ކ. މާލެ
|
20 އޭޕްރިލް 2024 | ހޮނިހިރު 13:30
ޔާއޯ ކަނެސެލޯ
ޔާއޯ ކަނެސެލޯ
ގޫގުލް
ޔާއޯ ކަންސެލޯ
ބާސެލޯނާ ކެޓުމުން މަރުގެ އިންޒާރު ލިބުނު: ކަންސެލޯ
 
އިންޒާރު ދިނީ އަހަރެންގެ އާއިލާ އަށް: ކަންސެލޯ

ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުން ބާސެލޯނާ ކެޓުމުން އޭނާގެ އާއިލާ އަށް މަރުގެ އިންޒާރު ވެސް ލިބިފައިވާ ކަމަށް ބާސެލޯނާގެ ޑިފެންޑަރު ޔާއޯ ކަންސެލޯ ބުނެފި އެވެ.

އޭނާ މިހެން ބުނިއއިރު ޕީއެސްޖީ އަތުން ބަލިވެ، ބާސެލޯނާ ކެޓީ މެޗުގައި އިދިކޮޅު ޓީމަށް ލީޑް ލިބުނީ އޭނާ ކުރި ފައުލަކުން ލިބުނު ޕެނަލްޓީ އަކުންނެވެ.

ކަންސެލޯ ބުނީ އެއްވެސް މީހަކު އޭނާގެ ކުރިމަތީގައި ގޯސް ވާހަކައެއް ނުބުނާ ކަމަށާއި މަރުގެ އިންޒާރު ލިބުނީ ސޯޝަލް މީޑިއާއިން ކަމަށެވެ.

"ކޮމެންޓް ތަކުގައި ބުނެފައިހުރީ އަހަރެންގެ އަންހެނުންނާއި ވިހަން ތައްޔާރުވެފައިވާ ދަރިފުޅާއި އަހަރެންގެ ކުޑަދަރިފުޅު މަރާލާނެ ކަމަށް. އެކަމަކު ސީދާ އަހަރެންނާ ދިމާލަށް އެއްވެސް މީހަކު އެއްޗެއް ނުބުނޭ،"
ކަންސެލޯ ބުންޏެވެ.

ޕޯޗުގަލްގެ ޑިފެންޑަރު ބުނީ ދުނިޔޭގައި އުޅޭއިރު މިފަދަ ކަންކަމާ ކުރިމަތިވާނެކަން އޭނާ އަށް އެނގޭ ކަމަށެވެ. މިހެންވެ މި ފަދަ އިންޒާރުތަކާއެކު ދިރިއުޅެން ދަސްކުރަންޖެހޭ ކަަމަށް ގަބޫލުކުރީ ކަމަށެވެ.

ކަންސެލޯ އަކީ އިނގިރޭސިވިލާތުގެ މެންޗެސްޓާ ސިޓީން ލޯނު އުސޫލުން ބާސެލޯނާ އަށް ކުޅެމުން އަންނަ ކުޅުންތެރިއެކެވެ. އޭނާ ސިޓީ އަށް އެނބުރި ދިއުމުގެ ބަދަލުގައި ބޭނުންވަނީ ބާސެލޯނާގައި މަޑުކުރާށެވެ. އަދި މިފަދަ އިންޒާރުތަކުގެ ސަބަބުން އޭނާގެ ނިންމުމަށް ބަދަލު އަތުވެދާނެތޯ ނޫސްވެރިން އެހުމުން ކަންސެލޯ ބުނީ އެފަދަ ވިސްނުމެއް އަދި ނުގެންގުޅޭ ކަމަށެވެ.

ޗެމްޕިއަންސް ލީގުން ބާސެލޯނާ ކެޓުމަކީ އެޓީމުގެ ސަޕޯޓަރުންނަށް ގަބޫލުކުރަން ދަތިވި ކަމެކެވެ. ސަބަބަކީ ޕީއެސްޖީގެ ދަނޑުގައި މޮޅުވެފައި އަމިއްލަ ދަނޑުގައި ބަލިވުމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް