާއިރު ވަނީ ރިޕޯޓުކޮށްފައެވެ. މައުލޫމާތު ލިބުނުގޮތުގައި ގެއްލިގެން ހޯދި ދޯނިގައި ތިބީ ކ. މާފުށިން މަޑުއްވަރިއަށް ދިޔަ ބައެކެވެ. އެ މީހުން މަހަށް ދިޔައީ މަޑުއްވަރީ ދޯންޏެއްގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ގެއްލިގެން ހޯދަމުންދާ ދޯނީގައި ތިބީ އުމުރުން 45 އަހަރުގެ ފިރިހެނަކާއި 25 އަހަރުގެ ފިރިހެނެކެވެ. އަދި ތިން ވަނަ މީހެއްގެ މައުލޫމާތެއް އަދި ނުލިބެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް