ކ. މާލެ
|
19 އޭޕްރިލް 2024 | ހުކުރު 12:27
ށ. ބިލެތްފަހި އެއަރޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ށ. ބިލެތްފަހި އެއަރޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓަކްޗަރ
އެއާޕޯޓުގެ މަޝްރޫއުތައް
ދެރަށެއްގެ އެއާޕޯޓު ތަރައްގީކުރުމާއި ތިން ރަށެއްގެ ސަރވޭ ކުރުމާއި ޑިޒައިން އަދި އީއައިއޭ މަސައްކަތް ކުރުމަށް އެމްޓީސީސީއަށް
 
މިމަޝްރޫއުތަކުގެ އަގާއި، މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ ތާރީހުތަކެއް ހާމަކޮށްފައިނުވޭ
 
ގުރައިދޫ، ކޮމަންޑޫ އަދި މިލަންދޫގައި ވެސް އެއާޕޯޓު ތަރައްގީ ކުރުމަށް ސަރވޭ ކުރުމާއި އީއައިއޭ ހެދުމުގެ މަސައްކަތް ވަނީ ހަވާލުކޮށްފައި

ށ. ބިލެތްފަހި އަދި ތ. ވިލުފުށީ އެއަރޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއާއި ތިން ރަށެއްގެ އެއާޕޯޓު ތަރައްގީ ކުރުމަށް ސަރވޭ ކުރުމާއި ޑިޒައިން އަދި އީއައިއޭ މަސައްކަތް ކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާއި ހަވާލުކޮށްފިއެވެ.

ބުރާސްފަތި ދުވަހު ކޮންސްޓްރަކްޝަން މިނިސްޓްރީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި އެއްބަސްވުންތަކުގައި ވަނީ ސޮއިކޮށްފައެވެ.

އެގޮތުން ބިލެތްފަހިގައި އެއާޕޯޓު ތަރައްގީ ކުރުމަށް އެމްޓީސީސީއާއި ހަވާލުކޮށްފައިވާއިރު، އެއްބަސްވުމުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެމިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހީމް ނަޡީމް އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރައްވާފައިވަނީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީއެވެ.

ވިލުފުށީ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެމިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޙަސަން ރަޝީދު އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރައްވާފައިވަނީ ޗީފް ޕްރޮޖެކްޓް މެނޭޖްމަންޓް އޮފިސަރ އަހްމަދު ލަތީފްއެވެ.

މީގެ އިތުރުން ށ. ކޮމަންޑޫ އެއާޕޯޓު ތަރައްގީ ކުރުމަށް ސަރވޭ ކުރުމާއި ޑިޒައިން އަދި އީ.އައި.އޭ ހެދުމަށް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފައެވެ. މިމަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރައްވާފައިވަނީ ސްްޓޭޓް މިނިސްޓަރު އިބްރާހީމް ނަޡީމް އެވެ. އަދި އެމްޓީސީސީގެ ފަރާތުން ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު ހަސަން މުޣުނީއެވެ.

ތ. ގުރައިދޫ އެއާޕޯޓު ތަރައްގީ ކުރުމަށް ވެސް ސަރވޭ ކުރުމާއި ޑިޒައިން އަދި އީ.އައި.އޭ ހެދުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާއިރު، މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްޠަލިބްއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް ޕްރޮޖެކްޓް މެނޭޖްމަންޓް އޮފިސަރ އަހްމަދު ލަތީފްއެވެ.

މީގެ އިތުރުން ށ. މިލަންދޫގައި ވެސް އެއާޕޯޓު ތަރައްގީ ކުރުމަށް ސަރވޭ ކުރުމާއި ޑިޒައިން އަދި އީ.އައި.އޭ ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފައެވެ. މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިބްރާހީމް ނަޡީމް އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު ހަސަން މުޣުނީއެވެ.

ބިލެތްފަހި އަދި ވިލުފުށީ އެއަރޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއާއި، ތިން ރަށެއްގެ އެއާޕޯޓު ތަރައްގީ ކުރުމަށް ސަރވޭ ކުރުމާއި ޑިޒައިން އަދި އީއައިއޭ މަސައްކަތް ކުރުމަށް އެމްޓީސީސީއާ ހަވާލުކުރި ނަމަވެސް މިމަޝްރޫއުތަކުގެ އަގާއި، މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ ތާރީހުތަކެއް ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ހާމަކޮށްފައިނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް